Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަން

ވެރިކަމަށް އައުމަށް ތައްޔާރުވަމުންދާ ޕާޓީތަކުގެ އިސް ބޭފުޅުންނަކީ ލާދީނީ ފިކުރުތައް ފަތުރަން ވާގިވެރިވާ ފަރާތްތަކެއް: ޑރ. މުއިއްޒު

13 އޮކްޓޯބަރު 2018 | ހޮނިހިރު 07:18

އިދިކޮޅު ފަރާތްތަކަކީ އެއްވެސް ގޮތަކަށް ތެދު ހަގީގަތް ބަލާ ބައެއް ނޫން ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 13 އޮކްޓޯބަރު 2018 | ހޮނިހިރު 07:18
ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު

ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު

މިހާރު ވެރިކަމަށް އައުމަށްޓަކައި ތައްޔާރު ވަމުންދާ ޕާޓީތަކަކީ ނުވަތަ އެ ބޭފުޅުންގެ ތެރެއިން އިސްކޮށް ތިއްބެވި ބޭފުޅުންނަކީ މިގައުމުގައި ކްރިސްޓިއަން ދީނާއި ލާދީނީ ފިކުރުތައް ފަތުރަން ބޭނުންވާ ފަރާތްތަކަށް ވާގިވެރިވާ ފަރާތްތަކެއް ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމުގައި ހަމަހަމަ ފުރުސަތުތަކެއް ދެމުން ނުދާ ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރަމުން ދާތީ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ރުޅި އިސްކުރައްވައި ޖަވާބުދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކަކީ އެއްވެސް ގޮތަކަށް ތެދު ހަގީގަތް ބަލާ ބައެއް ނޫން ކަމަށާއި އެ ބޭފުޅުންނަކީ އެ ބޭފުޅުންނަށް އެއްވެސް ކަމެއްގައި ތެދު މުހިއްމު ބައެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement
"ކިހިނެތްތޯ އެކަން މުހިއްމު ވާނީ. މިހާރު ވެރިކަމަށް އައުމަށްޓަކައި ތައްޔާރު ވަމުން އެ ދާ ޕާޓީއަކީ ނޫނިއްޔާ އެ ބޭފުޅުންގެ ތެރެއިން އިސްކޮށް ތިއްބެވި ބޭފުޅުންނަކީ މިތަނުގައި ކްރިސްޓިއަން ދީނާއި ލާދީނީ ފިކުރުތައް ފަތުރަން ބޭނުންވާ ފަރާތްތަކަށް ވާގިވެރިވާ ފަރާތްތައް. އެހެންވީމާ މިތަނުގައި އިސްލާމް ދީން ނޫން އެހެން ދީންތައް ފަތުރަން ތާއީދުކޮށް އެކަމަށް ވޯޓު ދިން ބަޔަކު ދޮގު ހެދުމަކަށް ފަހަތަކަށް ނުޖެހޭނެ. މިތަނުގަ ތިމަންނަމެންނަށް ވަރިހަމައޭ އިސްލާމް ދީން ނޫން އެހެން ދީންތައް ފެތުރުނަސް. ތިމަންނަމެންނަށް ވަރިހަމައޭ މިތަނުގައި ކޮންމެ ފަދަ ކަންތައްތަކެއް ހިނގިއަސް. އިސްލާމް ދީނާއި ޚިލާފަށް ހިނގިއަސް. އެކަމަށް ވަރިހަމަ ވެގެން ވޯޓު ދީގެން އެކަމަށް ވާގިވެރިވެރިވާ ބަޔަކު މިތަނަށް ގެންނަން ބޭނުންވާ ބަޔަކު ދޮގުހަދާކަށް ފަހަތަކަށް ނުޖެހޭނެ،" މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ މިހާތަނަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގެންދަން ޖެހޭ ކަހަލަ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހަށް 134،000 އަށް ވުރެ ގިނަ ރައްޔިތުން ވޯޓު ދީފައިވާއިރު އެ ފަރާތްތަކަކީ ލާދީނީ ފިކުރަށް ހިތްވަރު ދޭ މީހުންގެ ގޮތުގައި މިނިސްޓަރު މުއިއްޒު ސިފަކުރުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.

ގޯތި ދޫކުރާ މައްސަލަ ބަލައިދިނުމަށް ހައުސިން މިނިސްޓްރީ އާއި އެޗްޑީސީގެ މުވައްޒަފުންތަކެއް އޭސީސީ އަށް ހުށަހެޅުމާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އެއީ ރައީސް އަބްދުﷲ ޔާމީނާ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތައް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ތިގޮތަށް ހަގީގަތެއް ނެތި ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް އޭސީސީގަ ނޫނިއްޔާމުން ކޯޓަށް ވެސް މައްސަލަ ގެންދާ މީހުންނަކީ ސިޔާސީ ގޮތުން ރައީސް ޔާމީނާއި ނޫނީ ސަރުކާރާއި އިދކޮޅު ފަރާތްތައް. އިދިކޮޅު ފަރާތްތަކަކީ އަޅުގަނޑު ދަންނަވާނީ އެއްވެސް ގޮތަކަށް ތެދު ހަގީގަތް ބަލާބައެއް ނޫން. އެބޭފުޅުންނަކީ އެބޭފުޅުންނަށް އެއްވެސް ކަމެއްގައި ތެދު މުހިއްމު ބައެއް ނޫން." މުއިއްޒު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް