Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގޯއެއަރ އެއަރލައިން

ގޯއެއަރގެ ދަތުރުތައް އާދިއްތަ ދުވަހު ރާއްޖެއަށް ފަށަނީ

12 އޮކްޓޯބަރު 2018 | ހުކުރު 03:46

ދަތުރުތައް އޮކްޓޯބަރު 14 ވަނަ ދުވަހު ރާއްޖެއަށް ފަށާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 އޮކްޓޯބަރު 2018 | ހުކުރު 03:46
ގޯއެއަރގެ ފްލައިޓެއް، ފްލީޓުގައި 31 ފްލައިޓް އޮވޭ

ގޯއެއަރގެ ފްލައިޓެއް، ފްލީޓުގައި 31 ފްލައިޓް އޮވޭ

އިންޑިއާގެ ބަޖެޓް އެއާލައިން، ގޯއެއަރގެ ދަތުރުތައް އޮކްޓޯބަރު 14 ވަނަ ދުވަހު ރާއްޖެއަށް ފަށަން ނިންމައިފިއެވެ.

ގޯއެއަރއަކީ އިންޑިއާގެ މުމްބައިގައި ޤާއިމުކޮށް ހިންގާ އެއަރލައިނަކަށް ވާއިރު އެއީ އިންޑިއާގައި ފަސް ވަނަ އަށް އެންމެ ބޮޑު އެއަރލައިނެވެ. އެ އެއަރލައިން ދަތުރުތައް ކުރަނީ އިކޮނޮމީ އަދި ބިޒްނަސް ކުލާހުގެ އެއަރބަސް A320 ގެ ފްލީޓަކުންނެވެ.

މުމްބާއި އިން މާލެ އަށް އަދި މާލެ އިން މުމްބާއީ އަށް ހަފްތާއަކު ތިން ފްލައިޓް ގޯ އެއަރ އިން އޮޕަރޭޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މުމްބާއީ ދެކޮޅު ދަތުރުގެ އަގުތައް ފެށޭނީ 242 ޑޮލަރުންނެވެ. އަދި ގޯ އެއަރގެ ފްލައިޓްތައް ދިއްލީ އިން މާލެ އަށް އަދި މާލެ އިން ދިއްލީ އަށް ހަފްތާއަކު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވާ އިރު ޓިކެޓްގެ އަގަކީ 274 ޑޮލަރެވެ.

ގޯއެއަރއަކީ އިންޑިއާގެ މަޝްހޫރު ވަދީއާގެ ގްރޫޕްގެ ކުންފުންޏެކެވެ. އެ އެއަރލައިން އުފައްދާފައިވަނީ 2005 ވަނަ އަހަރުއެވެ. ފާއިތުވި މުއްދަތުގެ ތެރޭގައި އެ އެއަރލައިން އޮޕަރޭޓް ކުރަމުން ދިޔައީ އެތެރޭގެ އުދުހުންތަކުގައެވެ.

ރާއްޖެ ހިމެނޭ ގޮތަށް ނުވަ ގައުމަކަށް ދަތުރުކުރުމުގެ ހުއްދަ 2016 ވަނަ އަހަރުގެ ތެރޭގައި ގޯއެއަރ އަށްދީފައި އޮތް ނަމަވެސް، މިހާތަނަށް އަދި ބޭރުގެ ގައުމުތަކަށް ދަތުރުތައް ނުފަށައެވެ. މުމްބާއީ އާއި ރާއްޖެއާ ދެމެދު ފަށާ ދަތުރުތަކަކީ ބޭރުގެ ގައުމަކަށް އެ އެއަރލައިނުން ފަށާ ފުރަތަމަ ދަތުރުތަކެވެ.

ޖުމްލަ 31 މަތިންދާބޯޓުގެ ފްލީޓެއް އޮންނަ ގޯއެއަރ އިން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު އެ އެއަރލައިން ވެގެންދާނީ ބޭރުގެ މަންޒިލްތަކަށް ދަތުރުކުރާ އިންޑިއާގެ ހަވަނަ އެއަރލައިނަށެވެ. މިހާރުވެސް، އެއަރ އިންޑިއާ އާއި، އަލް އެކްސްޕްރެސް، ޖެޓް އެއަރވޭސް، އިންޑިގޯ، އަދި ސްޕައިސް ޖެޓުން ދަނީ ބޭރުގެ މަންޒިލްތަކަށް ދަތުރު ކުރަމުންނެވެ.

ގޯއެއަރގެ ޖީއެސްއޭ އޭޖެންޓަކީ ވޮޔޭޖަސް މޯލްޑިވްސްއެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް