Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނިއުމާ މުހައްމަދު

ނިއުމާގެ އަޑު ގެއްލުނީ ކީއްވެ؟

11 އޮކްޓޯބަރު 2018 | ބުރާސްފަތި 18:58

ނިއުމާ ބުނީ އަޑަށް ވީގޮތެއް ނޭނގޭ ކަމަށާއި ކުއްލިއަކަށް ހަމަ ހުރެފައި އަޑު ދިޔައީ ކަމަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 18:58
ފިލްމީ ތަރި ނިއުމާ މުހައްމަދު

ފިލްމީ ތަރި ނިއުމާ މުހައްމަދު

ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" އާއި ގުޅޭ ގޮތުން އިންޓަވިއުއެއް ހޯދުމަށް ނިއުމާ އަށް ގުޅާލުމުން ނިއުމާ ވާހަކަ ދެއްކީ ވައި އަޑަކުންނެވެ.

ފޯނުން ވާހަކަ ނުދައްކައި، މެސެޖުން ވާހަކަދެއްކުމަށް ވައި އަޑަކުން ނިއުމާ އެދުމުން، ނިއުމާގެ އަޑަށް ވީ ގޮތަކާއި މެދު ސުވާލު އުފެދުނެވެ. ފިލްމްގެ މަސައްކަތާއި ބެހޭ ގޮތުން މައުލޫމާތު އޮޅުން ފިލުވުމަށްވުރެ ބޮޑަށް ޝައުގުވެރިކަން އުފެދިގެން ދިޔައީ ނިއުމާގެ އަޑަށް ވީގޮތެއް އޮޅުން ފިލުވުމަށެވެ.

އެހެން ކަމުން ނިއުމާގެ އަޑަށް ވީގޮތެއް އޮޅުން ފިލުވުމަށް މެސެޖް ކުރުމުން ނިއުމާ ބުނީ އަޑަށް ވީގޮތެއް ނޭނގޭ ކަމަށާއި ކުއްލިއަކަށް ހަމަ ހުރެފައި އަޑު ދިޔައީ ކަމަށެވެ. ރަނގަޅަށް އަޑު ނުނިކުންނަތާ މިހާރު ދެމަހާއި ބައި ވަރު ވެފައިވާ ކަމަށާއި، ބޭސްފަރުވާގެ ކަންތައްވެސް ކުރިއަށް ދާ ކަމަށް ނިއުމާ ވަނީ ބުނެފައެވެ.

"ނިވައިރޯޅި" އެޅުވުން ފަސްކޮށްފައިވަނީވެސް އަޑުގޮސްފައިވުމުން ޑަބިންގެ މަސައްކަތް ނުކުރެވިގެން ކަމަށް ނިއުމާ ބުނެޏެވެ.

ނިއުމާ ބަލިވުމުގެ ސަބަބުން ނިވައިރޯޅި ރިލިޒްކުރުން ލަސްކޮށްފައި ވީނަމަވެސް މި ފިލްމުގެ ޓްރެއިލް މިހާރު ވަނީ ރިލީޒްކޮށްފައެވެ. ޓްރެއިލަރ ރިލީޒް ކުރުމަށް ބޭއްވި ހަފްލާގައިވެސް ނިއުމާ މާ ގިނަ ވާހަކަތަކެއް ދައްކާފައި ނުވާއިރު މި ފިލްމަކީ ފިލްމީ ދާއިރާގއި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ނިއުމާގެ ފަހު ފިލްމުކަމުން ފިލްމާއި ގުޅޭގޮތުން އެ ހަފްލާގައި ފޭނުންނާއި ވާހަކަ ނުދެއްކުމުން ނިއުމާ ވަނީ އެކަމާ ހިތާމަ ފާޅުކޮށްފައެވެ.

ނިއުމާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށް، ފިލްމު ޑައިރެކްޓްކޮށްފައިވަނީ މޫމިން ފުއާދެވެ. ބޮޑު ކާސްޓަކާއި އެކު ބޮޑު ޚަރަދެއްވެސް ކޮށްގެން އުފައްދާފައިވާ މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ރ. އިނގުރައިދޫގައެވެ.

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

ރައީސް ޔާމީންގެ ރައީސްކަމުގެ ޝަރުތު ގެއްލުނީތަ؟

05 އޯގަސްޓު 2017
ރައީސް ޔާމީންގެ ރައީސްކަމުގެ ޝަރުތު ގެއްލުނީތަ؟
03 އޯގަސްޓު 2017

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017
މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟
12 ޖުލައި 2017

އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

12 ޖުލައި 2017
އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟
12 ޖޫން 2017

އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

12 ޖޫން 2017
އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟
29 މެއި 2017

ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

29 މެއި 2017
ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!
09 މެއި 2017

ބޮޑު ބައްޔަކުން މެޗުން ބަލިވީ ކީއްވެ؟

09 މެއި 2017
ބޮޑު ބައްޔަކުން މެޗުން ބަލިވީ ކީއްވެ؟
06 މެއި 2017

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟
23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
16 އެޕްރީލު 2017

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

16 އެޕްރީލު 2017
މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް