Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ނިންމި 4 މެމްބަރުންގެ ނަން މަޖިލީހުގެ ދަފްތަރުގައި ހިމަނައިފި

12 އޮކްޓޯބަރު 2018 | ހުކުރު 05:31

އެ ހަތަރު މެމްބަރުންނަކީ މަޖިލީހުގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 އޮކްޓޯބަރު 2018 | ހުކުރު 05:31
ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ހަތަރު މެމްބަރުން

ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ހަތަރު މެމްބަރުން

އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން އެ ހަތަރު މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި އަލުން ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި އަލުން ހިމަނާފައިވާ ހަތަރު މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.

Advertisement - newsAdvertisement

އެ މެމްބަރުން މަޖިލީހުގެ ދަފްތަރުގައި ހިމަނާވަނީ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނމުގަންނަވާ މެމްބަރުންގެ ގޮތުގަ އެވެ. އެ ހަތަރު މެމްބަރުންނާއެކު މަޖިލީހުގައި މިވަގުތު މިނިވަން 6 މެމްބަރުން ތިއްބަވަ އެވެ. އެއީ ސުޕްރީމް ކޯޓުން ގޮނޑި ނުގެއްލޭ ކަމަށް ނިންމި ހަތަރު މެމްބަރުންގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސަރުކާރު ހިންގާ ޕީޕީއެމް މެމްބަރުންގެ ގޮތުގައި ތިއްބަވާ ސޮއި ކުރެއްވުމާއި ގުޅިގެން ޕީޕީއެމުން ވަނީ އެ 12 މެމްބަރުން ޕީޕީއެމުން ވަކިކޮށް، އަދި ސަރުކާރުގެ ނުފޫޒު ބޭނުންކޮށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ މެމްބަރުން ތަމްސީލު ކުރަމުންދިޔަ ގޮނޑި ގެއްލިފައިވާ ކަމަށް ވަނީ ނިންމާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެ މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދައުލަތުގެ ސަލާމަތީ ހިދްމަތްތަކުން ހުރަސްއަޅަމުންދިޔައިރު، ގޮނޑި ގެއްލިފައިވާކަން ކަނޑައެޅުމުގެ ބާރު ލިބިގެން ސުޕްރީމް ކޯޓުން ގޮތެއް ނުނިންމާ އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު، އެންމެފަހުން މިދިއަ ހޯމަ ދުވަހު ވަނީ އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފަ އެވެ.

މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ އެ 12 މެމްބަރުންގެ ތެރެއިން 8 މެމްބަރުންގެ ގޮނޑީގެ މައްސަލަތަކެވެ. އެއް ގޮތަކަށް ކަންކަން ހިނގާފައިވާ މައްސަލަތަކެއް ނަމަވެސް އެ މައްސަލަތައް ސުޕްރީމް ކޯޓުން ކުރިއަށް ގެންދަވަނީ ވަކިވަކިން ނެވެ. އަދި މެމްބަރުން އެ މައްސަލަތައް ހުށަހަޅާފައިވަނީ ވެސް ވަކިވަކިން ނެވެ.

ސުޕްރީމް ކޯޓުން މިހާތަނަށް ވަކިގޮތެއް ކަނޑައަޅާފައިނުވާ 8 މެމްބަރުންނަކީ:

  1. މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު
  2. އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ
  3. ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
  4. ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
  5. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ
  6. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު
  7. ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ
  8. ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު

މީގެއިތުރުން ފުވައްމުލަކު މެދުދާއިރާގެ މެމްބަރު އަލީ ފަޒާދުގެ ނަން ވެސް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ވަނީ އުނިކޮށްފަ އެވެ. ނިމިދިއަ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި ފަޒާދު ހަރަކާތްތެރި ވެވަޑައިގަންނަވާފައި ވާތީ ޕީޕީއެމުން ވަނީ އެޕާޓީން ފަޒާދު ވަކިކޮށްފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީޕީއެމްގެ ދަފްތަރުން ފަޒާދުގެ ނަން އުނިކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހަށް ވެސް އަންގާފަ އެވެ. ނަމަވެސް މިހާތަނަށް ސުޕްރީމް ކޯޓުން ފަޒާދުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައެއް ނުވެއެވެ. އެހެން ނަމަވެސް އެންޓި ޑިފެކްޝަން ގާނޫނު ބުނާގޮތުން ފަޒާދުގެ ގޮނޑި ގެއްލިފައިވާ ކަމާމެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް