Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

އަދުލްވެރި ވެރިކަމެއް ގާއިމްކުރެވޭތާ 24 ގަޑިއިރު ތެރޭގައި ރައީސް ޔާމީން ހައްޔަރުކުރަންޖެހޭ: އަހުމަދު އީސަ

11 އޮކްޓޯބަރު 2018 | ބުރާސްފަތި 01:02

މިފާއިތުވެގެން ދިޔަ ފަސް އަހަރު ތެރޭގައި ރައީސް ޔާމީން ގިނަ ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 01:02
ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ

ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ

އަދުލްވެރި ވެރިކަމެއް ގާއިމްކުރެވޭތާ 24 ގަޑިއިރު ތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު 23 ގައި ރައްޔިތުން ނިންމި ނިންމުން ބާތިލްކުރަން ރައީސް ޔާމީން ހުށަހަޅާފައިވާތީ، "ރައްޔިތުންގެ ހުކުމް" ނަމުގައި ރާއްޖެޓީވީން އަލަށް ފެށި ޕްރޮގްރާމުގައި ބުދަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އަހުމަދު އީސަ ވިދާޅުވީ މިފާއިތުވެގެން ދިޔަ ފަސް އަހަރު ތެރޭގައި ރައީސް ޔާމީން ގިނަ ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހްމަތު ކުރެވޭ ކަމަށާއި ދުނިޔޭގެ އެއްވެސް ގައުމަކުން މިހައި ފާޅުކަން ބޮޑު ގޮތެއްގައި ބޮޑެތި ޖަރީމާތައް ހިންގައި އެކަމަށް އެއްބަސްވެފައިވާ ވެރިއަކު ފެނިގެން ނުދާނެ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ފެހި ގާނޫނު އަސާސީގެ ދަށުން ގާއިމް ކުރެވޭ އައު ވެރިކަމެއްގައި މިސަރުކާރުން ހިންގާފައިވާ މިޖަރީމާތައް ބަލައި، 24 ގަޑިއިރު ތެރޭގައި ރައީސް ޔާމީން ހައްޔަރުކުރަންޖެހޭކަން ފާހަގަކުރައްވައި އަހުމަދު އީސަ ވިދާޅުވީ ރައްޔިތުންގެ ވޯޓުން ގާއިމްކުރެވޭ އަދުލްވެރި ވެރިކަމުގައި ނުހައްގުން އަނިޔާ ލިބުނު ހުރިހާ ފަރާތްތަކަށް އިންސާފު ހޯދައިދޭނެ ކަމަށެވެ.

އިންތިޚާބު ބާތިލުކުރަން ރައީސް ޔާމީން ކުރަމުން ގެންދާ މަސައްކަތްތަކަށް އިޝާރަތް ކުރައްވައި އަހްމަދު އީސާ ވިދާޅުވީ ގާނޫނު އަރާ ހަމަކުރާނެތީ ކޮންމެހެން ވެސް ވެރިކަން ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން ކަނޑުފައްތާ، މާލޭގައި އެއްކޮޅުގައި ހުޅު ޖަހައިގެން ވެސް މިވެރިކަން ދިފާއު ކުރައްވަން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އެކަމަކު ގާނޫނު އަސާސީ މިނިވަން މުއައްސަސާތަކުގެ މައްޗަށް ޚާއްސަކޮށް ސަލާމަތީ ބާރުތަކާއި ޝަރުއީ ކޯޓުތަކުގެ މައްޗަށް ލާޒިމް ކުރަނީ ރައްޔިތުންގެ ވެރިކަން ދިފާއު ކުރަން. މިކަހަލަ ގޮތެއް ނެތް ހަޑިމުޑުދާރު ވެރިކަމެއް ކުރާ މީހަކު ހިމާޔަތް ކުރާކަށް ގާނޫނު އަސާސީގައި ލިޔެފައި ނޯންނާނެ. ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމްކޮށްފައި އޮތީ މިފަދަ ވެރިން ހިފާ ހައްޔަރުކުރަން ޝަރުއީ ކޯޓުތަކުގެ މައްޗަށް ލާޒިމްކޮށްފައި އޮތީ މިފަދަ ޖައްބާރު ވެރިންގެ މައްޗަށް އޮތީ ރައްޔިތުންނަށް ކުރި އަނިޔާއާއި ގައުމަށްވީ ހިޔާނާތުގެ ބަދަލުގައި ހުކުމްކޮށްފައި ޖަލަށްލާން." އަހުމަދު އީސަ ވިދާޅުވިއެވެ.

އަހުމަދު އީސަ ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި އިހުލާސްތެރި އެއްވެސް ވާހަކައެއް ދައްކަވާފައި ނެތް ކަމަށާއި، ދައްކަވާ ވާހަކަފުޅާ އެއްގޮތަށް އަމަލެއް ކުރައްވާފައެއް ނެތް ކަމަށެވެ.

އޭނަ ވިދާޅުވީ ރައީސް ޔާމީން ރައްޔިތުންނަށް ދޮގު ހައްދަވައި އޮޅުވާލުން ނޫން ކަމެއް ކުރައްވާފައި ނެތް ކަމަށާއި، ދައުލަތުގެ މުދަލާއި ފައިސާއާ ހިޔާނާތްތެރިވުން ނޫން ކަމެއް ކުރައްވާފައި ނެތް ތުހްމަތު ކުރެވޭ ކަމަށެވެ.

"މަގާމުގެ ނުފޫޒުގެ ބޭނުން ކުރެއްވުން ނޫން ކަމެއް ކުރައްވާފައި ނުވޭ. ކުރެއްވި ކޮންމެ ކަމެއްގައި ރައްޔިތުންނަށް ބިރު ދައްކައި އަނިޔާކޮށް މަގާމުގެ ނުފޫޒު ބޭނުން ކުރުން ނޫން އެއްވެސް ކަމެއްކޮށްފައި ނެތް. ޔާމީން އަބްދުލްގައްޔޫމްއަކީ ސިކުނޑި ހަމަޖެހޭ ބޭފުޅެއްތޯ ވެސް ބަލަން އެބަ ޖެހޭ" އަހުމަދު އީސަ ވިދާޅުވިއެވެ.

އަހުމަދު އީސަ ވިދާޅުވީ ވައްކަން ކުރުމަށްފަހު އެ ވާހަކަ ދައްކަވަނީ އަމިއްލަފުޅަށް ކަމަށާއި، އަނިޔާވެރިވުމަށްފަހު ވެސް އެއްބަސްވެލައްވަނީ ވެސް އަމިއްލަފުޅަށް ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި އިއުތިރާފްވެވަޑައިގެންފައިވާއިރު، ގައުމަށް ހިޔާނަތްތެރިވި ކޮންމެ މީހަކާއި ވެސް ގާނޫނު އަރާ ހަމަކޮށް ހައްގު އަދަބު ދޭނެ ދުވަސް އަންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އެފްއޭއެމްގެ ރައީސް ޓޮމް ކޮބާ؟

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް