Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބުރުގެ މައްސަލަ

ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް ޗެނަލް 13 އަށް އިލްތިމާސްކޮށްފި

11 އޮކްޓޯބަރު 2018 | ބުރާސްފަތި 01:11

އެއްވުމެއް ލައިވްކުރާއިރު، 60 ސިކުންތުގެ ލަސްކުރުމެއް ލައިގެން ބްރޯޑްކާސްޓްކުރުމަށް ވަނީ އިލްތިމާސްކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 01:11
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން

ސަރުކާރު ޕްރޮމޯޓް ކުރާ އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ، އިންތިޚާބުގައި ވާދަކުރެއްވި ދެ ކެނޑިޑޭޓުންނާއި ސަރުކާރުން ގަބޫލުކުރައްވައިފައި ވަނިކޮށް، އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ، ރައްޔިތުންގެ ހިތްތަކުގައި އިންތިޚާބުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ގޮތަށް، އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި އެހެނިހެން މެމްބަރުންގެ އަބުރާއި އިއްޒަތަށް ހުތުރުވާ ގޮތަށް، ސައްހަ ނޫން ޚަބަރުތަކާއި މައުލޫމާތު، ޗެނަލް 13އިން ތަކުރާރުކޮށް ފޮނުވަމުންދާ ކަމުގެ ޝަކުވާތަކެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައިމިވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އަމިއްލައަށް "ޗެނަލް 13" އާ ދެކޮޅަށް "އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު"ގެ ދަށުން ހަ މައްސަލައެއް ހުށަހަޅާފައިވަނިކޮށްށެވެ. އަދި މެމްބަރުންގެ ފޮޓޯ އަރުވައި، ފިލައިގެން އުޅޭ މެމްބަރުން ކަމަށް ބުނެ ކޮންޓެންޓް ގެނެސްދެމުންދާ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވަނިކޮށެވެ.

އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ކުރިން ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި، ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ސަމާލުވާންޖެހޭ ކަމަށް އެންގުމަށް، ނިންމީ ބުދަ ދުވަހުގެ ރޭ ބޭއްވި އެ ކޮމިޝަންގެ ކުއްލި ބައްދަލުވުމުންނެވެ.

ބްރޯޑްކޮމްއިން ބުނީ މުޒާހަރާތަކާއި އެއްވުންތައް ވަގުތުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، އެއްވުމެއް އެއްކޮށް ލައިވްކޮށް ބްރޯޑްކާސްޓްކުރަން ޖެހޭނީ، 60 ސިކުންތުގެ ލަސްކުރުމެއް ލައިގެން ކަމަށެވެ.

ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ފޮނުވަމުންގެންދާ ކޮންޓެންޓެއްގެ ސަބަބުން ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސްލަހަތު ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވާފަދަ ކޮންޓެންޓް ނުފޮނުވުމަށް ސަމާލުކަންދޭން ޖެހޭ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އަދި، ގާނޫނާއި ގަވާއިދާ ތައާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމުގައި ވެސް އެކޮމިޝަނުން ބުނެ އެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި

21 މެއި 2017
ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި
25 އެޕްރީލު 2017

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި

25 އެޕްރީލު 2017
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި
10 އެޕްރީލު 2017

އިންތިޚާބާ ދިމާކޮށް ރޭޑިއޯ ޓީވީތަކުން ގެނެސްދޭ ކޮންޓެންޓް މޮނިޓަރ ކުރަން ފަށައިފި

10 އެޕްރީލު 2017
އިންތިޚާބާ ދިމާކޮށް ރޭޑިއޯ ޓީވީތަކުން ގެނެސްދޭ ކޮންޓެންޓް މޮނިޓަރ ކުރަން ފަށައިފި
05 އެޕްރީލު 2017

ޓީވީއެމްއާއި ޗެނަލް 13 އާ ދެކޮޅަށް އަބުރުގެ މައްސަލައެއް އުމަރު ހުށަހަޅުއްވައިފި

05 އެޕްރީލު 2017
ޓީވީއެމްއާއި ޗެނަލް 13 އާ ދެކޮޅަށް އަބުރުގެ މައްސަލައެއް އުމަރު ހުށަހަޅުއްވައިފި
22 މާރިޗު 2017

އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި

22 މާރިޗު 2017
އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
15 މާރިޗު 2017

!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި

15 މާރިޗު 2017
!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި
10 މާރިޗު 2017

ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި

10 މާރިޗު 2017
ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި
16 ފެބުރުއަރީ 2017

ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

16 ފެބުރުއަރީ 2017
ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް