Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް މައުމޫން

ގޮނޑި ގެއްލުނު ކަމަށް ސަރުކާރުން ބުނާ 13 މެމްބަރުންނާ ރައީސް މައުމޫން ބައްދަލު ކުރައްވައިފި

10 އޮކްޓޯބަރު 2018 | ބުދަ 17:38

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކުރިން ބުނި ނަމަވެސް ދާދި ފަހުން ވަނީ އެނިންމުން އަނބުރާ ގެންގޮސްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 10 އޮކްޓޯބަރު 2018 | ބުދަ 17:38
ރައީސް މައުމޫނާއި އެމަނިކުފާނާ އެކު އިސްލާހީ ހަރަކާތުގައި އުޅުއްވާ މަޖިލީހުގެ މެމްބަރުން

ރައީސް މައުމޫނާއި އެމަނިކުފާނާ އެކު އިސްލާހީ ހަރަކާތުގައި އުޅުއްވާ މަޖިލީހުގެ މެމްބަރުން

ސަރުކާރު ހިންގާ ޕީޕީއެމުން ވަކިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުންނާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ބައްދަލު ކުރައްވައިފިއެވެ.

މައުމޫނު ފައުންޑޭޝަންގެ އޮފީހުގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނު ހިންގަވާ އިސްލާހީ ހަރަކާތުގެ އެންމެ އިސްކޮށް އުޅުއްވާ އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ޕީޕީއެމްއަކީ 2013 ވަނަ އަހަރު ރައީސް މައުމޫން އިސްކޮށް ހުންނަވާ އުފެއްދެވި ޕާޓީއެކެވެ. އަދި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ނަމަވެސް 2015 ވަނަ އަހަރުން ފެށިގެން ޕީޕީއެމްގެ އެތެރޭގައި ޕީޕީއެމްގެ ރައީސް މައުމޫނާއި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް ޔާމީނާ ދެމެދު ހިޔާލުތަފާތުވުން އުފެދި ދެ ފެކްޝަނެއް އުފެދިގެން ދިޔައެވެ.

ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިގެންދިޔައީ ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކެއް ފެންމަތި ވުމުންނާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، ރައްޔިތުންނާއި ގައުމަށް ގެއްލުންވާ ގޮތަށް ބައެއް ކަންކަން ކުރުމާއި ސަރުކާރުން ބޭނުންވާހާ ކަމެއް މަޖިލީހުގެ ތެރެއިން ކުރަމުންދިއުމާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދަމުން ދިއުމެވެ.

ނަތީޖާއެއްގެ ގޮތުން ފާރިސް މައުމޫނާ އެކު ސަރުކާރު ޒިންމާދާރު ކުރުމަށް ނިކުންނެވި 12 މެމްބަރުން ވަނީ ޕީޕީއެމުން ވަކި ކުރައްވާފައެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި ހަރަކާތްތެރިވެފައި ވާތީ ޕީޕީއެމުން ވަކި ކުރައްވާފައެވެ.

ސަރުކާރުން ބުނަމުންދަނީ ޕީޕީއެމުން އެ މެމްބަރުން ވަކިކޮށް، ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނެރުނު އަމުރާ އެކު އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި ހިސާބުން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

ޕީޕީއެމް އުފެއްދުމުގައި ވެސް އެންމެ އިސްކޮށް އުޅުއްވި ރައީސް މައުމޫނާއި ފާރިސް މައުމޫން ވެސް ވަނީ ޕީޕީއެމުން ވަކިކުރައްވާފައެވެ. . އެ 13 މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރެއްވި އިރު، އެ މެމްބަރުންގެ ތެރެއިން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ބާކީ ތިބި އަށް މެމްބަރުންގެ މައްސަލައާ މެދު ސްޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. އެ ގޮތުން ބުރާސްފަތި ދުވަހު ވެސް ދެ މެމްބަރެއްގެ ގޮނޑީގެ މައްސަލަ ތާވަލްކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް