Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިގާލީ މަރުހަލާ

ޑީޖީޓީއަށް އެއްބާރުލުން ނުދިނުމަކީ ގާނޫނީ ކުށެއް: މާރިއާ

މިއީ ސަރުކާރު ބަދަލުވުމުގެ މަރުހަލާ މިހާ ދިގު މުއްދަތެއް ލިބިގެންދިޔަ ފުރަތަމަ ފަހަރު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2018 | ބުދަ 12:52
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ

ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޑައިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން އަށް އެއްބާރުލުން ނުދިނުމަކީ ގާނޫނީ ކުށެއް ކަމަށާއި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން އެކަމަށް ސަމާލުވެ ތިއްބެވުމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ސޯލިހު)ގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި މާރިއާ ވިދާޅުވީ ސަރުކާރުގެ ބައެއް އިދާރާތަކުން އެއްބާރުލުން ދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށާއި، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޑައިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަންގެ އޮފީހަށް އެއްބާރުލުން ނުދޭ ފަރާތްތަކަށް އެއީ ގާނޫނީ ކުށެއް ކަމަށް ހަނދާން ކޮށްދޭ ކަމަށެވެ.

Advertisement - newsAdvertisement

ވެރިކަން ބަދަލުވުމުގެ ގާނޫނުގެ ދަށުން ޑަރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ހ. ސީވިޑް އަހުމަދު ލަތީފް (ސީވިޑް ލަތީފް) ވަނީ އައްޔަން ކުރައްވާފައެވެ. އަދި އެ ގާނޫނުގެ ދަށުން ޑައިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަންގެ އޮފީހެއް ސްޓެލްކޯގައި ގާއިމުކޮށް، މުވައްޒަފުންނާ އެކު ސަރުކާރު ބަދަލުކުރުުގެ ކަންކަން ގެންދަނީ ކުރަމުންނެވެ.

ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަވަނީ ފުރަތަމަ މިނިސްޓްރީ އެއް ނަމަ މިނިސްޓަރުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވަނީއެވެ. އޭގެ ފަހުން ކަމާ ގުޅޭ ދާއިރާތަކުގެ އިލްމީ އަދި ފަންނީ ބޭފުޅުން އެ އޮފީހެއްގެ މުވައްޒަފުންނާ އެކު ސަރުކާރު ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަމާ މެދު މަޝްވަރާކޮށް، އެމަސައްކަތް ކުރަމުން ގެންދަވަނީއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނަކީ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާއަށް ފަހު، އިންތިހާބުވި ފަރާތުން ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރެއްވުމަށް އައްޔަން ކުރައްވާ ބޭފުޅެކެވެ. ނަމަވެސް އިންތިހާބުވި ފަރާތުން ޑައިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅެއްގެ ނަންފުޅު ސިވިލް ސާރވިސް ކޮމިޝަނަށް ފޮނުވުުން އެބޭފުޅާ އެމަގާމަށް އައްޔަން ކުރައްވާނީ ސިވިލް ސާރވިސް ކޮމިޝަނުންނެވެ. އަދި ޑީޖީޓީ މަސައްކަތް ކުރައްވާނެ ވަކި އޮފީހަކާއި މުވައްޒަފުންގެ ކަންކަން ވެރިކަން ބަދަލުވުމުގެ ގާނޫނުގެ ދަށުން ހަމަޖައްސަން ޖެހޭއިރު، އެއް މިލިއަން ރުފިއާއަށްވުރެ ބޮޑުނުވާނެ ބަޖެޓެއް ވެސް އެ އޮފީހަށް ހަމަޖައްސަން ޖެހެއެވެ.

ޑީޖީޓީގެ އޮފީސް ދެމިގެންދާނީ އިންތިހާބީ ރައީސް މަގާމުގެ ހުވާކުރައްވާ ދުވަހާ ހަމައަށެވެ.

އެގާނޫނުގެ ބޭނުމަކީ އިންތުހާބީ ރައީސް ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހު ވެސް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ހިދްމަތްތައް ހުއްޓުމެއްނެތި ކުރެވޭގޮތަށް ކަންކަން ބައްޓަން ކުރުމާއި ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ އޮމާންކަމާއި އަމާންކަމާ އެކު ކުރިއަށް ގެންދިއުމެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ޑީޖީޓީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާ އޮފީހެއް ގާއިމުކޮށް މަސައްކަތް ކުރަން ޖެހުނު މިއީ ފުރަތަމަ ފަހަރެވެ. 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމުންނާއި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސަކު އިންތިހާބު ކުރެވި މަގާމާ ހަވާލުވެ ވަޑައިގަންނަވާފައި ވަނީ ވެސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ނޮވެމްބަރު މަހުގެ 11 ގެ ފަހުންނެވެ.

މިހާރު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ޔާމީން އިންތިހާބުވެ ވަޑައިގެންނެވީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. ވެރިކަމުގެ ހުވާ ކުރައްވާފައި ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެހެންކަމުން ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަން 24 ގަޑިއިރުގެ ތެރޭގައި ވަނީ ނިމިފައެވެ.

މިދިއަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އިބްރާހީމް މުހައްމަދު ސޯލިހު މަގާމުގެ ހުވާކުރެއްވުން އޮތީ ނޮވެމްބަރު 11 ނުވަތަ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ. އެހެންކަމުން ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަން ގިނަ ދުވަސްތަކެއް ލިބިގެންދާއިރު، ގިނަ ހުރަސްތަކެއް ވެސް ސަރުކާރުގެ ބައެއް އިދާރާތަކުން ކުރިމަތި ކުރުވަމުންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ހައުސިންގ މިނިސްޓްރީން ކުރިމަތިކުރަމުންދާ ހުރަސްތައް ފާހަގަކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން

މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން

26 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް

ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް

13 މާރިޗު 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު