Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގެއްލުނު ނޫސްވެރިޔާ

ނޫސްވެރިޔާ ސައުދީގެ ކޮންސިއުލޭޓް ދޫކޮށް ދިޔަކަން ކަށަވަރުކޮށްދީ: އޮރްދޮޣާން

9 އޮކްޓޯބަރު 2018 | އަންގާރަ 12:37

ޖަމާލް ޚަޝޯގީ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 އޮކްޓޯބަރު 2018 | އަންގާރަ 12:37
ތުހުމަތު ކުރެވުނީއްސުރެ ބައެއް އޮފިޝަލުން އިމާރާތުން ނުނިކުންނަވާ

ތުހުމަތު ކުރެވުނީއްސުރެ ބައެއް އޮފިޝަލުން އިމާރާތުން ނުނިކުންނަވާ

ގެއްލިގެން އުޅޭ ނޫސްވެރިޔާ އިސްތަންބޫލުގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް ދޫކޮށް ދިޔަކަން ކަށަވަރުކޮށްދީ، ހެކި ދެއްކުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރުދޮޣާން ގޮވާލައްވައިފިއެވެ.

ސައުދީގެ ރައްޔިތެއް ކަމަށްވާ ޖަމާލް ޚަޝޯގީ އެންމެ ފަހުން ފެނިފައި ވަނީ އެ އިމާރާތަށް ވަންނަނިކޮށް މިދިޔަ ހަފްތާގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ޚަޝޯގީގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެތަނުގެ ތެރޭގައި ޚަޝޯގީ މަރާލާފައިވާ ކަމަށް ބުނެވުމާ އެކީ ތުރުކީ އިން ވަނީ ކޮންސިއުލޭޓް ބަލައި ފާސްކުރަން އަންގާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސައުދީ އަރަބިއާ އިން އެ ތުހުމަތު ދޮގުކުރެއެވެ.

އޭނާ އިމާރާތުން ނުކުމެއްޖެކަމަށް ބުނެ ކޮންސިއުލޭޓްގެ އޮފިޝަލުންނަކަށް ސަލާމަތެއް ނުވެވޭނެ" ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮރޮދޮޣާން ވިދާޅުވިއެވެ.

"އޭނާ ނުކުމެއްޖެ ނަމަ ފުޓޭޖާ އެކު ހެކި ހުށަޅަންވާނެ"

ތުރުކީގެ އޮފިޝަލުން އާދީއްތަ ދުވަހު ބުނެފައި ވަނީ މިދިޔަ ހަފްތާގައި އެ ގައުމަށް އައި ސައުދީގެ 15 މީހުންގެ ޓީމަކުން އޭނާ މަރާލާފައިވާ ކަމުގެ ސާބިތު ހެކި އެބަހުރި ކަމަށެވެ. ނަމަވެސް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. ވަލީއަހުދު މުހައްމަދު ބިން ސަލްމާން މީގެ ކުރިން ވަނީ އޮފިޝަލުންނަށް އެތަން ބެލުމަށް މަރުހަބާ ދަންނަވާ ކަމަށާއި ފޮރުވާނެ އެއްވެސް އެއްޗެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ޚަޝޯގީ ދިރިއުޅެމުންދަނީ އެމެރިކާގައި ކަމަށްވާއިރު އޭނާ ގެންދަނީ ވޮޝިންގޓަން ޕޯސްޓްގައި ޚިޔާލު ކޮލަމްގައި ލިޔަމުންނެވެ. އެ ނޫހުން ބުނެފައި ވަނީ ސައުދީގެ ކިބައިން ޖަވާބެއް ހޯދުމަށް އެމެރިކާއިން ބާރުއަޅަން ޖެހޭނެ ކަމަށެވެ.

އޭގެ ފަހުން ވައިޓްހައުސްގައި ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ އެ ވާހަކަ އަޑުއިވިވަޑައިގަތުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ އަޑުއައްސަވާ ހިތްޕުޅުވާ ކަހަލަ ވާހަކައެއް ނޫން ކަމަށެވެ.

ގެއްލުމުގެ ކުރިން ޖަމާލު މަސައްކަތް ކުރަމުން ދިޔައީ ވޮޝިންޓަން ޕޯސްޓަށެވެ. އެހެން ނަމަވެސް ކުރިން އޭނާ ވަނީ ސައުދީ ސަރުކާރުގެ އިސް މަގާމުތަކުގަޔާއި ޑިޕްލެމެޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އޭނާ އަންނަނީ ފަހަކަށް އައިސް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޖަމާލު ގެއްލުމުން ތުރުކީގައި ހުންނަވާ ސައޫދީ ސަފީރު ވަލީދު އަލްޚުރައިޖީ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް ސުވާލު ވެސް ވަނީ ކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

11 ޖޫން 2017

ގައްޒާފީގެ ދަރިކަލުން ދޫކޮށްލައިފި

11 ޖޫން 2017
ގައްޒާފީގެ ދަރިކަލުން  ދޫކޮށްލައިފި
27 މެއި 2017

ފޭސްބުކްއަށްޓަކައި ކިޔެވުން ދޫކޮށްލި ޒަކަބާގަށް ހަވާޑްގެ އޮނަރަރީ ޑިގްރީ

27 މެއި 2017
ފޭސްބުކްއަށްޓަކައި ކިޔެވުން ދޫކޮށްލި ޒަކަބާގަށް ހަވާޑްގެ އޮނަރަރީ ޑިގްރީ
20 މެއި 2017

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
19 މެއި 2017

މޫސަލް ދޫކޮށް 200،000 އެއްހާ މީހުން ދާނެކަމަށް ބެލެވޭ:އދ

19 މެއި 2017
މޫސަލް ދޫކޮށް 200،000 އެއްހާ މީހުން ދާނެކަމަށް ބެލެވޭ:އދ
04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
11 މާރިޗު 2017

މެލޭޝިއާއަށް ނިސްބަތްވާ އދ. ގެ ދެ މުވައްޒަފަކު އުތުރު ކޮރެއާ ދޫކޮށް ގޮސްފި

11 މާރިޗު 2017
މެލޭޝިއާއަށް ނިސްބަތްވާ އދ. ގެ ދެ މުވައްޒަފަކު އުތުރު ކޮރެއާ ދޫކޮށް ގޮސްފި
06 މާރިޗު 2017

މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި

06 މާރިޗު 2017
މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި
04 މާރިޗު 2017

މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި

04 މާރިޗު 2017
މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް