Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފޭސްބުކް

ފޭސްބުކްއަށްޓަކައި ކިޔެވުން ދޫކޮށްލި ޒަކަބާގަށް ހަވާޑްގެ އޮނަރަރީ ޑިގްރީ

ޒަކަބާކް ވަނީ ދަރިވަރުންނަށް މުހިންމު ނަސޭހަތްތަކެއް ދީފައި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 27 މެއި 2017 | ހޮނިހިރު 11:33
ފޭސްބުކްގެ ބާނީ މާކް ޒަކަބާގް އަށް ހާވަޑް ޔުނިވާސިޓީން އޮނަރަރީ ޑިގްރީ ލަގަބު އަރުވަނީ

ފޭސްބުކްގެ ބާނީ މާކް ޒަކަބާގް އަށް ހާވަޑް ޔުނިވާސިޓީން އޮނަރަރީ ޑިގްރީ ލަގަބު އަރުވަނީ

ޅައުމުރުގައި ވެސް މާކް ޒަކަބާގްގެ ހުވަފެނަކީ އެކަކު އަނެކަކަށް ވީހާ ވެސް ފަސޭހައިން މުއާމަލާތް ކޮށްލުމެވެ. އެކަކު އަނެކަކަށް ގުޅުވައިދިނުމެވެ. ސްކޫލް ދައުރުގައި ރައްޓެހިންތަކަކާ އެކު އޭނާ އެ މަސައްކަތް ފަށައި އެކަން ހަގީގަތަކަށް ހެދުމަށްޓަކައި ޔުނިވާސިޓީ ދޫކޮށްލަންޖެހުނެވެ. ހާވަޑް ޔުނިވަސިޓީ ދޫކޮށްލުމަށް ފަހު އޭނާ ނުކުމެގެން އައީ ކޮންމެހެން ކިޔެވުން މަތިން ފޫހިވެގެނެއް ނޫނެވެ. އެއަށް ވުރެ ބޮޑު ހުވަފެނަކަށްޓަކައެވެ. ޒުވާން އުމުރުގައި ބިލިއަނަރަކަށްވި ނަމަވެސް އޭނާއަކީ ތައުލީމީ ސެޓްފިކެޓްތަކެއް އޮތް މީހެއް ނޫނެވެ.

ހާވަޑް ޔުނިވާސިޓީން ދާދި ފަހުން ވަނީ އެތަނުގެ އޮނަރަރީ ޑޮކްޓަރޭޓްގެ ލަގަބު ޒަކަބާގަށް އަރުވާފައެވެ. މި ޝަރަފް އޭނާ އަށް އެރުވުމަށް ބޭއްވި ހަފްލާގައި ޒަކަބާގް ވަނީ އިބުރަތުން ފުރިގެންވާ ތަގުރީރެއް ދީފައެވެ.

ހާވަޑް ޔުނިވާސިޓީގައި ވާހަކަ ދައްކަމުން ޒަކަބާގް ބުނީ ދިރިއުޅުމުގައި އެންމެ މުހިންމު ކަމަކީ މަގުސަދެއް އޮތުމާ އެކު އަނެކާ އަށް އެ މަގުސަދެއްގެ އިހްސާސް ހޯދައިދިނުން ކަމަށެވެ. ކާމިޔާބު މީހަކަށް ވުމަށްޓަކައި ވީހާ ވެސް އަވަހަށް ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ފެށުމަށް ދަރިވަރުންނަށް އޭނާ އިލްތިމާސްކުރިއެވެ.

ޒަކަބާގް ބުނީ މި ޖީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހަމައެކަނި އާ ވަޒީފާތަކެއް އުފެއްދުން ނޫން ކަމަށާއި ނަމަވެސް ދިރިއުޅުމުގެ މަގުސަދު އަލުން ދެނެގަތުން ކަމަށެވެ.

ޒަކަބާގް ބުނީ ފޭސްބުކް އުފެދިގެން އައި އިރު އެ ކުންފުނި ގަތުމަށް ދުނިޔޭގެ ބޮޑެތި އެތައް ކުންފުންޏަކުން ބޮޑު އަގުތައް ކިޔާފައިވާއިރު އޭނާއާ އެކު މަސައްކަތްކުރި ހުރިހާ އެންމެން ވެސް ކުންފުނި ވިއްކާލުމަށް ތާއީދުކުރި ކަމަށެވެ. ނަމަވެސް އޭރު ވެސް އޭނާގެ ދުރުވިސްނުމެއް އޮތް ކަމަށާއި އެކަން ހަގީގަތަކަށް ހެދުމަށްޓަކައި ފޭސްބުކް ވިއްކާލަން ބޭނުން ނުވީ ކަމަށް ޒަކަބާގް ބުންޏެވެ.

ޒަކަބާގް ބުނީ "ހިނދުކޮޅު" އަންނާނެ ކަމަށް ބުނާ ވާހަކައަކީ ބޮޑު ދޮގެއް ކަމަށާއި އެފަދަ ވަގުތެއް އަންނަންދެން މަޑުކުރުމުން މުހިންމު ހިޔާލުތައް ހަގީގަތަކަށް ނުވެ ދާކަމަށެވެ.

ފޭސްބުކް ވުޖޫދަށް އައި ދުވަހު ހާވަޑް ކޮމިއުނިޓީ ގުޅާލެވުމުން އުފާވާ ކަމަށް ބުނި ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކު ކޮންމެވެސް މީހަކު އެ ގޮތަށް މުޅި ދުނިޔެ ގުޅާލާނެ ކަމަށް އެ ދުވަހު ރައްޓެހިން ކައިރީގައި ބުނެވުނު ކަމަށް ވެސް އޭނާ ބުންޏެވެ. އޭރު އެކަން ކުރާނީ އެމީހުންކަން ހިތަށް ވެސް ނާރާ ކަމަށާއި އޭރު އެއީ ކުޑަކުދިން ކަމަށް ޒަކަބާގް ބުންޏެވެ.

ޒަކަބާގް ބުނީ ހިޔާލަކީ މުޅިން ފުރިހަމަ އަށް ސިކުނޑިއަށް ވެރިވާނެ އެއްޗެއް ނޫން ކަމަށާއި ހިޔާލެއް ފުރިހަމަކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށެވެ. މަސައްކަތް ފެށުމުގެ ކުރިން ހަމައެކަނި މީހުން ގުޅުވާލަދިނުމަކީ ކޮބައިގެން ދެނެގަތުމަށް މަސައްކަތްކުރި ނަމަ މީހަރު ހުރި ހިސާބަށް އޭނާ އާށް ނާދެވުނީސް ކަމަށް ވެސް ޒަކަބާގް ފާހަގަކޮށްފައި ވެއެވެ.

"ހިނދުކޮޅު" ނުވަތަ ޔޫކެރޭ މޫމެންޓްއަކީ ހަގީގަތެއް ނޫން ކަން ފާހަގަކުރަމުން ޒަކަބާގް ބުނީ ފިލްމްތަކުން ދައްކައިދެނީ ހަގީގަތް ނޫން ކަމަށެވެ. އުފެއްދުންތެރިކަން އުފަންވެގެން އަންނަނީ ބިއްލޫރިގަނޑެއްގައި ލިޔާ ހިސާބުގެ ފޯމިއުލާއަކުން ނޫން ކަމަށާއި އެއީ ވެސް ފިލްމްތަކުން ދައްކުވައިދޭ ބޮޑު ދޮގެއް ކަމަށް އޭނާ ބުންޏެވެ.

ވަރުގަދަ ހިޔާލެއް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާ ކޮންމެ މީހަކީ މޮޔައެއް ކަމަށް ގިނަ މީހުންނަށް ހީވާނެ ކަމަށާއި އެހެން ކަމުން އޮޅިދާނެކަން ހަނދާންކޮށް އެކަމަށް ވެސް ތައްޔާރުވެ ހުންނަންޖެހޭ ކަމަށް ޒަކަބާގްގެ އިބުރަތުން ފުރިގެންވާ ސްޕީޗްގައި ބުނެފައި ވެއެވެ.

މުޖުތަމައުގައި ބޮޑެތި ކަންކަން ކުރުމަށް ފަސްޖެހޭ މައިގަނޑު ސަބަބަކީ ގޯހެއް ހެދިދާނެ ކަމުގެ ބިރު ކަމަށާއި ނަމަވެސް ހަގީގަތަކީ ކުރާ ކޮންމެ ކަމެއްގައި ވެސް މުސްތަގުބަލުގައި މައްސަލަތަކެއް ފާހަގަކުރެވެނެ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ފަށައިގަތުން ހުއްޓާލައިގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ޒަކަބާގް ވަނީ މިއަދު މަޑުން ތިބެނީ ކީއްވެގެންތޯ ސުވާލު އުފައްދައި ކަންކަމައިގެން އުޅުމަށް ނަސޭހަތްތެރިވެފައެވެ. ބަލި މީހުންނަށް ސިފާ ހޯދައިދިނުމަށް މިއަދު 50 ގުނަ އަށް މަސައްކަތްކުރާ ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި މީހުން ބަލިވާ ސަބަބު ދެނެގަނެ ހަމައެވަރަށް މަސައްކަތްކުރެވޭ ނަމަ ބަލިވާ މީހުންގެ އަދަދު މަދުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

މިއީ ގުޅިލާމެހިފައިވާ ދުނިޔެއް ކަމަށާއި އޮންލައިން މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް އުނގެނުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޒަކަބާގް ބުންޏެވެ.

ނާކާމިޔާބީއާ ތަކުރާރުކޮށް ވެސް ކުރިމަތިލާންޖެހިދާނެ ކަމަށާއި ނަމަވެސް މަސައްކަތް ހުއްޓާލައި އުންމީދު ކަނޑާލައިގެން ނުވާނެ ކަމަށާއި ކާމިޔާބު ލިބެނީ ނާކާމިޔާބީން ހިތްވަރު ހޯދައި މަސައްކަތްކުރާ މީހުންނަށްކަން ފާހަގަކޮށް ޒަކަބާގް ވަނީ އެފަދަ ފަރާތްތަކުގެ ނަންތައް އޭނާގެ ސްޕީޗްގައި ފާހަގަކޮށްފައެވެ. އެ ގޮތުން މަޝްހޫރު "ހެރީ ޕޮޓާ" ވާހަކައިގެ ލިޔުންތެރިޔާ ޖޭކޭ ރޯލިންގް އަށް 12 ފަހަރު ޕަބްލިޝަރުން ނޫނެކޭ ބުނި ކަމަށެވެ. "ހެލޯ" ލަވަ ވުޖޫދަށް ގެނައުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ބިއޮންސޭ އަށް ވެސް އެތައް ސަތޭކަ ލަވަ އުފައްދަންޖެހުނު ކަމަށާއި ކާމިޔާބީ ހާސިލްވުމުގެ މައިގަނޑު ސަބަބަކީ ނާކާމިޔާބީއާ ކުރިމަތިލުމުގެ މިނިވަންކަން އޮތުން ކަމަށް ޒަކަބާގް ބުންޏެވެ.

މި ނޫން ވެސް އެތައް އިބުރަތްތެރި ވާހަކަތަކެއް ޒުކަބާގް ވަނީ ދަރިވަރުންނާ ހިއްސާކޮށްފައެވެ.

އޭނާ ބުނީ ހަވާޑް ޔުނިވާސިޓީގައި އޭނާ އަށް ކުރިމަތިވި އެންމެ ރަނގަޅު ކަމަކީ އަންހެނުން ޕެރިސިލާއާ ދިމާވުން ކަމަށެވެ. އޭނާ ވަނީ ޕެރިސިލާއާ ފުރަތަމަ ދިމާވި ގޮތް ވެސް ދަރިވަރުންނާ ހިއްސާކޮށްފައެވެ.

ޒުކަބާގް ބުނީ އޭނާ ހެދި "ފޭސްމާޝް" ވެބްސައިޓް ތައާރަފްކުރުމާ އެކު އޭނާ ހާޒިރުކުރަން ސްކޫލް ބޯޑުން ނިންމި ކަމަށެވެ. އެ ނިންމުމާ އެކު އޭނާ ސްކޫލުން ކަނޑާލަނީ ކަމަށް އޭނާގެ އާއިލާ އާއި ރައްޓެހިން ވެސް ހީކުރި ކަމަށާއި ތަކެތި ޕެކްކުރުމުގައި މަންމަ އާއި ބައްޕަ ވެސް އައިސް އެހީތެރިވެދިން ކަމަށެވެ. އަދި ރައްޓެހި ފެއާވެލް ޕާޓީއެއް ބޭއްވި ކަމަށާއި ޕެރިސިލާއާ ދިމާވީ ފެއާވެލް ޕާޓީގެ ތެރެއިން ފާހަނާ ތެރެއިން ކަމަށެވެ.

"އަހަރެން ބުނީ ތިން ދުވަހުގެ ތެރޭގައި އަހަރެން ބޭރުކޮށްލާނެއޭ. އެހެން ކަމުން ވީ އެންމެ އަވަހަކަށް ދެ މީހުން ޑޭޓަކަށް ދާން އެބަޖެހެޔޭ،" ޒަކަބާގް ކިޔައިދިނެވެ.

ޒަކަބާގްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ހޮލީވުޑް ފިލްމަގައި ވެސް މި މަންޒަރުތައް ދައްކުވައިދީފައި ވެއެވެ. އެހެން ނަމަވެސް އޭނާ ބުނީ ފިލްމްގައި ދައްކުވައިދިނީ ފޭސްބުކް ވުޖޫދަށް ގެނައުމަށްޓަކައި "ފޭސްމާޝް" މާ މުހިންމުވެގެން އުޅުނު މަންޒަރުކަމަށާއި ނަމަވެސް ހަގީގަތަކީ ފޭސްމާޝް ވުޖޫދަށް ނައި ނަމަ އޭނާގެ ހަޔާތުގެ އެންމެ މުހިންމު މީހާއާ ދިމާނުވީސް ކަމަށެވެ. އަދި ހާވަޑް ޔުނިވާސިޓީގައި ހަޔާތަށްޓަކައި އޭނާ އަށް ކުރެވުނު އެންމެ ބޮޑު ކަމަކީ ޕެރިސިލާއާ ގުޅުން ބަދަހިކުރުން ކަމަށް ވެސް އޭނާ ސިފަކުރިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ދޫކޮށްލި ފަލަސްތީނު މީހުންގެ ކިބައިން ފެންނަން ހުރީ ޖަލުގައި ކުރި އަނިޔާއާއި ބަނޑުހައިހޫނުކަމުގެ ނިޝާންތައް

އިޒްރޭލުން ދޫކޮށްލި ފަލަސްތީނު މީހުންގެ ކިބައިން ފެންނަން ހުރީ ޖަލުގައި ކުރި އަނިޔާއާއި ބަނޑުހައިހޫނުކަމުގެ ނިޝާންތައް

11 އެޕްރީލު 2025
ހޫނުގެ ނުރައްކާ ބޮޑުވެ ފިލިޕީންސްގެ އެތައް ސަތޭކަ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި

ހޫނުގެ ނުރައްކާ ބޮޑުވެ ފިލިޕީންސްގެ އެތައް ސަތޭކަ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި

03 އެޕްރީލު 2024

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު