Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީގެ ފަލަ ސުރުހީ

ޕާޓީތަކުން ފޮނުވާހާ މީހަކު އިބޫ ގަބޫލުފުޅެއް ނުކުރައްވާނެ، އައްޔަން ކުރައްވާނީ ގާބިލު މީހާ: ރިޔާޒު

9 އޮކްޓޯބަރު 2018 | އަންގާރަ 00:18

އިބޫ އެދިވަޑައިގަންނަވަނީ މަސީހު އިސްތިއުފާ ދެއްވުމަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 9 އޮކްޓޯބަރު 2018 | އަންގާރަ 00:18
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

ކޯލިޝަން ޕާޓީތަކުން މަގާމުތަކަށް އައްޔަން ކުރެއްވުމަށް ފޮނުވާހާ މީހަކު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގަބޫލުފުޅު ނުކުރައްވާނެ ކަމަށާއި އެމަނިކުފާނު މަގާމުތަކަށް އައްޔަން ކުރައްވާނީ މަގާމަށް ގާބިލު އަދި ރައްޔިތުން ބަލައިގަންނަ ބޭފުޅުން ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ގުޅިފައިވާ ޕާޓީތައް ގުޅިގެން އުފައްދާފައިވާ "އަށާރަ ނަވާރަ ކޮމެޓީ"ގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވީ އާ ސަރުކާރުގެ މަގާމުތަކަށް އައްޔަން ކުރާނީ ޕްރޮފެޝަނަލް ރަނގަޅު މީހުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ ޕާޓީއަކުން ފޮނުވާހާ ބޭފުޅަކު ގަބޫލުފުޅު ނުކުރައްވާނެކަން. އަޅުގަނޑު ގަބޫލު ކުރަނީ ޕްރޮފެޝަނަލް ރަނގަޅު، ކަންކަމަށް ގާބިލު މީހުން ކަން، އަދި ރައްޔިތުން އެ މީހުން ބަލައިގަންނާނެކަހަލަ މަސައްކަތްތަކެއް ކުރެވޭ މީހުންކަން،" ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަން ވެސް ކުރެއްވި ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ މިހާރު ވެސް އޮތީ ގުޅިފައިވާ ޕާޓީތަކަށް ކަމަށާއި 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑީގެ ސައްހަކަން ކަށަވަރުވުމުން ގުޅިފައިވާ ޕާޓީތަކަށް ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ ކަމަށެވެ. އަދި ވިދާޅުވީ ވާކީ ތިއްބެވި އަށް މެމްބަރުންގެ ގޮނޑީގެ ސައްހަކަން ސުޕްރީމް ކޯޓުން ކަށަވަރު ކުރުމާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު އަނެއްކާވެސް ހުށަހަޅުއްވާނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީއަށް މެމްބަރުން ތަބާވެވަޑައިގެން، މަސީހު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި އެންމެ ރީތި ގޮތަކީ އެއީ ކަމަށެވެ. މަސީހު މަގާމުން އިސްތިއުފާ ދެއްވުމަށް ގުޅިފައިވާ ޕާޓީތަކުން ވެސް އޭނާއަށް ދަންނަވާފައިވާނެ ކަމަށާއި އިންތިހާބީ ރައީސް ސޯލިހު އެދިވަޑައިގަތުމަކީ ވެސް އެއީ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މަސީހު އަވަހަށް އިސްތިއުފާ ދެއްވާނެ ކަމަށް. ވަރަށް ޑިޕްލޮމެޓިކްކޮށް ވެސް އެމަނިކުފާނަށް ދަންނަވައިފިން. އެއީކަން އިންތިހާބީ ރައީސް ވެސް ބޭނުންފުޅުވާ ގޮތަކީ އެބޭފުޅާ ރީތިކޮށް އިސްތިއުފާ ދެއްވުންކަން،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މަޖިލިސް އިންތިހާބަށް ނުކުންނާނީ ގުޅިގެން ކަމަށާއި މަޖިލިސް އިންތިހާބު ވެސް ބޮޑުތަކުން ކާމިޔާބު ކުރާނީ ކޯލިޝަނުން ކަމަށެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް