Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޯން ޓެރީ

ޖޯން ޓެރީ ފުޓުބޯޅައިން ރިޓަޔަރކޮށްފި

އޭނާގެ ކެރިއަރުގެ އެންމެ އަހަރެއް ފިޔަވައި އެހެން ހުރިހާ ދުވަހެއް ހޭދަކުރީ ޗެލްސީގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 އޮކްޓޯބަރު 2018 | ހޯމަ 17:00
ޖޯން ޓެރީ ޗެލްސީ ޖަރޒީގައި

ޖޯން ޓެރީ ޗެލްސީ ޖަރޒީގައި

އިންގްލެންޑްގެ ޤައުމީ ޓީމާއި ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ ފުޓުބޯޅައިން ރިޓަޔަރ ކުރިކަން އިއުލާންކޮށްފިއެވެ.

އުމުރުން 37 އަހަރުގެ ތެރީ އިންސްޓްގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ 23 އަހަރުގެ ކެރިއަރަކަށްފަހު މިއީ ފުޓުބޯޅައިން ރިޓަޔަރކުރުމަށް އެންމެ ރަނގަޅު ދަނޑިވަޅުކަމަށް ދެކޭކަމަށެވެ.

20 އަހަރަށްވުރެ ގިނަ ދުވަހު ޗެލްސީއަށް ކުޅުމަށްފަހު ޓެރީ ވަނީ 2017 ވަނަ އަހަރު އެސްޓަން ވިލާއަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ބަދަލުވެފައެވެ. އަދި ކޮންޓްރެކްޓް ހަމަވުމުން މިދިޔަ ހޫނު މޫސުމުން ފެށިގެން ޓެރީ ހުންނަނީ ކްލަބަކާއި ނުގުޅިއެވެ. އެހެން ނަމަވެސް ރަޝިޔާގެ ސްޕާޓަކް މޮސްކޯއަށް ބަދަލުވުމަށް ޓެރީއަށް ފުރުސަތު ލިބުނެވެ. އެޓީމުގެ މެޑިކަލް ހެދިނަމަވެސް ޓެރީ ނިންމީ ސްޕާޓަކްއާއި ނުގުޅުމަށެވެ.

ޓެރީ ކުޅުނު އެންމެ ފަހުގެ ޕްރޮފެޝަނަލް މެޗަކީ ނިމިދިޔަ ސީޒަންގައި އެސްޓަން ވިލާއާއި ފުލަމް ކުޅުނު މެޗެވެ. އެމެޗުން އެސްޓަން ވިލާ ބަލިވީ 1 - 0 އިންނެވެ.

ޓެރީ ވަނީ ޗެލްސީގައި ހުރެގެން ޕްރިމިއަރ ލީގް 5 ފަހަރު، އެފްއޭ ކަޕް 5 ފަހަރު އަދި ޔޫރަޕިއަން ޗެމްޕިއަންސް ލީގް 1 ފަހަރު ހޯދާފައެވެ. މެދުތެރެއިން ފަހަތަށް ކުޅެމުން އައި ޓެރީ ވަނީ ލީގު ކަޕް 5 ފަހަރު އަދި ޔޫރޮޕާ ލީގު އެއް ފަހަރު ހޯދާފައެވެ. އޭނާއަކީ އެކްލަބުގައި ހުރެގެން އެންމެ ގިނަ ތަށި ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޗެލްސީއަށް 700 އަށްވުރެ ގިނަ މެޗު ކުޅެފައެވެ.

އުމުރުން 14 އަހަރުގައި ޗެލްސީއާއި ގުޅުމަކީ ހަޔާތުގައި ނިންމި އެންމެ މުހިއްމު އަދި އެންމެ ބޮޑު ނިންމުންކަމަށް ޓެރީ ބުންޏެވެ. އަދި އެޓީމާއި ޓީމުގެ ސަޕޯޓަރުންނަކީ އޭނާއަށް ކިހާ މުހިއްމު ބައެއްކަން ބުނެދޭން ދަތިކަމަށް ޓެރީގެ ވަދާޢީ މެސެޖުގައި ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

08 އޯގަސްޓު 2019

ބައިނަލްއަގުވާމީ ފުޓުބޯޅައިން ބްރެޒިލްގެ ތަރި ޖީސަސް ދެ މަހަށް ސަސްޕެންޑުކޮށްފި

08 އޯގަސްޓު 2019
ބައިނަލްއަގުވާމީ ފުޓުބޯޅައިން ބްރެޒިލްގެ ތަރި ޖީސަސް ދެ މަހަށް ސަސްޕެންޑުކޮށްފި
03 އޯގަސްޓު 2019

ބައިނަލްއަގުވާމީ ފުޓުބޯޅައިން ތިން މަހަށް މެސީ ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

03 އޯގަސްޓު 2019
ބައިނަލްއަގުވާމީ ފުޓުބޯޅައިން ތިން މަހަށް މެސީ ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
12 އެޕްރީލު 2019

ފުރުސަތު އެބަހުރި، ބޭނުންނަމަ ފުޓުބޯޅައިން ކުރިއަށް ދެވޭނެ: ޝާލިއާ

12 އެޕްރީލު 2019
ފުރުސަތު އެބަހުރި، ބޭނުންނަމަ ފުޓުބޯޅައިން ކުރިއަށް ދެވޭނެ: ޝާލިއާ
07 ފެބުރުއަރީ 2019

ފުޓުބޯޅައިން އަންހެން ކަނބަލުން ކުރިއެރުވުމަށް މަސައްކަތް ކުރާނަން: އީވާ

07 ފެބުރުއަރީ 2019
ފުޓުބޯޅައިން އަންހެން ކަނބަލުން ކުރިއެރުވުމަށް މަސައްކަތް ކުރާނަން: އީވާ
29 މާރިޗު 2018

އިބްރަހިމޮވިޗް ނެތްތަން ޔުނައިޓެޑްއިން ދައްކާނެ: ޖޯންސް

29 މާރިޗު 2018
އިބްރަހިމޮވިޗް ނެތްތަން ޔުނައިޓެޑްއިން ދައްކާނެ: ޖޯންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު