Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖޯން ޓެރީ

ޖޯން ޓެރީ އެސްޓަން ވިލާއަށް ސޮއިކޮށްފި

ޓެރީ އެސްޓަން ވިލާ އަށް ސޮއިކުރީ އެއް އަހަރު ދުވަހަށް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 4 ޖުލައި 2017 | އަންގާރަ 14:16
ޗެލްސީއަށް ކުރިން ކުޅުނު ޖޯން ޓެރީ (ކ) އެސްޓަން ވިލާއަށް ސޮއިކުރުމަށްފަހު އެ ކްލަބުގެ މެނޭޖްމަންޓާއެކު

ޗެލްސީއަށް ކުރިން ކުޅުނު ޖޯން ޓެރީ (ކ) އެސްޓަން ވިލާއަށް ސޮއިކުރުމަށްފަހު އެ ކްލަބުގެ މެނޭޖްމަންޓާއެކު

ޗެލްސީއަށް ކުޅެމުން އައި އިންގްލޭންޑްގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ އެސްޓަން ވިލާއަށް ސޮއިކޮށްފިއެވެ.

ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންޝިޕް ކުޅޭ އެސްޓަން ވިލާއަށް ޓެރީ ބަދަލުވެފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓެރީ ހޯދުމަށް ތުރުކީގެ ގަލަސަތަރާއި، ވެސްޓްބްރޮމްވިޗް، ސްވެންސީ އަދި ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން މަސައްކަތްކޮށްފައިވާއިރު، އޭނާ ވަނީ ހުރިހާ ކްލަބެއްގެ ހުށަހެޅުންތައް ރިޖެކްޓްކުރުމަށްފަހު އެސްޓަންވިލާއަށް ބަދަލުވެފައެވެ.

އެސްޓަންވިލާއަށް ބަދަލުވުމަށްފަހު ޓެރީ ބުނީ އެ ކްލަބަކީ އޭނާ ވަރަށް ބަލައިގަންނަ ކްލަބެއް ކަމަށާއި، އެ ކްލަބުގައި ކޮލެޓީ ރަނގަޅު ކުޅުންތެރިން އަދި ރަނގަޅު ކޯޗެއް ހުންނަ ކަމަށެވެ. އެސްޓަންވިލާގެ ކޯޗަކީ ސްޓީވް ބްރޫސްއެވެ.

މީގެއިތުރުން ޓެރީ ބުނީ އެސްޓަންވިލާއަށް ބަދަލުވެވުމުން އޭނާ ވަރަށް ހިތްހަމަޖެހިފައިހުރި ކަމަށާއި، ރަނގަޅު ކާމިޔާބީތަކެއް އެ ކްލަބާއެކު ހޯދަން ކެތްމަދުވެފައި ހުރި ކަމަށެވެ.

ސްކައި ސްޕޯޓްސްއަށް މީގެކުރިން ދިން އިންޓަވިއުއެއްގައި 22 އަހަރަށްފަހު ފަހު ޗެލްސީ ދޫކޮށްލި ޓެރީ ބުނީ އޭނާ އެނބުރި ކައިރި މުސްތަގުބަލެއްގައި ވެމްބްލީ ސްޓޭޑިއަމުން ފެނިދާނެ ކަމަށާއި، އެހެންނަމަވެސް ދެން އޭނާ ފެންނާނީ ކޯޗެއްގެ ގޮތުގައި ކަމަށެވެ.

ޗެލްސީގެ ޖޫނިއަރ ޓީމުންފެށިގެން އެކުލަބާއިއެކު ޓެރީ ވަނީ ޖުމްލަ 22 އަހަރު އެޓީމުގައި ހޭދަކޮށްފައެވެ. ނޮޓިންގްހަމް ފޮރެސްޓަށް ލޯން އެއްބަސްވުމެއްގެ ދަށުން 2000 ވަނަ އަހަރު ދާންޖެހުނު ނަމަވެސް އެނޫން އެހެން ކުލަބަކަށް އޭނާ ކުޅެފައެއް ނުވެއެވެ.

ޗެލްސީގައި ހުނަރުން ފުރިފައިވާ ޒުވާން މޮޅެތި ކުޅުންތެރިން ތިބުމުން އެކުޅުންތެރިންނަށް ފުރުސަތު ދޭންޖެހޭ ކަމަށް ޓެރީ ބުންޏެވެ.

ޗެލްސީއަށް 2000 ވަނަ އަހަރު ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ޓެރީވަނީ އެޓީމަށް ޖުމްލަ 66 ލަނޑު ޖަހައިދީފައެވެ. އަދި ޗެލްސީ އާއި ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ޑިފެންޑަރަކީ ވެސް ޓެރީއެވެ.

ޗެލްސީއަށް ޓެރީ ކުޅުނު ޖުމްލަ 713 މެޗުގެ ތެރެއިން 578 މެޗު ކުޅެފައި ވަނީ ކެޕްޓަން ބޭންޑް އަޅައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބަދުވެސް ހިތް އޮންނާނީ ޗެލްސީގައި: ޓެރީ

އަބަދުވެސް ހިތް އޮންނާނީ ޗެލްސީގައި: ޓެރީ

18 އެޕްރީލު 2017
ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

17 އެޕްރީލު 2017
ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

03 އެޕްރީލު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު