Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކުޅިވަރު
ކުޅުންތެރިން

ފުރުސަތު އެބަހުރި، ބޭނުންނަމަ ފުޓުބޯޅައިން ކުރިއަށް ދެވޭނެ: ޝާލިއާ

އަލުން ފުޓުބޯޅަ ކުޅެންފެށީ ފަސްއަހަރުގެ މެދު ކެންޑުމަކަށްފަހު

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 12 އެޕްރީލު 2019 | ހުކުރު 14:37
ފާތުމަތު ޝާލިޔާ އެމްޕީއެލް ޖާޒީގައި

ފާތުމަތު ޝާލިޔާ އެމްޕީއެލް ޖާޒީގައި

ފުޓުބޯޅަ ކުޅުމަށް ޝައުގުވެރިވާ ކުދިންނަށް ތަމްރީނު ވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ބޭނުންނަމަ އެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހި ވެފައި ވާކަމަށް ޤައުމީ އަންހެން ފުޓުބޯޅަ ޓީމްގެ ކުޅުންތެރިއެއް ކަމަށްވާ ފާތިމަތު ޝާލިއާ ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން 28 އަހަރުގެ ޝާލިއާ ބުނީ ފުޓުބޯޅަ ކުޅުމަށް ޝައުގުވެރިވާ ކުދިންނަށް މީގެ 10 ވަރަކަށް އަހަރު ކުރިއަށް ބަލާނަމަ ކުރިއަށް ދިއުމުގައި ގިނަ ހުރަސްތަކެއް ހުރި ކަމަށެވެ. ހާއްސަ ގޮތެއްގައި މުޖުތަމައުގެ ގިނަ ބައެއްގެ ގަބޫލް ކުރުންތަކާއި ހަނގާ ކުރުންތަކުގެ ސަބަބުން ފުޓުބޯޅައަށް ޝައުގުވެރިވާ ގިނަ އަންހެން ކުދިންނަށް ފުޓުބޯޅަ ކުޅެން ނުކެރޭ ކަމަށެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އާއި ސްކޫލްތައް ގުޅިގެން ކުރިއަށް ގެންދެވުނު ފުޓުބޯޅަ މުބާރާތަކުން ފުޓުބޯޅަ ކުޅެންފެށި ޝާލިއާ ބުނީ، ރަށުގައި އެންމެ ފުރަތަމަ ފުޓުބޯޅަ ކުޅެފައިވަނީ އެއް އުމުރުފުރާގެ ފިރިހެން ކުދިންނާއެކު ކަމަށާއި، މީގެ 10 ވަރަކަށް އަހަރުކުރިން ރާއްޖޭގައި ފުޓުބޯޅަ ކުޅޭ އަންހެންކުދިން މަދުކަމުންނާއި، މުޖުތަމައުގައި ފުޓުބޯޅަ ކުޅޭ އަންހެން ކުދިން ލޭބަލް ކޮށްފައި އޮންނަ ގޮތުގެ ސަބަބުން ކުޅިވަރެއްގެ ގޮތުގައި ފުޓުބޯޅަ ކުޅެން އަންހެން ކުދިންނަށް ނުކެރޭ ކަމަށެވެ.

ޝާލިއާ ބުނީ، މިފަހަކަށް އައިސް ރާއްޖޭގައި އަންހެން ފުޓުބޯޅަ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ކުރިން ޓީމް ހަމަ ނުވެގެން އަންހެނުންގެ ފުޓުބޯޅަ މެޗު ނުކުޅެވިފައި އެބަހުރި ކަމަށެވެ. އެހެން ނަމަވެސް މިހާރު ފުޓުބޯޅައަށް ޝައުގުވެރިވާ ގިނަ އަދަދެއްގެ ކުދިން ފެނުމުން އެކަމާ އުފާ ކުރާ ކަމަށެވެ.

މިހާތަނަށް ޤައުމީ ފެންވަރެއްގައި ބޭއްވިފައިވާ ގިނަ މުބާރާތްތަކެއްގެ ގަދަ ފަސްވަނާގައި ހިމެނި، ޓޮޕް ސްކޯރާގެ މަގާމު ވެސް ހޯދާފައިވާ ޝާލިއާ ވަނީ، މި އަހަރު ނޭޕާލުގައި ބޭއްވި ސާފްވިމެން ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ވެސް ހިމެނި، ރަނގަޅު ކުޅުމެއް ދަައްކާފައެވެ. މުބާރާތުގެ ތަޖުރިބާ ހިއްސާ ކުރަމުން ޝާލިއާ ބުނީ، އެކަށީގެންވާ ތަމްރީނު ރާއްޖޭގެ ޓީމަށް ލިބޭނަމަ ބޭރުގެ ކުޅުންތެރިންނެކޭ ވެސް އެއްފަދައިން ކުޅުމުގެ ހުނަރު ހުރި ކުޅުންތެރިން ރާއްޖޭގައިވެސް އެބަތިބި ކަމަށެވެ.

ޒަވާޖީ ހަޔާތެއް ފަށައި، ވިހެއުމުގެ ސަބަބުން ފަސްއަހަރުގެ މެދު ކެންޑުމަކަށް ފަހު އަލުން އެންބުރި ޝާލިއާ ފުޓުބޯޅައަށް ނުކުތުމަށްފަހު ކްލަބް މޯލްޑިވްސް ކަޕްގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައި ވާއިރު އޭނާ ވަނީ، ވޭތުވެދިޔަ އަހަރު ތަކުގައި ކްލަބް މޯލްޑީވްސް ކަޕްގެ އަންހެން ބައިގެ ގަދަ ފަހެއްގެ ތެރޭގައި ހިމެނިފައެވެ. މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި މޯލްޑީވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޓީމުގައި އޭނާ އަންނަނީ ރަނގަޅު ކުޅުމެއްް ދައްކަމުންނެވެ.

ދިގު މުއްދަތަކަށް ފުޓުބޯޅަ އާއި ދުރުގައި ހުރުމަށްފަހު އެނބުރި އަންނަން ޖެހުނީ ފުޓުބޯޅަ އާއި ދުރުގައި ނުހުރެވިގެން ކަމަށާއި، "ފުޓުބޯލް އިޒް ލައިފް" ކަމަށް ޝާލިއާ ބުންޏެވެ. ފުޓުބޯޅަ ކުޅުމަށް ފިރިމީހާ އާއި އާއިލާގެ އިތުރުން ވުމަންސް ފުޓުބޯލް ކްލަބުގެ މެންބަރުންނާއި ފައުންޑަރސްގެ ފަރާތުން ހިތްވަރު ލިބޭ ކަމަށާއި، މަރިޔަމް މުހައްމަދު (މާޔަން) ކޯޗް އާއި އާމިރާ އަލީގެ ފަރާތުން އަބަދުވެސް ހިތްވަރު ލިބޭ ކަމަށް ޝާލިއާ ބުންޏެވެ.

ޝާލިއާގެ ވާހަކަ ނިންމާލަމުން އޭނާ ބުނީ، ޒަމާން ބަދަލު ވެއްޖެ ކަމަށާއި، ކުރިއަށް ދާން ބޭނުން ދާއިރާއަކުން ނުވަތަ ކުޅެން ބޭނުން ކުޅިވަރެއް ކުޅުމަށް ފަސްޖެހިގެން ނުވާނެ ކަމަށާއި، ޝައުގުވެރިވާ ކަމަކަށް ކެރިގެން ކުރިމަތި ލާންވާނެ ކަމަށް އޭނާ ބުންޏެވެ. މީހުން ދައްކާ ވާހަކަ އަޑު އަހަންވެއްޖެ ނަމަ ކުރިއެރުމެއް ނުލިބޭނެ ކަމަށާއި، ހިތްވަރުދީ ކުރިއެރުމަށް މަގުފަހި ކޮށްދޭ މީހުންގެ ބަސްއަހައިން ފަސްނުޖެހި "ގިވްއަޕް" ނުކޮށް ކުރިއަށް ދިއުމަށް ހުރިހާ ކުޅުންތެރިންވެސް އަދި ކުޅިވަރަށް ޝައުގުވެރިވާ ކުދިންވެސް އަޒުމު ކަނޑައެޅުން މިހިއްމު ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު