Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި އަންހެން ފުޓްބޯޅަ

ފުޓުބޯޅައިން އަންހެން ކަނބަލުން ކުރިއެރުވުމަށް މަސައްކަތް ކުރާނަން: އީވާ

" ދި ވުމަންސް ފުޓްބޯލް ކްލަބް " އިފްތިތާހް ކުރުން

މިއުނާ ހަސަން
މިއުނާ ހަސަން | 7 ފެބުރުއަރީ 2019 | ބުރާސްފަތި 05:09
ވުމަންސް ފުޓްބޯލް ކްލަބް އިފްތިތާހް ކުރުމުގެ ތެރެއިން

ވުމަންސް ފުޓްބޯލް ކްލަބް އިފްތިތާހް ކުރުމުގެ ތެރެއިން

ފުޓުބޯޅައިން އަންހެން ކަނބަލުން ކުރިއެރުވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރގައި " ދި ވުމަންސް ފުޓްބޯލް ކްލަބް " އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައެވެ.

ވުމަންސް ފުޓްބޯލް ކްލަބަކީ ރާއްޖޭގައި އަންހެން ފުޓުބޯޅަ ކުރިއެރުވުމުގެ އިތުރުން، އަންހެނުން ބާރުވެރި ކުރުވުމުގެ މަޤުސަދުގައި އުފެއްދި ކްލަބެކެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އީވާ އިތުރަށް ވިދާޅުވީ، ފުޓުބޯޅައަކީ ވެސް ސިޔާސީ އެއްޗެއް ކަމަށެވެ. ސަބަބަކަށް ވަނީ، އަންހެނުންނަށް ބަޖެޓު ލިބޭނީ ސިޔާސަތުތައް ބަދަލުވެގެން ކަމަށާއި، އަދި ސްކޫލް ތަކުގައި އަންހެން ކުދިންނަށް ފުޓްބޯޅަ ކުޅެން ފުރުސަތު ލިބުމާއި، އަންހެނުންނަށް ދަނޑުތައް ލިބޭނީވެސް ސިޔާސަތުތައް ބަދަލުވެގެން ކަމުގައި ވާތީ ކަމަށެވެ.

މެންބަރު އީވާ ވިދާޅުވީ، އުފެދިންގެން މިދިޔަ ކްލަބަކީ ފުޓްބޯޅަ ކުޅެން ބޭނުންވެ އެކި ސަބަބުތަކާއި ހުރެ ފުޓްބޯޅައަށް ނުނިކުމެވިފައި ތިބި އަންހެން ކަނބަލުންނަށް އެހީތެރިވެދޭ ކްލަބަކަށް ވުމެންސް ފުޓްބޯލް ކްލަބް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މަރިޔަމް މުހައްމަދު( މާޔަން)

ހަފްލާ ނިންމާލުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން، ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗް އަދި ކުރީގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން) ބުނީ، ކްލަބުގެ މައިގަނޑު މގްސަދަކީ އެކި ގޮތްގޮތުން ފުޓްބޯޅައާއި ގުޅިފައިތިބި އަންހެނުން އެއް ޕްލެޓް ފޯމެއްގައި ބޭތިއްބުމާއި، ރާއްޖޭގްއި ވީހާވެސްގިނަ އަންހެން ކުޅުންތެރިން އުފައްދާ އެ ކުޅުންތެރިންނަށް ގައުމީ ފެންވަރެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ވުމަންސް ލީގެއް ބޭވިގެން ދާނެ ކަމަށާއި، އެ ނޫން ވެސް އަންހެނުންނަށް ހާއްސަ ކުރެވިގެން މުބާރާތްތައް ރޭވިގެން ދާނެ ކަމަށް ވެސް މާޔަން ބުންޏެވެ. މީގެ އިތުރުންވެސް މާޔަން ބުނީ، ފުޓްބޯޅަ ކްލަބްތަކުގައި އަންހެން ފުޓްބޯޅަ އުފެއްދުމަށް ބާރު އަޅާނެ ކަމަށެވެ.

މާޔަން ވަނީ އޭއެފްސީ ވިމެންސް ކޮމެޓީގައި މަސައްކަތް ކުރުމުގެ އިތުރުން އެފްއޭއެމްގައި ވިމެންސް ފުޓުބޯޅަ ޑިވެލޮޕްމެންޓް އޮފިސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު