Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫގައި ހިންގި މާރާމާރީ

އައްޑޫގައި ހިންގި މާރާމާރީގައި ޒަޚަމްވި ޒުވާނާ މަރުވި ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް: އާއިލާ

ޑޮކްޓަރުން ވަނީ އުންމީދު ކަނޑާލާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 އޮކްޓޯބަރު 2018 | ހޯމަ 04:25
ޒަޚަމްވި އުމުރުން 22 އަހަރުގެ މުހައްމަދު އީވާން

ޒަޚަމްވި އުމުރުން 22 އަހަރުގެ މުހައްމަދު އީވާން

އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހޮނިހިރު ދުވަހުގެ ރޭ ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ހާލު ސީރިއަސްވި މުހައްމަދު އީވާން މަރުވި ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް އެ އާއިލާ އިން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އީވާންގެ އާއިލާ އިން ބުނީ އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށާއި އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ކުރި ނަމަވެސް ހާލު ސީރިއަސް ކަމުން ބަދަލު ނުކެރުވުނު ކަމަށެވެ. އޭޑީކޭ އިން ޑޮކްޓަރުން އައިޖީއެމް ހޮސްޕިޓަލަށް ގެނެސް އީވާންގެ އޮޕަރޭޝަން ފަށާފައިވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ. އާއިލާ އިން އިތުރަށް ބުނީ ޑޮކްޓަރުން އުންމީދު ކަނޑަލާފައިވާ ކަމަށެވެ. ޕުއްޕާމޭގެ އެއްފަޅިއަށް ވަރަށް ބޮޑަށް ލޭ އެޅިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.

Advertisement - newsAdvertisement

މަރަދޫ ފޭދޫއަށް އިވާން ދިޔައީ ރައްޓެހި ބަޔަކާ ބައްދަލު ކުރަން ކަމަށާއި މަރަދޫ ފޭދޫ ބޮޑުމަގުގައި ހުރި މިސްކިތެއް ކައިރީގައި އީވާން ހުއްޓާ 16 މީހުންގެ ގްރޫޕަކުން އޭނާ އަށް ހަމަލާދިން ކަމަށް އާއިލާ އިން ބުންޏެވެ. އަދި އެއީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއް ނޫން ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބް ވިދާޅުވެފައި ވަނީ އީވާންގެ ބުރަކަށްޓަށާއި، ކަރަށް އަދި ބޮލަށް ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައި ކަމަށެވެ. އޭނާގެ ފުއްޕާމެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މާރާމާރީގައި އިތުރު އެހެން މީހަކަށް ވެސް އަނިޔާވިއެވެ. އެކަމަކު އެ މީހާ އެހާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 17 އަހަރުގެ ކުޑަ ކުއްޖަކު ހުޅުމީދޫއަށް ދިއުމުން ކޯޓު އަމުރެއްގެ ދަށުން އެ ރަށުން އޭނާ ހައްޔަރުކޮށްފައިވާއިރު އަނެއް 5 މީހުން ހައްޔަރުކޮށްފައިވަނީ ފޭދޫ ގެއެއްގެ ތެރޭގައި ފިލާ ތިއްބާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ އުމުރުން 17 އަހަރުގެ ދެ ކުޑަކުދިންނާއި އުމުރުން 18 އަހަރުގެ މީހަކާއި އުމުރުން 22 އަހަރުގެ މީހެއްގެ އިތުރުން އުމުރުން 21 އަހަރުގެ މީހެކެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

މަރަދޫގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްތަކެއްވި ޒުވާނާ މަރުވެއްޖެ

19 މާރިޗު 2017
މަރަދޫގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްތަކެއްވި ޒުވާނާ މަރުވެއްޖެ
18 މާރިޗު 2017

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
11 މާރިޗު 2017

ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި

11 މާރިޗު 2017
ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު