Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިންތިހާބީ ރައީސް ސޯލިހަށް ކުރިއަށް އޮތީ އުދަނގޫ ދުވަސްތަކެއް!

ފަނޑިޔާރުގެ އިސްލާހްކުުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަންޖެހޭނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2018 | ހޮނިހިރު 13:34
ކެމްޕެއިން ޖަލްސާއެއްގެ ތެރޭގަައި އިބްރާހިމް މުހައްމަދު ސޯލިހް

ކެމްޕެއިން ޖަލްސާއެއްގެ ތެރޭގަައި އިބްރާހިމް މުހައްމަދު ސޯލިހް

ވެރިކަމުގެ ހުރިހާ އާރަކާއި ބާރެއް މުށު ތެރެއަށް ލައްވައިގެން ހުންނެވި އަބްދުﷲ ޔާމީންގެ މައްޗަށް އިންތިހާބެއްގައި ކުރި ހޯދުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ވައްކަމާއި އަނިޔާވެރިކަން އިންތިހާއަށް އޮތް، އަދި ހުދުމުތާރުކަން އިސްކުރެއްވި ވެރިިއެއްގެ ވެރިކަން ބަލިކުރެއްވުމަކީ ވަރަށް ވެސް ބޮޑު އަދި އެހާމެ އުދަނގޫ މަސައްކަތެކެވެ. ނަމަވެސް ހުރިހާ ކަމެއްގެ ތެރެއިން ވެސް އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެ ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. ބޮޑު ތަނުން ކާމިޔާބުކުރައްވައި، އަބްދުﷲ ޔާމީން ލަދުގަންނަވާލާފައެވެ.

ކޮންމެއަކަސް ދައްކަން މި އުޅެނީ އަބްދުﷲ ޔާމީން ބަލި ކުރިގޮތުގެެ ވާހަކައެއް ނޫނެވެ. އަބްދުﷲ ޔާމީން ކުރި އަނިޔާ އާއި، ވައްކަމާއި، ފުރައްސާރައިގެ ވާހަކައެއް ވެސް ނޫނެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށް ވުރެ އުދަނގޫ ކަންތައްތަކެއް ކުރިމަތީގައި އޮތް ވާހަކައެވެ.

އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާއަށް އިންތިހާބީ ރައީސް ސޯލިހް ވަޑައިގަންނަވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ރައްޔިިތުންގެ ކެންޑިޑޭޓެއްގެ ގޮތުގައި އިބްރާހީމް މުހައްމަދު ސޯލިހް އިންތިހާބު ކާމިޔާބުކުރެއްވީ ބޮޑެތި ވައުދުތަކަކާ އެކުއެވެ. އެންމެ ބޮޑު ވައުދެއްގެ ގޮތުން ރައްޔިތުންނަށް އަދުލު އިންސާފު ކަށަވަރުކޮށްދެއްވާނެ ކަމާއި، ހަމަހަމަ ކަމާ އެކު ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވާނެ ކަމަށް ވައުދުވިއެވެ. އެ ވައުދުތައް ފުއްދަން ކުރަންޖެހޭ މަސައްކަތަކީ އިންތިހާބު ކާމިޔާބުކުރުމަށް ކުރި މަސައްކަތްތަކަށް ވުރެ އުނދަގޫ މަސައްކަތަކެވެ.

ރައްޔިތުންނަށް އަދުލު އިންސާފު ކަށަވަރުކޮށްދިނުމަށް ކުރަންޖެހޭ އެންމެ މުހިންްމު މަސައްކަތަކީ ކޯޓުތައް އިސަލާހްކުރުމުގެ މަސައްކަތެވެ. ކޮރަޕްޝަނާއި ފާސާދައިގެ ތެރޭގައި ތިބެ އެއިރެއްގައި ސިޔާސީ މަސްރަހު އެނބުރޭ ކޮޅަކަށް ހުކުމް ކުރެއްވި ފަނޑިޔާރުންނާއި ގާޒީންތައް ނެރެ ފަނޑިޔާރު ގެތަށް ސާފުކުރުމަށް ކުރަންޖެހޭ މަސައްކަތެވެ.

އެހެން ގޮތަކަށް ބުނާ ނަމަ މުޅި ފަނޑިޔާރުގެ ދޮވެ ސާފުކުރަންޖެހޭނެއެވެ.

ފަނޑިޔާރު ގެތަށް ދޮވެ ސާފުކޮށް، ފަނޑިޔާރުންނަކީ ނަޒާހަތްތެރި، އިންސާފު ޤާއިމްކޮށްދޭ، އަދި މަދު ލާރިކޮޅަކަށް ނުވަތަ ދައްކާ ބިރަކަށް ހުކުމްތަކާާއި އަމުރުތައް ނެރުއްވާ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ތިބުން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގައި މަދު ބައެއްގެ ނުރުހުމާއި، ދުއްތުރާތައް އިންތިހަބީ ރައީސް ސޯހަށް ކުރިމަތިވާނެކަމީ ޔަޤީންވެ ކަށަވަރުވާ ކަމެވެ. އެ ސަބަބާ ހުރެ އެކަނިވެސް އެ މައްސަކަތަކީ ދަތި އަދި އެހާމެ އުދަނގު މަސައްކަތަކަށް ވާނެއެވެ.

ފަނޑިޔާރު ގޭގެ އިތުރުން ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް، އެ މުއައްސަސާއަށް އާންމުގެ އިތުރުބާރު ހޯދަން ކުރަންޖެހޭ މަސައްކަތަކީވެސް އެހާމަ ބޮޑު އަދި އުދަނގޫ މަސައްކަތަކަށްވާނެއެވެ. ސިޔާސީ ނުފޫޒުގެ ތެރެއިން ކަންތައްތައް ކުރަމުންދިޔަދިޔުން ބަދަލުކޮށް، އެ މުއައްސަސާއަކީ މިނިވަން އަދި ރައްޔިތުންނަށް އިތުބާރުކުރެވޭ ފަދަ މުއައްސަސާއަކަށް ހެދުމަށް ފުލުހުންގެ ތެރެއަށް ވެސް އިންތިހާބީ ރައީސަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ޖެހިވަޑައިގަންނަވާނެ އެވެ.

މިނިވަން މުއައްސަސާތައް އިސްލާހްކޮށް، އެ ތަންތަން ހަރުދަނާކޮށް، ސަރުކާރުގެ ކުންފުނިތަކާއި، އިދާރާތައް ހަރުދަނާކުރުމުގެ މަަސައްކަތަކީ ވެސް ކުުޑަަ މަސައްކަތަށް ނުވާނެއެވެ. އެ ހުރިހާ ކަމަކީ ވެސް އިންތިހާބީ ރައީސް ސޯލިހްގެ ސަރުކާރަކުން ކުރަންޖެހޭނެ ބޮޑެތި އަދި އެހާމެ އުދަނގޫ ކަންތައްތަކަކަށް ވާނެއެވެ.

އުފާފާޅުކުރުމުގެ ހަރަކާތެއްގައ އިންތިހާބީ ރައީސް ސޯލިހް ބައިވެރިވެވަޑައިގެން -- ފޮޓޯ: ރާއްޖެ.އެމްވީ

އެ ކަންތައްތަކުގެ އިތުރުން އާ ރައީސަށް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ އެކި ފިކުރުތަކުގެ މައްޗަށް އޮތް ކޯލިޝަން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްގެންދިޔުމުގެ މަސައްކަތެވެ. ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ކޯލިޝަން އެއް ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމުގެ މަސައްކަތެވެ. އެ މަސައްކަތަކީ ވެސް އިންތިހާބީ ރައީސް ސޯލިހްގެ ސަރުކާރަކާ ކުރިމަތިވާނެ ބޮޑު މަސައްކަތަކަށް ވާނެއެވެ. ނަމަވެސް އިންތިހާބީ ރައީސް ސޯލިހަކީ ހިކުމަތްތެރިކަމާ އެކު އަމަލުކުރައްވާ ބޭފުޅަަކަށްވާއިރު، އެ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނެކަމާ މެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތެވެ.

މި ހުރިހާ ކަމެއްގެ އިތުރުން ޤައުމު އެކަތިގަނޑަކަށް ހަދައި، އެއްބައިވަންތަ ބަޔަކަށް ހެދުމަށްް ވެސް އާ ސަރުކާރަކުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ. ވީދިފައިވާ އިޖުތިމާއީ ފޭރާން ހެޔޮވަރުކޮށް، ދިވެހިވަންތަ މުޖުތަމައުއެއް ޤާއިމްކުރުމަކީ ވެސް ހުރިހާ ކަމެއްގެ ތެރެއިން އިންތިހާބީ ރައީސް ސޯލިހްގެ ސަރުކާރަކުން ކުރަންޖެހޭނެ ކަންތައްތަކެވެ.

އެހެންކަމުން ކޮންމެ ގޮތަކަށް ބެލި ނަމަވެސް ކުރިއަށް އޮތީ އިންތިހާބީ ރައީށް ސޯލިހަށް އުދަނގޫ ދުވަސްތަކެކެވެ. ގިނަ މަސައްކަތްތައްކައް ކުރައްވަންޖެހިވަޑައިގަންނަވާނެ ދުވަސްތަކެވެ. ރައްޔިތުންނަށް އަނިޔާވެރިވި މީހުންނާއި، ރައްޔިތުންގެ ފައިސާ ބޭނުންކޮށް، އޭގެން މަންފާ ލިބުނު މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ ބުރަ މަސައްކަތްތައް ކުރުމެވެ.

ކުރިމަތިވާ ހުރިހާކަމެއްގެ ތެރެއިން އިންތިހާބީ ރައީސް ސޯލިހަށް ވެރިކަން ކުރެއްވުމަކީ މާފަސޭހަ ކަމަކަށް ވެސް ނުވާނެއެވެ. ނަމަވެސް ކޮންމެ އުދަނގުލެއްގައި ވެސް އެމަނިކުފާނަކީ މަޑުމައިތިރިކަމާ އެކު ހިކުމަތްތެރިކަން އިސްކުރާ ބޭފުޅެއްކަން އޮތީ ފެންނާށެވެ. މިހާތަނާ ޖެހެންދެން ކޯލިޝަން އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ވެސް އެމަނިކުފާނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު