Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސިދާތު އާއި އާލިއާ އެކުގައި ސްކްރީނަށް ގެނެވޭނީ އެންމެ މީހަކަށް!

އެކަން ކުރެވޭނީ ކަރަން ޖޯހަރު އަށް ކަމަށް ސިދާތް ވަނީ ބުނެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 6 އޮކްޓޯބަރު 2018 | ހޮނިހިރު 14:02
ސިދާތް މަލޯތްރާ އާއި އާލިއާ ބަޓް

ސިދާތް މަލޯތްރާ އާއި އާލިއާ ބަޓް

ބޮލީވުޑްގެ ތަރި ސިދާތު މަލޯތްރާ އާއި އާލިއާ ބަޓް އެކުގައި ސްކްރީނަށް ގެނެވޭނީ އެންމެ މީހަކަށް ކަމަށް ސިދާތު ބުނިފިއެވެ.

ފިލްމް ފެއަރ އަށް ދިން އިންޓަވިއު އެއްގައި ސިދާތު ބުނެފައި ވަނީ އޭނާ އާއި އާއިލާ އެކުގައި ފިލްމަކުން ފެނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ. އެކަން ވާން އޮތީ ރަނގަޅު ސްކްރިޕްޓަކާއި ކަރަން ޖޯހަރު ފަދަ ޑައިރެކްޓަރަކަށް ކަމަށް ސިދާތު ވަނީ ބުނެފައެވެ. އަދި އެކަން ކުރެވޭނީ ކަރަން އަށް ކަމަށް ސިދާތު ބުނެއެވެ.

ނަމަވެސް މިވަގުތު ކަރަން ދަނީ "ތަޚްތު" ގެ މަސައްކަތް ކުރަމުން ކަމަށާއި، ކޮންމެ މީހަކު ވެސް އެ މީހެއްގެ މަސައްކަތުގައި ދަނީ އަވަދިނެތި އުޅެމުން ކަމަށް ސިދާތު ބުނެފައި ވެއެވެ.

ސިދާތު އާއި އާލިއާ ވަނީ ކުރިން ޑޭޓް ކޮށްފައެވެ. ނަމަވެސް މިހާރު ސިދާތު އާއި ކިއާރާ އަދްވާނީ ގުޅުމެއް ބާއްވަމުން ދާ ކަމަށް ޚަބަރުތައް ބުނެއެވެ.

ސިދާތު އާއި އާލިއާ އަދި ވަރުން ދަވަން ބޮލީވުޑަށް ތަޢާރަފް ވެފައި ވަނީ ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ. އާލިއާ މިވަގުތު ދަނީ އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެކު "ބްރަމާސްތްރާ" ގެ މަސައްކަތްތައް ކުރަމުންނެވެ. ސިދާތު އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ޕަރިނީތީ ޗޯޕްޅާއާ އެކު "ޖަބަރިޔާ ޖޯޅީ" އިންނެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

"ޖައްގާ ގާސޫސް" ޕްރޮމޯޓް ކުރުމުގައި ރަންބީރާއި ކެޓްރީނާ އެކުގައި ބައިވެރިވަނީ

05 މާރިޗު 2017
"ޖައްގާ ގާސޫސް" ޕްރޮމޯޓް ކުރުމުގައި ރަންބީރާއި ކެޓްރީނާ އެކުގައި ބައިވެރިވަނީ
02 މާރިޗު 2017

އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

02 މާރިޗު 2017
އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު