Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުވާ ކުރެއްވުން

އިބޫ ހުވާ ކުރެއްވުން ގަލޮޅު ދަނޑުގައި

އެ ރަސްމިއްޔާތު އިންތިޒާމް ކުރާނީ ބައިވެރިވާން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް ބައިވެރިވެނޭނެ ހެން

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 5 އޮކްޓޯބަރު 2018 | ހުކުރު 04:26
ޖަލްސާއެއްގައި އިބޫ ވާހަކަ ދައްކަވަނީ

ޖަލްސާއެއްގައި އިބޫ ވާހަކަ ދައްކަވަނީ

ނިމިދިޔަ ސެޕްޓެމްބަރު މަހުގައި ބޭއްވި ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ބާއްވަން ހަމަޖެހިފައިވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އިބޫ ހުވާ ކުރެއްވުމުގެ ކަންކަން ބަލަހައްޓާ ކޮމިޓީގެ ވެސް ޗެއާމަން ހަސަން ލަތީފް ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުޚީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ގަލޮޅު ދަނޑުގައި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ނިންމީ ވީހާވެސް ގިނަ ރައްޔިތުންނަށް އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ކަމަށެވެ. އަދި އެ ރަސްމިއްޔާތު އިންތިޒާމް ކުރާނީ ބައިވެރިވާން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް ބައިވެރިވެވޭނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"މި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅު ކޮންމެ ބޭފުޅަކަށް އިރާދަކުރެއްވިއްޔާ ބައިވެރިވެވޭ ކަހަލަ ގޮތަކަށް އަޅުގަނޑުމެން އިންތިޒާމް ކުރާނަން އެ ރަސްމިއްޔާތު"

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރުގެ ގިނަ ފަރާތްތަކަށް ދައުވަތު އަރުވާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ. އޭގެ ތެރޭގައި ގައުމުތަކުގެ ރައީސުން ހިމެނޭ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ހިމެނޭ އެކިއެކި ދައުލަތްތަކުގެ އެންމެ އިސް ވެރިން ވެސް އިނގޭތޯ! ހެޑް އޮފް ސްޓޭޓް ވެސް ހިމެނޭ. އަދި ހަމަ އެއާ އެކީގައި ފޮރިން މިނިސްޓަރުންނާއި ބޭރުގެ މިޝަންތަކުގެ އެންމެ އިސްކޮށް ތިއްބަވާ ބޭފުޅުން، އެމްބެސެޑަރުންނާއި ހައި ކޮމިޝަނަރުން"

ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާން ދައުވަތު ފޮނުވާނީ ކޮންއިރަކުންތޯ ބައެއް ގައުމުތަކުން މިހާރުވެސް އޮޅުންފިލުވަމުން ދާކަމަށާއި އިރާދަކުރެއްވިއްޔާ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ ފަރާތްތަކަށް، ފެށޭ ހަފްތާގައި ދައުވަތު ފޮނުވާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އޭގެ ތެރޭގައި ރާއްޖެއާ ސިޔާސީ ގުޅުން ގާއިމް ކޮށްފައިވާ 150 ގައުމު ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާ މި އަހަރު 50 އަހަރު ފުރޭއިރު، އިބޫގެ ހުވާކުރެއްވުން ވެގެންދާނީ ތާރީޚުގައި ވެސް އާންމު ރައްޔިތުންނަށް ހުޅުވާލެވިގެން ދިވެހިރާއްޖޭގެ ރައީސަކު ހުވާކުރައްވާ ފުރަތަމަ ފަހަރަށެވެ. މި ރަސްމިއްޔާތުގައި އިބޫ އެންމެ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ބައިވެރިވެވަޑައިގަތުމަށް ވަނީ ދައުވަތު ދެއްވައިފަ އެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ގާސިމް ހައްޔަރުކުރުމަކީ އަމިއްލަފުޅު ވެރިކަން ހަތިމްކުރެއްވުން: އަމީން

07 އެޕްރީލު 2017
ގާސިމް ހައްޔަރުކުރުމަކީ އަމިއްލަފުޅު ވެރިކަން ހަތިމްކުރެއްވުން: އަމީން
30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
29 މާރިޗު 2017

ސަރުކާރު މިވަނީ ގޮތް ހުސްވެފައި: އިބޫ

29 މާރިޗު 2017
ސަރުކާރު މިވަނީ ގޮތް ހުސްވެފައި: އިބޫ
27 މާރިޗު 2017

ޖަލްސާ ފެށުނީއްސުރެ ސިސްޓެމްގައި ވަނީ މައްސަލަ ޖެހިފައި: އިބޫ

27 މާރިޗު 2017
ޖަލްސާ ފެށުނީއްސުރެ ސިސްޓެމްގައި ވަނީ މައްސަލަ ޖެހިފައި: އިބޫ
26 މާރިޗު 2017

މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި

26 މާރިޗު 2017
މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު