Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް ޕޮލިހަށް

ސަރުކާރު މިވަނީ ގޮތް ހުސްވެފައި: އިބޫ

އަޅުގަނޑުމެން ޖެހިލުންވާ އެއްވެސް ކަމެއް ނެތް:އިބޫ

ރާއްޖެ އެމްވީ | 29 މާރިޗު 2017 | ބުދަ 21:47
އިބްރާހިމް މުހައްމަދު ސޯލިހް

އިބްރާހިމް މުހައްމަދު ސޯލިހް

އިދިކޮޅު ހުރިހާ ފަރާތްތައް އެއްގަލަށް އަރައި އިސްލާހީ މަސައްކަތްތައް ފެށުމާ އެކު، ސަރުކާރު ގޮތް ހުސްވެފައިވާ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބުދަ ދުވަހުގެ ރޭ ޕޮލިހަށް ހާޒިރުކުރެއްވިއިރު، ގާސިމާއެކު އެ ސަރަހައްދަށް ވަޑައިގެން ހުންނަވައި އިބޫ ވިދާޅުވީ "މިއަދު އަނެއްކާ ވެސް މި ފެންނަނީ މި ސަރުކާރުން ގޮތް ހުސްވެ، ހަދާނެ ގޮތް ހުސްވެގެންދާ ތަން" ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ، އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަނބުރާ ޖަލަށް ގެންދެވީ ވެސް، ގޮތް ހުސްވެގެން ކަމަށާއި ގާސިމާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ސިޔާސީ ބޭފުޅުން ޕޮލިހަށް ހާޒިރު ކުރަނީ ވެސް ގޮތް ހުސްވެގެން ކަމަށް އިބޫ ވިދާޅުވި އެވެ.

މިފަދަ ހުރަސްތައް ކުރިމަތިކުރިޔަސް އިބޫ ވިދާޅުވީ ޖެހިލުންވާ އެއްވެސް ކަމެއް ނެތް ކަމަށާއި މީހުން ހައްޔަރު ކުރިޔަސް އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

"އަޅުގަނޑުމެން ޖެހިލުންވާ އެއްވެސް ކަމެއް ނެތް، އަޅުގަނޑުމެން މިތިބީ ފާޅުގައި އެންމެން އެކުގައި. ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރުގެ ވައްކަން ހާމަކުރަން އެކުގައި މަސައްކަތް ކުރާނަން،" އިބޫ ވިދާޅުވި އެވެ.

"ކޮންމެ ތަނަކަށް ހާޒިރުކުރިޔަސް، ހައްޔަރު ކުރިއަސް މި މަސައްކަތް ހުއްޓައި ނުލާނަން. މި މަސައްކަތް އޮތީ ޕްލޭންކުރެވިފައި."

އެކުގައި މަސައްކަތްކޮށް، މަޖިލީހުގެ އަޣުލަބިއްޔަތު ނަގައި، ދައުލަތް ވަރަށް އަވަހަށް ހަމަ މަގަށް އަޅުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، ސިޔާސި ބޭފުޅުން އެކި ތުހްމަތުތަކުގައި ޕޮލިހަށް ދަނީ ހާޒިރު ކުރަމުންނެވެ.

ބުދަ ދުވަހުގެވރޭ ޖުމްހޫރީ މައިދާނު ސަރަހައްދުގައި ހުންނަވައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވެސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވެސް ވިދާޅުވީ ސަރުކާރު ގޮތް ހުސްވެފައިވާ ކަމަށެވެ.

"ގާސިމް ހުންނެވީ ނުގުޑާފަދަ އަޒުމެއްގައި" ހުސައިން ރަޝީދު ވިދާޅުވި އެވެ.

އިމްތިޔާޒު ވިދާޅުވީ ވެރިއެއްގެ އެންމެ މުހިންމު ބޭނުމަކީ ހަމަޖެހުން ގާއިމު ކުރުން ކަމަށާއި އެކަން ރައީސް އަބްދުﷲ ޔާމީނަށް ނުކުރެއްވުނު ކަމަށެވެ. ގައުމަށް ހަމަޖެހުން ނުގެންނެވުނުއިރި، އަމިއްލަފުޅު ޕާޓީ، ޕީޕީއެމްއަށް ވެސް ހަމަޖެހުން ނުގެނެވުނު ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު