Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިބޫ ބައްދަލުކުރަން އެންމެ ބޭނުންފުޅުވާ އިމްރާންޚާން ރާއްޖެވަޑައިގަތުމަށް ދައުވަތު އަރުވައިފި

5 އޮކްޓޯބަރު 2018 | ހުކުރު 14:38

އިބޫ އެންމެ ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތަކީ އިމްރާންޚާން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 5 އޮކްޓޯބަރު 2018 | ހުކުރު 14:38
އިބްރާޙިމް މުހައްމަދު ސޯލިހު އެ މަނިކުފާނުގެ ސަޕޯޓަރުންނާއި ސަލާމްކުރައްވަނީ

އިބްރާޙިމް މުހައްމަދު ސޯލިހު އެ މަނިކުފާނުގެ ސަޕޯޓަރުންނާއި ސަލާމްކުރައްވަނީ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަށް ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު އަރުވައިފިއެވެ. ޕާކިސްތާނު ޓުޑޭގައި ރިޕޯރޓްކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު ޕާކިސްތާނުގެ ރައީސް އިމްރާހް ޚާން އަށް ފޯނުން ގުޅުއްވައި އިބޫ ވަނީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ. ޕާކިސްތާނު ޓުޑޭގައި ބުނެފައި ވަނީ އިބޫގެ ފޯންކޯލްގައި ދެ ފަރާތަށް ވެސް އެއްބަސްވެވޭ ތާރީޚެއްގައި ރާއްޖެ ވަޑައިގަތުމަށް އިބޫ އިމްރާން ޚާންގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށާއި އަދި އެ ދައުވަތު އިމްރާން ޤަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުން އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށް އިމްރާން ޚާން މަރްހަބާ ދަންނަވާފައިވާ ކަމަށާއި، އިބޫގެ ޒައާމަތުގައި ދެ ޤައުމުގެ ދާޚިލީ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އިމްރާން ވިދާޅުވެފައިވާ ކަމަށް ޕާކިސްތާނު ޓުޑޭގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެނޫހުގައި އިތުރަށް ބުނެފައި ވަނީ އިބޫގެ ޒައާމަތުގައި ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އިމްރާން ޚާން ވިދާޅުވެފައިވާ ކަމަށެވެ. ދެ ލީޑަރުން ވެސް ވަނީ ރާއްޖެ އާއި ޕާކިސްތާނާއި ދެ ޤައުމުގައި އޮތް ދާޚިލާ ގުޅުމާއި، އޮތް ރަހްމަތްތެރިކަމުގެ ގުޅުން ދެ ބޭފުޅުންގެ ވެރިކަމުގެ ޒައާމަތުގައި އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ޕާކިސްތާނު ޓުޑޭގައި ވަނީ ބުނެފައެވެ.

އިބޫ ކެމްޕެއިން ދަތުރުފުޅެއްގައި އެ މަނިކުފާނުގެ ސަޕޯޓަރުންނާއި ސަލާމްކުރައްވަނީ

ރައީސް ކަމަށް އިންތިޚާބު ވެވަޑައިގަތުމުގެ ކުރިން ރާއްޖެޓީވީގެ "އިބޫ" ޕްރޮގްރާމްގައި އެ މަނިކުފާނު އެންމެ ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތަކީ ކޮބައިތޯ ސުވާލު ދެންނެވުމުން "އިބޫ" ވިދާޅުވެފައި ވަނީ އެ މަނިކުފާނު އެންމެ ބައްދަލު ކުރައްވަން ބޭނުންފުޅު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އާއި ކަމަށެވެ. ކްރިކެޓްގެ ތެރެއިން ސިޔާސީ ދާއިރާއަށް އިމްރާން ޚާން ވެންނެވި ގޮތް އެނގިލައްވަން ބޭނުންފުޅުވާ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މީގެ ދެ އަހަރު ކުރިން އިމްރާން ޚާންއާ ގުޅޭ ގޮތުން ލިޔުއްވާފައިވާ ބައޮގްރަފީ ވިދާޅުވި ކަމަށާއި، ސިޔާސީ މައިދާނަނަށް ނުކުންނެވުނު ގޮތާއި އަމިއްލަފުޅު ދިރިއުޅުން ރޫޅިގެން ދިޔަ ގޮތާއި، ދޫނުކޮށް ސިޔާސީ ދާއިރާއިން ކުރިއަށް ވަޑައިގަތުމަށް އިމްރާން ޚާން ކުރެއްވި މަސައްކަތްޕުޅު އެ ލިޔުމުން އެނގިވަޑައިގެންނެވި ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ދާއިރާގައި ހުއްޓުމެއް ނެތި ކުރެއްވި މަސައްކަތްޕުޅުން އިމްރާން ޚާން އަށް ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުނީ 22 އަހަރު ފަހުން މި އަހަރުގެ އޮގަސްޓްމަހުގެ 18 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ފެއިލްވެއްޖެ ކަމަކަށް ގަބޫލެއް ނުކުރަން، ދެން ވަންނާނީ ފެންނަ ގޮތަށް: އިބޫ

10 އެޕްރީލު 2017
ފެއިލްވެއްޖެ ކަމަކަށް ގަބޫލެއް ނުކުރަން، ދެން ވަންނާނީ ފެންނަ ގޮތަށް: އިބޫ
07 އެޕްރީލު 2017

ރައީސް ޔާމީނަކީ ގަދަ ބާރުން ކަންތައް ކުރައްވަން އާދަވެފައި ހުރި ބޭފުޅެއް: އިބޫ

07 އެޕްރީލު 2017
ރައީސް ޔާމީނަކީ ގަދަ ބާރުން ކަންތައް ކުރައްވަން އާދަވެފައި ހުރި ބޭފުޅެއް: އިބޫ
07 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ

07 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ
30 މާރިޗު 2017

މަހުލޫފްގެ މައްސަލަ މި ދަނީ ތަޙްގީގްކުރަމުން، ބައްދަލުކުރަންޖެހިންޖެ ނަމަ އެކަން ކުރާނަން: އެޗްއާސީއެމް

30 މާރިޗު 2017
މަހުލޫފްގެ މައްސަލަ މި ދަނީ ތަޙްގީގްކުރަމުން، ބައްދަލުކުރަންޖެހިންޖެ ނަމަ އެކަން ކުރާނަން: އެޗްއާސީއެމް
30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
29 މާރިޗު 2017

ސަރުކާރު މިވަނީ ގޮތް ހުސްވެފައި: އިބޫ

29 މާރިޗު 2017
ސަރުކާރު މިވަނީ ގޮތް ހުސްވެފައި: އިބޫ
27 މާރިޗު 2017

ޖަލްސާ ފެށުނީއްސުރެ ސިސްޓެމްގައި ވަނީ މައްސަލަ ޖެހިފައި: އިބޫ

27 މާރިޗު 2017
ޖަލްސާ ފެށުނީއްސުރެ ސިސްޓެމްގައި ވަނީ މައްސަލަ ޖެހިފައި: އިބޫ
26 މާރިޗު 2017

މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި

26 މާރިޗު 2017
މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް