Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހުލޫފް

މަހުލޫފްގެ މައްސަލަ މި ދަނީ ތަޙްގީގްކުރަމުން، ބައްދަލުކުރަންޖެހިންޖެ ނަމަ އެކަން ކުރާނަން: އެޗްއާސީއެމް

މަހުލޫފަށް އެކަށީގެންވާ ސިއްހީ ފަރުވާއެއް ނުދޭ ކަމަށް ވެސް ބުނޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 30 މާރިޗު 2017 | ބުރާސްފަތި 13:47
ހިއުމަން ރައިޓް ކޮމިޝަންގެ މެމްބަރު ޝިފާގް މުފީދު

ހިއުމަން ރައިޓް ކޮމިޝަންގެ މެމްބަރު ޝިފާގް މުފީދު

މާފުށީ ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ، އޭނާގެ އިނާޔަތްތައް ކަނޑާލާފައި ވާތީ އެ މައްސަލަ ތަޙްގީގް ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.

މަޚުލޫފްގެ އިނާޔަތްތައް ކަނޑާލި މައްސަލަ ބުރާސްފަތި ދުވަހު އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ހުށައެޅީ މަހުލޫފްގެ އަނބިކަބަލުން ނަޒުރާ ނަސީމެވެ. މައްސަލަ ހުށައެޅުމަށް ފަހު ހިއުމަން ރައިޓްސް ކޮމިޝަނުންގެ މެމްބަރުންނާއި އެކު އެކިމިޝަނުގައި ބޭއްވި ބައްދަލުވުމުގައި މަހުލޫފްގެ ވަކީލެއްގެ ގޮތުގައި މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ބައިވެރިވަޑައިގެންފައެވެ.

މި ބައްދަލުވުމަށް ފަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހިއުމަން ރައިޓް ކޮމިޝަންގެ މެމްބަރު ޝިފާގް މުފީދު ވިދާޅުވީ މަހުލޫފްގެ އިނިޔާއްތައް ކަނޑާލާފައިވާ ކަމަށް ބުނާ މައްސަލާގައި އެ އާއިލާގެ ހުރި ކަންބޮޑުވުންތަށް އެކޮމިޝަނަން ހިއްސާކުރި ކަމަށެވެ. އަދި މީގެ ކުރިން މަހުލޫފްގެ ފަރާތުން އެކޮމިޝަނުން ހުށައަޅާފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަސްވަރާ ކުރެވުނު ކަމަށް ޝިފާގް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކޮމިޝަނުން މައްސަލަތައް ބަލާ އުސޫލުން މަހުލޫފްގެ މައްސަލަ ވެސް ބަލާނެ ކަމަށެވެ. އަދި މަހުލޫފްގެ އާއިލާގެ ފަރާތުން ހުށައެޅި މައްސަލަ އެ ކޮމިޝަންގެ މެމްބަރުންނާއި މަޝްވަރާކުރުމަށް ފަހު އެ މައްސަލާއި ގުޅޭ ގޮތުން މަހުލޫފާ ބައްދަލުކުރަން ޖެހިއްޖެނަމަ އެކަން ވެސް އޮންނަ އުސޫލުގެ ދަށުން ކުރާނެ ކަމަށް ޝިފާގް ވިދާޅުވިއެވެ.

"ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު، ހުށައެޅި ހުށައެޅުންތައް ދިރާސާ ކޮށްފަ، އެކަހަލަ ކަމެއް ފާހަގަ ކުރެވޭ ނަމަ އަޅުގަނޑުމެން ހަމަ އެޓެންޑް ވާނެ، އެއީ ވިޒިޓްކޮށްގެން ކުރަންޖެހޭ ކަމެށް ކަމަށް ވާނަމަ ، އެކަން ވެސް އަޅުގަނޑުމެން ކުރާނަން" ޝިފާގް މުފީދު ވިދާޅުވިއެވެ.

ނަޒުރާ ނަސީމް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންނާ އެކު ކުރިއަށްދިޔަ ބަންދަލުވުމުގައި އެ މައްސަލަހަތަށް ތަޙްގީގް ކުރާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް ދިން ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަލުގެ ގަވާއިދުތަކާ ޚިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅާ އުސޫލުން މަޚުލޫފާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި މަޚުލޫފްގެ އިނާޔަތްތައް ކަނޑާލާފައިވާކަން ކަރެކްޝަނުގެ އޮފިޝަލް ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް، މަޚުލޫފް އެކަހެރިކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އިމްތިޔާޒު ވިދާޅުވި ގޮތުގައި ޤާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ޤާނޫނީ ވަކީލެއް އައްޔަނުކޮށް، މަސައްކަތްކުރުމުގެ ހައްޤު ކަށަވަރުކޮށްދީފައި ވީނަމަވެސް މަހުލޫފަށް އެ ހައްޤު ވެސް ނުދޭ ކަމަށެވެ. އަދި މަހުލޫގެ ގާނޫނީ ވަކީލުންގެ ގޮތުގައި ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލާއި، ގާނޫނީ ވަކީލް ހިސާން ހުސެއިން އަދި އޭނާގެ ނަން ކަރެކްޝަން ސާވިސް އަށް ހުށައެޅިތާ މަސް ދުވަސް ވެގެން ދިޔައިރު ގާނޫނީ ވަކީލުންގެ ގޮތުގައި އެބޭފުޅުން އަންޔަން ކޮށްފައި ނުވާ ކަމަށެވެ.

އިމްތިޔާޒު ވިދާޅުވީ މަހުލޫފަށް ސިއްހީ ފަރުވާ ދިނުމަށް ވެސް ސަރުކާރުން ހުރަސްއަޅަމުންގެންދާ ކަމަށެވެ. އަދި މަހުލޫފުގެ ސިއްހީ ހާލު އެއްދުވަހަށް ވުރެ އަނެއް ދުވަސް ގޯސްވަމުން އަންނަ ކަމަށް އެނާ ވިދާޅުވިއެވެ.

މަހްލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް މިދިޔަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ. އޭނާ މިހާރު ހުކުމް ތަންފީޒު ކުރަމުން ގެންދަވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކުރި ހުކުމެވެ. މަހްލޫފް މިނިވަން ވާނީ އަންނަ ޖޫން މަހުގެ ކުރީކޮޅުގަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު