Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

ގުޅިފައިވާ ޕާޓީތަކުގެ އިންޒާރު: މަސީހު އިސްތިއުފާ ދެއްވާ. ނޫނީ ބޭރު ކުރާނަން

3 އޮކްޓޯބަރު 2018 | ބުދަ 13:16

މެމްބަރުންގެ ގޮނޑި ގެއްލޭ ޤާނޫނާއި އަބުރުގެ ޤާނޫން އުވާލަން މާދަމާ މަޖިލީހަށް ހުށަހަޅާނަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 3 އޮކްޓޯބަރު 2018 | ބުދަ 13:16
ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް: މަޖިލިސް ތެރެިން ކަންކަން ކުރަން ފަށާނަން

ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް: މަޖިލިސް ތެރެިން ކަންކަން ކުރަން ފަށާނަން | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުއަށް އޮތީ ރީތި ގޮތުގައި އަމިއްލައަށް އިސްތިއުފާ ދެއްވުން ކަމަށާއި ނޫނީ އިތުބާރު ނެތް ކަމަށް ނިންމައި މަޖިލީހުގެ ރިޔާސަތުން ބޭރު ކުރައްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހު މ ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ ރައްޔިތުންނަށް ޓަކައި ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ވަރަށްގިނަ މަސައްކަތް އެބަހުރި ކަމަށާއި އެކަމަށްޓަކައި މަޖިލީހުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށަން ބޭނުންވާ ކަމަށެވެ. އެގޮތުން އެކަން ކުރުމަށްޓަކައި ފުރަތަމަ ވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަދަލު ކުރައްވާނެ ކަމަށާއި މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުން ނޫން ޗޮއިސްއެއް މަސީހުއަކަށް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ރިޔާޒް ވިދާޅުވީ މަސީހުއަކީ ސިޔާސީ ބޭފުޅެއްކަމަށާއި އިސްތިއުފާ ނުދެއްވައިފިނަމަ ދެންވާނެގޮތް ރަނގަޅަށް އެނގިވަޑައި ގަންނަވާނެ ކަމަށެވެ. އަދި އިސްތިއުފާ ނުދެއްވައިފިނަމަ މަޖިލީހުގެ ޤަވާއިދު ތަކުގެ ތެރެއިން މަސީހުގެ އިތުބާރު ނެތް ކަމަށް ނިންމައި ރައީސް ކަމުން ދުރުކުރައްވާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާމަނިކު ހުންނެވީ މަޖިލިސް ފެށުމަށް އެއްބާރުލުން ދެއްވަންކަން ފާހަގަ ކުރައްވަމުން ރިޔާޒް ވިދާޅުވީ މަޖިލީހުގެ މަސައްކަތް ލަސްނުކުރައްވާ ފަށްޓަވާނެ ކަމަށެވެ.

ރިޔާޒް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮތް އެންޓި ޑިފެކްޝަން ޤާނޫނާއި ނޫސްވެރިން ތަޅުއަޅުވާ އަބުރުގެ ޤާނޫން އުވާލަން ބުރާސްފަތި ދުވަހު މަޖިލީހަށް ވައްދާނެ ކަމަށެވެ. އެއާއެކު ޕީޕީއެމްގައިތިއްބެވި އިސްލާހަށް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ މެމްބަރުންތަކެއް ގުޅިފައިވާ ޕާޓީތަކާ ގުޅޭނެކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ކޮށްފައިވާ ވައްކަންތަކާއި ހިންގާފައިވާ ކޮރަޕްޝަންތައް މަޖިލީހުގެ ތެރެއިން ބަލަން ފަށްޓަވާނެކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހުގެ 12 މެމްބަރުންނާއެކު މަޖިލީހުގެ ތަޅު ނެއްޓުނީ ކަމަށާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ލިބިދޭ ބާރާއެކު ރައީސް ޔާމީން މިނިވަން މުއައްސަސާތަކަށް ފޯރުވާ ނުފޫޒް ހުއްޓުވާލާނެ ކަމަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވިދާޅުވީ ޤާނޫނާ ޚިލާފަށް ކަންކަން ކުރުވުން ދެން ހުއްޓުނީ ކަމަށާއި ސުލްހަވެރިކަމާއެކު މަސީހު އިސްތިއުފާ ނުދެއްވައިފިނަމަ ޤަވާއިދުތަކުގެ ތެރެއިން ބޭރު ކުރައްވާނެ ކަމަށެވެ.

އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި 12 މެމްބަރުންނެތުމުން އަޑުކެނޑިފައިވާ 60 ހާހަށްވުރެ ގިނަ ރައްޔިތުންގެ ބަސް މަޖިލީހުން އިވޭނޭގޮތް ވެގެން ދިޔައީ ކަމަށެވެ. އަދި ރީތިގޮތަކީ އަމިއްލަފުޅަށް މަސީހު އިސްތިއުފާ ދެއްވުން ކަމަށް އަނާރާ ވިދާޅުވީއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ
25 ފެބުރުއަރީ 2017

ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި

25 ފެބުރުއަރީ 2017
ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި
22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް