Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެސްއެމްގެ މައްސަލަ

ޕީއެސްއެމްގެ އިސް ވެރިންގެ ހިޔާނާތުގެ ދެ މައްސަލައެއް އޭސީސީން ބަލަން ފަށައިފި

3 އޮކްޓޯބަރު 2018 | ބުދަ 09:05

 ޕީއެސްއެމްގެ ކުރީގެ މެނޭޖާ ލީގަލް އެންޑް ރެގުއުލޭޓްރީ އެފެއާޒް ހިލްމީ ވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އޭސީސީއަށް ހާޒިރު ކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 3 އޮކްޓޯބަރު 2018 | ބުދަ 09:05
ކޯޓު ލައްވައިގެ އިކްރާމް ޕީއެސްއެމްގެ އެމްޑީ އިކްރާމް  ޚަލީލްއާ އެކު

ކޯޓު ލައްވައިގެ އިކްރާމް ޕީއެސްއެމްގެ އެމްޑީ އިކްރާމް ޚަލީލްއާ އެކު

ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް)ގެ އިސް ފަރާތްތަކެއްގެ ދެ މައްސަލައެއް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އިން ބަލަން ފަށައިފިއެވެ.

އޭސީސީން ބުނީ އެ ކަމިޝަނުން ބަލަނީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް ގާއިމްކުރުމަށްޓަކައި ނުހަދައިހުރި އިމާރާތެއްގެ ދެ ފްލޯއެއްގެ ކުއްޔަށް ޕީއެސްއެމްއިން ފައިސާ ދައްކަމުން ދިޔަ މައްސަލައަކާއި ޖަޕާނު ސަރުކާރުގެ އެހީގައި ގާއިމް ކުރަން ހަމަޖެހިފައިވާ އިންޓަގްރޭޓެޑް ސާވިސް ޑިޖިޓަލް ބްރޯޑްކާސްޓިން (އައިޓީޑީބީ) ގެ ޕްރޮޖެކްޓްގެ ތެރެއިން 41 މިލިއަން ރުފިޔާ ނެގިކަމުގެ މައްސަލައެއްކަމަށެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން ދެ ވަނަ މައްސަލައަކީ ނުހަދާހުރި އިމާރާތެއްގެ ދެ ފްލޯއެއްގެ ކުއްޔަށް ޕީއެސްއެމްއިން ފައިސާ ދައްކަމުން ދިޔަ މައްސަލައިގައި ޕީއެސްއެމްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ކުރީގެ ޑިރެކްޓަރު މުހައްމަދު ހާޝިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލައެކެވެ.

އެ މައްސަލައަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެކަމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައެކެވެ. އެހެން ނަމަވެސް އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ހުރިކަމަށް ބުނެ އަނބުރާ އެމައްސަލަ އޭސީސީއަށް އޭރު ވަނީ ފޮނުވާލާފައެވެ. އެ ރިޕޯޓްގައި އޭސީސީން ބުނެފައިވަނީ އެ ތަނުގެ ކުލީގެ ގޮތުގައި މިހާތަނަށް 481،000 (ހަތަރު ލައްކަ އައްޑިހަ އެއްހާސް ރުފިޔާ) ދައްކާފައިވާ ކަމަށާއި އެ ފައިސާ ދައްކާފައިވަނީ ޕީއެސްއެމްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ޑިރެކްޓަރަކަށް ކުރިން ހުރި ހާޝިމް އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެންކަން އޭސީސީއަށް ސާބިތުވާކަމަށެވެ. އެ މައްސަލައިގައި ފުރިހަމަ ކުރަންޖެހޭ ބައިތަށް ފުރިހަމަ ކުރުމަށްފަހު މިދިޔަ މަހުވަނީ އަލުން ޕީޖީއަށް ފޮނުވާފައެވެ.

އެމައްސަލައާއި ގުޅިގެން ޕީއެސްއެމްގެ ކުރީގެ މެނޭޖާ ލީގަލް އެންޑް ރެގުއުލޭޓްރީ އެފެއާޒް އަބްދުﷲ ހިލްމީ ވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އޭސީސީއަށް ހާޒިރު ވެސް ކުރައްވާފައެވެ. އެކަން ހިންގާފައިވާ ގޮތެއްސާފު ކުރުމަށް އޭސީސީއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހިލްމީ ވިދާޅުވީ އޭނާއާ ސުވާލުކުރީ މީޑިއާ އިންޓިޓިއުޝަން ހުޅުވުމަށް ނުނިމި ހުރި އިމާރާތެއް ނިމިއްޖެ ކަމަށް ހަދައިގެން އެތަނަށް ބޮޑު ކުއްޔެއް ދައްކާ މައްސަލަ ފަޅާ އެރި މައްސަލައާ ގުޅިގެން ކަމަށެވެ.

ޕީއެސްއެމްގައި ހިންގާ ޤާނޫނާ ގަވާއިދާ ޚިލާފް ކަންކަމާހުރެ އެތަނުގައި ނޫޅެވިގެން ވަޒީފާ އަމިއްލައަށް ދޫކޮށްލައްވައި މިހާރު ޓެކްސް އެޕީލް ޓްރިބިއުނަލްގެ ރެޖިސްޓްރާގެ މަގާމު އަދާކުރައްވާ އަބްދުﷲ ހިލްމީ ވިދާޅުވި ގޮތުގައި އެ މައްސަލާގައި ތުހުމަތު ކުރެވެނީ އަދި ރައްދު ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމަށް ކަމަށާއި އޭރު ކަންކަން ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވީ އިކްރާމް ކަމަށެވެ. އަދި ޕީއެސްއެމް އިން ހުރިހާ މަސައްކަތެއް ހަވާލުކުރަނީ އިކްރާމްއާ ގުޅުން އޮންނަ މީހުންނަށް ކަމުގެ ޝަކުވާތައް އޭނާ ޕީއެސްއެމްގައި މަސައްކަތް ކުރެއްވި އިރުވެސް އަދި ވަކިވެވަޑއިގެންނެވި ފަހުން ވެސް ލިބޭ ކަމަށެވެ.

އޭސީސީން ބަލަމުންދާ އައިޓީޑީބީގެ މައްސަލައަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އަމިއްލަ ފަރާތަކުން އެކަމިޝަނަށް ހުށައަޅާފައިވާ މައްސަލައެކެވެ. މެމައްސަލާގައި އެމީހާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މި ޕްރޮޖްކެޓުގެ 96 އިންސައްތައަށްވާ 380 މިލިއަން ރުފިޔާ ޖަޕާނު ސަރުކާރުން ދޭގޮތަށް ހަމަޖެހިފައިވާކަމަށާއި ބާކީ 4 އިންސައްތަ ހަރަދަށްވާ 16 މިލިއަން ރުފިޔާ ދިވެހިސަރުކާރުން ހަރަދު ކުރާގޮތަށް ހަމަޖެހުނު ކަމަށެވެ. ޕީއެސްއެމްގެ އިސްވެރިންނަށް ފައިދާވާ ގޮތަށް 16 މިލިއަނުގެ ބަދަލުގައި 179 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ހޯދަން ނިންމާ އެފައިސާ ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅިކަމަށެވެ. ނަމަވެސް އެ އަދަދަކީ ޕްރޮޖެކްޓްގެ ހަތަރު އިންސައްތައަށް ވާ ފައިސާއަށްވުރެ މާ ބޮޑު އަދަދެއް ކަމަށް ބުނެ 57 މިލިއަން ރުފިޔާ ފިނޭންސުން ދޭން ހަމަޖެއްސި ކަމަށެވެ. އަދި 57 މިލިއަން ރުފިޔާއިން އެ ޕްރޮޖެކްޓަށްވާ 16 މިލިއަން ކަނޑާލުމުން ބާކީވާ 41 މިލިއަން ރުފިޔާ ޕީއެސްއެމްގެ އިސްވެރިން ބޭނުން ކޮށްފައިވާކަމަށެވެ. އަދި އެމައްސަލައިގައި ޕްރޮޖެކްޓް މެނޭޖަރަކަށް ހުރި މީހާ ވަޒީފާއިން ވަކިކޮށް ފަހުން އެތަނުގެ އެހެން އިސް މުވައްޒަފަކާއި ހަވާލުކުރެވުނުކަމަށާއި އަލަށް ހަވާލު ކުރި މުއައްޒަފަށް ވެސް 41 މިލިއަންގެ މައްސަލަ އެނގުނު ހިސާބުން އޭނާ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައިވާކަމަށް އެސިޓީގައި ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް