Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

އިބޫ ރައީސްކަމުގެ ހުވާނުކުރެއްވުމަށް ޕީޕީއެމުން ގޮވާލައިފި

ވޯޓްލުމުގެ ކަންތައްތައް ކުރިއަށްގެންދިޔައީ ކެންޑިޑޭޓުން ސޮއިކުރި ވޯޓާސް ލިސްޓާއި އެއްގޮތްވާގޮތުގެ މަތިން ނޫން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2018 | ބުދަ 19:38
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސްކަމުގެ ހުވާނުކުރެއްވުުމަށް ވެރިކަންކުރާ ޕީޕީއެމުން ގޮވަލައިފި އެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރިކަން އިއުލާންކުރުމަށްފަހު، ނަތީޖާ ގަބޫލުނުކުރާކަން ހާމަކޮށް, ޤައުމު ހަލަބޮލިކުރުމަށް މަސައްކަތްކުރާ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ސިއްދީޤް ވިދާޅުވީ އިންތިހާބާއި ގުޅޭ ގޮތުން އެތައް ތުހުމަތުތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި އިބްރާހިމް މުހައްމަދު ސޯލިހް މަޤާމުގެ ހުވާކުރެއްވުމަކީ އެންމެ ރަނގަޅުކަމެއް ނޫން ކަމަށެވެ. އެގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ވަގުތެއްގައި އިސްލާމީ ޤައުމެއްގެ ރައީސްކަމުގެ ހުވާކުރެއްވުމަކީ ކޮށްގެންވާނެެ ކަމެއް ނޫން ކަމަށާއި، މަކަރާއި ހިލާތުގެ ތެރެއިން ރައީސްކަމުގެ މަޤާމަށް ވަޑައިގަންނަވަން އުޅޭކަމުގައިވާ ނަމަ ހުވާނުކުރެއްވުުން ރަނގަޅުވާނެކަމަށް ސިއްދީޤް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އިންތިހާބާއި ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއްކޮށް، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ރިޝްވަތު ނެންގެވިކަމުގެ ތުހުމުތަކުރެވޭ ކަމަށާއި، އެ ތުހުމަތުތަކަށް ޖަވާބު ދެއްވަން ޖެހޭކަމަށް ވެސް ސިއްދީޤް ވިދާޅުުވި އެވެ. އެ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ދެ މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ނެންގެވިކަމަށް އަދަދުތައް ފެތުރޭކަމަށް ވެސް ސިއްދީޤް ވިދާޅުވި އެވެ. ނަމަވެސް އެއީ ކިހާ ތެދު މައުލޫމާތެއް ކަމެއް ސިއްދީޤް ވިދާޅެއް ނުވެ އެވެ.

ކުއްލި ގޮތަކަށް އިންތިހާބާއި ގުޅޭ ގޮތުން އެތައް ޝަކުވާތަކެއް ފެންމަތިކުރި ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ އެ ބައްދަލުވުމުގައި އެ ޕާޓީގެ އިސް ތަރުޖަމާން އަލީ އާރިފް ވިދާޅުވީ ވޯޓްލުމުގެ ކަންތައްތައް ކުރިއަށް ގެންދިޔައީ ކެންޑިޑޭޓުން ސޮއިކުރި ވޯޓާސް ލިސްޓާއި އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށެވެ. އަދި ވޯޓާސް ލިސްޓް އެކި ފަހަރު އަޕްޑޭޓްކޮށް ބަދަލުގެނެސްފައިވާ ކަމަށް އަލީ އާރިފް ތުހުމަތުކުރެއްވި އެވެ.

އިންތިހާބްގެ ވޯޓުލުން ކުރިއަށްދިޔަ ވަގުތު އެކަންތައްތައް ފެންމަތި ނުކުރީ ކީއްވެތޯ ސުވާލުކުރައްވަމުން އަލީ އާރިފް ވަނީ ރުޅި އިސްކުރައްވައި، ނޫސްވެރިންނަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. އަދި ނޫސްވެރިން ވެސް މާނޭނގޭ ކަމަށް ހަދައިގެން ވާހަކަ ނުދެއްކުމަށާއި، އެގޮތަށް ސުވާލު ނުކުރުމަށް އަލީ އާރިފް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވެސް ވަނީ އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް އޮތްކަމަށް ވިދާޅުވެފަ އެވެ. އަދި ޝަކުވާތަކަށް ހައްލެއް ލިބެން ޖެހޭކަމަށް ވިދާޅުވެ ނިހާން ވިދާޅުވީ ރައްޔިތުންގެ ހައްޤުގައި އެ ސުވާލުތަކަށް ޖަވާބު ހޯދުމަށް ޕީޕީއެމަށް ފުރުސަތުދޭން ޖެހޭކަމަށެވެ. ނަމަވެސް ޕީޕީއެމަށް ހުރަސްއަޅަނީ ކޮން ބަޔެއް ކަމެއް ނިހާން ވިދާޅެއްނުވެ އެވެ.

އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައިި ޕީޕީއެމްގެ މެމްބަރުން ހަރަކާތްތެރިވިއިރު، އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލެވުނީ ކިހިނެއްތޯ ސުވާލުކުރުމުން ނިހާން ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރި ވެފައި ނުވާނެކަމަށެވެ. އަދި ހަރަކާތްތެރި ވެފައިވާ ކަމުގައި ވަނީ އެއީ މައްސަލައެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވ. ނަމަވެސް އޮފިޝަލުން ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތަކުގައި ފާޅުގައި ބަައިވެރިވެފައިވޭ ނޫންތޯ ސުވާލުކުރުމުން ނިހާނަށް އެ ސުވާލަށް ޖަވާބުދެއްވިފައެއް ނުވެ އެވެ. ތަކުރާރުކޮށް ވިދާޅުވީ އެހެން ވެއްޖެކަމަށް ވާނަމަ އެއީ މައްސަލައެއް ކަމަށެވެ.

ތަކުރާރުކޮށް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމުން ބުނީ ނަތީޖާ ގަބޫލުކޮށްފައި ވާކަމަށެވެ. އަދި ބަލި ވެސް ގަބޫލުކުރިކަމަށެވެ. ނަމަވެސް ނަތީޖާ އާއި ބަލި ގަބޫލުކުުރުމަށް ފަހު، ޤައުމު ހަލަބޮލިކުރަން މަސައްކަތް ކުރަނީ ކިއްވެކަން ސާފުކޮށް ޕީޕީއެމުން ބުނެދެވިފައެއްނުވެ އެވެ.

އިންތިޚާބާ ގުޅޭ ގޮތުން ޕީޕީއެމް އިން މިއަދު ފާހަގަކުރި ބައެއް ކަންކަމަކީ، ކުރިން އިދިކޮޅު ފަރާތްތަކުން ވެސް ފާހަގަކޮށްފައިވާ ބައެއް ކަންކަމެވެ. އިލެކްޝަންސްގެ އޮފިޝަލުން ހަމަޖެއްސީ މުލިއާގެއިން ކަމަށް ކުރެވުނު ތުހްމަތާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ ރީ ރެޖިސްޓްރޭޝަން ފޯމްތައް މުލިއާގެ އަށް ގެންނަމުން ދިޔަ ވާހަކަ އާއި ރީ ރެޖިސްޓްރޭޝަންގެ އޮޅުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ވާހަކަ އަށް އޭރު ރައްދެއް ދީފައެއް ނުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ

ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ

11 މާރިޗު 2017
ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ

ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ

05 މާރިޗު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު