Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ލަދުގަންނަވަރަށް ބަލިވީމާ ކަޑަވެސްވާނެ. އެކަމަކު ހަޖަމް ޕްލީޒް

އައިޑީކާޑްތައް ޗެކްކުރީ ޕީޕީއެމްގެ މީހުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2018 | އަންގާރަ 12:07
ރައީސް ޔާމީން: ހޯމަ ދުވަހުގެރޭ މުޒާހަރާއަށް ވަނީ ނިކުންނަވާފައި

ރައީސް ޔާމީން: ހޯމަ ދުވަހުގެރޭ މުޒާހަރާއަށް ވަނީ ނިކުންނަވާފައި

މިދިޔަ މަހުގެ 23 ވަނަ ދުވަހު ވޯޓުލާން ދިއުމުން މީހުންގެ އައިޑީކާޑްތައް ޗެކްކުރީ ޕީޕީއެމްގެ މީހުންނެވެ. ވޯޓުލާން ދާނެ ކިޔޫ ނަމްބަރު ދިނީ އެމީހުންނެވެ. ލިސްޓްގައި ނަން އޮތްތޯ ބެލީ އެމީހުންނެވެ. އިނގިލީގައި ފާހަގަ ޖެހީ އެމީހުންނެވެ. ވޯޓު ކަރުދާސްކޮޅު ދޫކުރީ އެމީހުންނެވެ. ވޯޓު ލައި ނިމުމުން ވޯޓު ގުނައި ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައެޅީވެސް އެމީހުންނެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ނާކާމިޔާބުވި ކަމަށް ކަނޑައަޅައި ކޮންމެ ވޯޓު ފޮށްޓެއްގެ ނަތީޖާ އިއުލާން ކުރީވެސް ހަމަ ޕީޕީއެމަށް މަރުދިން ކުދިންނާ މީހުންނެވެ. މީގެ އިތުރުން އެއިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ބައިވެރިވި ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް އިންތިޚާބު ކާމިޔާބު ކުރައްވައިފި ކަމަށް ކަނޑައެޅީވެސް ޕީޕީއެމުން އެކޮމިޝަނަށް އައްޔަން ކުރި ރައީސެވެ.

މިއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 262,135 މީހުންނާއި އޭގެ ތެރެއިން ނުކުމެ ވޯޓުލީ 233,415 މީހުން ހެކިވާނެ ކަމެކެވެ.

އެކަން އެހެން ވީކީ ހަމަ ހުރެފައެއް ނޫނެވެ. އެގޮތް ވެސް ރައްޔިތުންނަށް ވަރަށް ސާފެވެ. މުޅި ދުނިޔެއަށް ވެސް އެކަން އެނގެއެވެ.

އެކަން ކުރުމަށްޓަކައި އިންތިޚާބުގެ ކުރިން އެކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނު އެމަޤާމުން އެއްކައިރި ކުރުވާ މިހާރުގެ ރައީސް އަހުމަދު ޝަރީފް އެމަޤާމަށްލީ ސީދާ ޕީޕީއެމްއިންނެވެ. ވޯޓުގެ ލިސްޓް ތައްޔާރު ކުރުމާއި ވޯޓުލުމުގެ އެންމެހާ އިންތިޒާމްތައް ހިންގެވީ އެރައީސާއި ޕީޕީއެމްގެ މެޖޯރިޓީ މަޖިލީހުންނެގި ފުލް ޕީޕީއެމްގެ ކޮމިޝަނަކުންނެވެ. ފޮށިތައް ކައިރީގައި މުޅިންވެސް ބޭތިއްބީ ސީދާ ޕީޕީއެމްއިން ފޮނުވި ލިސްޓަކަށް ނެގިބައެކެވެ. ވޯޓު ލިސްޓްގައި ފޮޓޯ ޖެހުން ހުއްޓުވީވެސް ޕީޕީއެމުން ޤާނޫނަށް ގެނައި ބަދަލަކުންނެވެ. ވޯޓުގެ ސައްޙަކަން ކެނޑޭގޮތައް ވޯޓު ކަރުދާސްކޮޅުގައި ލިޔާނެ އެއްޗެއްލިޔާން ކުރަހާނެ އެއްޗެއް ކުރަހާން ފުރުސަތު ދިނީވެސް ޕީޕީއެމްގެ މަޖިލީހުންނެވެ. ކުރުގޮތަކަށް ބުނަންޏާ މުޅި ވޯޓުގެ އެންމެހާ ކަންކަން ކުރީ ޕީޕީއެމްގެ މީހުންނެވެ. ރައްޔިތުން ކުރީ ހަމަ އެންމެ ކަމެކެވެ. ނުކުމެ ވޯޓު އެޅުމެވެ. ގަޑި ދެގަޑިއިރު އަދި ބައެއް ތަންތަނުގައި ފަސް ހަގަޑިއިރުވެސް ކިއޫގައިކެތްތެރިކަމާއެކު މަޑުކޮށްގެންވެސް ވޯޓުލުމެވެ. އަނބުރައިގަނެ ވެއްޓެމުން ދިޔައިރުވެސް ހިތްވަރުކޮށްފައިތިބެ ވޯޓު ލުމެވެ. ބޮޑު ފަތިހާ ނުކުމެ ކިއޫގައި ޖެހިގެން ރައީސް ޔާމީނަށް ތާއީދެއް ނުކުރަމޭ ބުނުމެވެ. މިނޫން އެއްވެސް ކަމެއް ރައްޔިތުންނެއް ނުކުރެއެވެ. ކުރެވޭކަށް ވެސް ނެތެވެ. އެކަން އެނގެނީ މިހާ ވާދަވެރި އިންތިޚާބެއްގައި މައްސަލަތައް މަދުކަމެވެ. އަމުދުން ވޯޓުލުން ހުއްޓާލަން ޖެހޭވަރުގެ އެއްވެސް ކަމެއް އެއްވެސް ފޮށްޓެއްގެ ދޮށުގައި ހިނގާފައި ނުވުމުންނެވެ.

އިންތިޚާބު އިންސާފްވެރި ނުވެދާނެތީ ރައްޔިތުންނާއި ޕާޓީތަކުން ވޯޓުގެ ކުރިން ޝަކުވާކުރިއެވެ. ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރިއެވެ. މައްސަލަތައް ވެސް ހުށަހެޅިއެވެ. އޭރު ޕީޕީއެމުން ދިޔައީ އެކަމަށް ރައްދު ދެމުންނެވެ. ހަނގާކޮށް ފާޅުގައި ދިމާކުރަމުންނެވެ. އިންތިޚާބުގެ ކަންކަމުގައި ކިތައްމެ ހަޅޭކެއް ލެވިއަސް ފަރުވާލެއް ނުބަހައްޓާނެ ކަމަށް ބުނަމުންނެވެ. އިލެކްޝަންސް ކޮމިޝަނަށް ވުރެ ބޮޑަށް އެކޮމިޝަންގެ ދިފާއުގައި ނުކުތީ ސަރުކާރާއި ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުންނެވެ. ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ބާރާއެކުގައެވެ. ހުރިހާ ކުންފުނިތަކުން އަޅަމުންދިޔަ ފައިސާއާ އެހެނިހެން އެހީތެރިކަމާއެކުގައެވެ. ކެނޑިނޭޅި 24 ގަޑިއިރު ދައުލަތުގެ މީޑިޔާއިން ކުރަމުންދިޔަ ޕީޕީއެމްގެ ކެމްޕެއިނާއި އިދިކޮޅު ލީޑަރަށް ކުރަމުންދިޔަ އެންޓި ކެމްޕެއިނާއެކުގައެވެ. އިދިކޮޅު ކެންޑިޑޭޓުގެ ސީދާ މައި އޮފީހާއި އެހެނިހެންތަންތަނަށް ފުލުހުން ވައްދާ ޗެކްކުރަމުންނެވެ. ބައެއް މީހުން ހައްޔަރުކޮށް ބިރުވެސް ދައްކަމުންނެވެ.

މިހުރިހާ ކަމެއް ކުރީމާވެސް ކަންވެ ނިމުނީ މާތްﷲ މިންވަރުގައި ލެއްވެވި ގޮތަށެވެ. މަތިން ގަޑި ޖެހުނީމާ ކަންވެ ނިމުނީއެވެ. އާރާއި ބާރުގައި ގަދަބަސް ވިދާޅުވި ރައީސް ޔާމީން ބޮޑުތަނުން ބަލިވީއެވެ. ކޮޅު އެނބުރުނީއެވެ. އިންތިޚާބުން ނާކާމިޔާބުވީއެވެ. އެތައް ދުވަހަކުންސުރެ ރައްޔިތުންކުރި އުއްމީދު ހަޤީގަތަކަށް ހެދީ ބިރުން ސިހިސިހި ތިބެ ވޯޓުންނެވެ. ރައީސް ޔާމީނަށް ނޫނެކޭ ބުނެގެންނެވެ.

ހަޤީގަތުގައިވެސް ކަޑަވާނެއެވެ. ބަލި ޤަބޫލުކުރަން އުނދަގޫވާނެއެވެ. އުއްމީދު ކުރެއްވި ގޮތް ނުވީމާ ދެރަވެސްވާނެއެވެ. އެކަމަކު އޭގެ މާނައަކީ ނުކުމެ ޤައުމު ހަލަބޮލި ކުރުމެއް ނޫނެވެ. ބަލައިގެން ނަތީޖާ އަނބުރާ ބަދަލު ކުރުމެއްވެސް ނޫނެވެ. ގޮތްދޫ ނުކޮށް ހަނގުރާމަ އިއުލާން ކުރުމެއްވެސް ނުމެނޫންމެއެވެ.

ކޮންމެއަކަސް އަދި ތިޔައީކީ ވިޔާދާ ގޮތެއް ނޫނެވެ. ރައްޔިތުން ގޮތް ނިންމައިފިއެވެ. ބޮޑުތަނުން ނޫނެކޭ ބުނީމާ އެވީ އެކަން ޤަބޫލު ކުރާށެވެ. އެކަން ޤަބޫލު ނުކޮށް ވަހުގައި ޖެހި ތަޅުމުގައި ޖެހުނަސް ވާނެ ކަމެއް ނެތެވެ. ކަމެއް ކުރެވިފައި އޮވެއްޖެނަމަ ކަންކަމުން އިންސާފް އަރާ ހަމަކުރާނެކަން އެނގޭތީ އެކަމުން ސަލާމަތްވާކަށްވެސް ތިޔައީކީ ހުއްޖަތެއް ނޫނެވެ. ބާނާފައި އެއްލާލީމާ ތެޅުނު ވަރަކަށް ދާނީ ހުޅުނބެވެ. ޤަޟާ ގަދަރަށް އީމާންވެ އިންސާފް ޤަބޫލުކުރުން ނޫން ހަމަ އެއްވެސް ގޮތެއް އެއްވެސް މީހަކަށް ނޯންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓް ޔަޤީން, އެކަމަކު ރަށްރަށް ކަނު އަނދިރީގައި

ކަރަންޓް ޔަޤީން, އެކަމަކު ރަށްރަށް ކަނު އަނދިރީގައި

17 ނޮވެމްބަރު 2017
ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެވޭނެޔޯ؟ އެކަމަކު ނަޝީދުގެ އެންޓި ކެންޕޭން

ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެވޭނެޔޯ؟ އެކަމަކު ނަޝީދުގެ އެންޓި ކެންޕޭން

09 ނޮވެމްބަރު 2017
ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

10 އޮކްޓޯބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު