Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދިރާގު އަހަރީ ދުވަސް

ދިރާގަށް 30 އަހަރު، ނަމޫނާ ކުންފުންޏެއް!

ރާއްޖޭގެ ތަރައްގީއަށް ދިރާގު ކުންފުނީގެ ހިއްސާ ބޮޑު

ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2018 | ހޯމަ 13:00
ދިރާގަށް 30 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ހަރަކާތްތަކުގެ ތެރެއިން އެ ކުންފުނީގެ އިސްވެރިން، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު

ދިރާގަށް 30 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ހަރަކާތްތަކުގެ ތެރެއިން އެ ކުންފުނީގެ އިސްވެރިން، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު

ޒަމާނީ މުއާސަލާތްތަކުގެ ފަސޭހަކަން މި ދިވެހިރާއްޖެއަށް އިހްސާސްކުރެވެން ފެށީ މީގެ ތިރީހަކަށް އަހަރު ކުރިންނެވެ. އޭގެ ކުރިން ދިވެހިރާއްޖޭގެ މުއާސަލާތީ ޚިދުމަތް ހުރީ ވަރަށް އާދައިގެ ގޮތެއްގަ އެވެ. ވަރަށް ވެސް ޅަފަތުގަ އެވެ. މާލޭގެ ވަރަށް މަދުގެއެއްގައި ނޫނީ ފޯނެއް ނުހުރެ އެވެ. އަމުދުން ރަށްރަށުގައި މުއާސަލާތީ ހިދުމަތެއް ނުހުރެ އެވެ. އެންމެ ބޮޑުވަރަކަށް ވެސް އޮންނަނީ ވޯކީ ޓޯކީއެކެވެ. މިހާރު ދޯނިފަހަރުގެ ކެޔޮޅު އަތުގައި ވެސް ޓެބްލެޓެއް ނުވަތަ ސްމާޓް ފޯނެއް އޮންނައިރު، މާކަނޑުގެ މެދުގައި އާއިލާއާއި ރަހްމަތްތެރިންނާއެކު މުއާސަލާތު ކުރަމުން ދިއުމުގެ ފަސޭހަކަން ލިބުނުލެއް ބޮޑުކަމުން، މީގެ ކުރީގެ ހަދަންތައް ފިލައިދިޔަ ފަދަ އެވެ. ކުރިން މާކަނޑަށް ދޯންޏެއް ގަރަގުވެގެން ދިޔަސް އަންގާނެ ވަސީލަތެއް ނ÷ޯވެ އެވެ. ދޯނީގައި އޮންނަ ވޯކީޓޯކީގެ ސިގްނަލް އެހެން ވޯކީޓޯކީއަކަށް ލިބިއްޖިއްޔާ ލިބުނީ އެވެ.

ރަށުގައި ދިރިއުޅެމުންދާ މައިންބަފައިންނަށް މުއާސަލާތު ކުރަންޖެހެނީ އޮފީހުގައި ހުންނަ ފޯނަށް ގުޅައިގެންނެވެ. އޭގެ ފަހުން، ރަށުގައި ހުންނަ ބޫތަށް ގުޅައިގެންނެވެ. މި ޑިޖިޓަލް ޒަމާނުގެ ހަލުއި ތަރައްގީއާއެކު، ކުރީގެ އެ ހަނދާންތަކެއް މިހާރު އިހްސާސެއް ނުވެއެ އެވެ. މިހާރު އަތުގައި އޮންނަނީ ސްމާޓް ފޯނެވެ. އާންމު ދިރިއުޅުމާއި ވިޔަފާރި އަދި ތައުލީމުގެ ވެސް އެންމެ މުހިންމު ބައިވެރިއަކީ މިހާރު މޯބައިލް ފޯނެވެ.

މިހިސާބަށް ދިވެހިން ތަރައްގީކޮށް ދިނުމުގެ ހަގީގީ ބައިވެރިއަކީ، އެ ކުންފުންޏަކަށް 30 އަހަރު ފުރޭ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އެވެ. ދިރާގަކީ ޓެލެކޮމިއުނިކޭޝަނާއި ޑިޖިޓަލް ސާވިސް ދިވެހިރާއްޖޭގައި ދެމުންދާ އެންމެ ވަރުގަދަ ކުންޏެވެ. ދިރާގު އުފެދިގެން އައީ މީގެ 30 އަހަރު ކުރިން، ދިވެހި ސަރުކާރާއި އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލެސްއާ ދެމެދު ގާއިމުކުރެވުނު ޖޮއިންޓް ވެންޗަރސް ކުންފުންޏެއްގެ ގޮތުގަ އެވެ. 1988 ވަނަ އަހަރު އުފެއްދި ދިރާގުގައި އޮތް ކޭބަލް އެންޑް ވަޔަލެސްގެ ހިއްސާ 2013 ވަނަ އަހަރު ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބެޓެލްކޯ) އަށް ވިއްކައިލި އެވެ.

މި ޖަޒީރާ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމެކެވެ. ނަމަވެސް، ދިރާގު އުފެދިގެން ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ދުވަސް ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޓެލެފޯނުގެ ޚިދުމަތް ފޯރުކޮށް ދެވުނެވެ. މި ކަމުގައި ކުރިމަތިވި ގޮންޖެހުމުގެ ވާހަކަތައް މިހާރުގެ ޖީލްގެ ކުދިންނަށް އިހްސާސްކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ސަރުކާރުގެ ސިޔާސަތާއި ދިރާގުގެ ބޯޑުގެ ތަސައްވުރާ އެއްގޮތަށް މި މަޝްރޫއު ކާމިޔާބު ކުރެވުނީ ދިރާގުގެ ހީވާގި މުވައްޒަފުންގެ މަސައްކަތުންނެވެ. އަތްގަނޑުލީ ފޯނާއި ބޫތު ފޯނު ހަނދާނެއް މިއަދު ގިނަ ބަޔަކަށް ނުކުރެވިދާނެ އެވެ. ވާނީ ވެސް އެހެންނެވެ. ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކަންކޮޅިތަކަކަށް ދިރާގުން ވަނީ 3ޖީ، 4ޖީ އަދި މޯބައިލް ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދީފަ އެވެ. އާބާދީގެ 100 ޕަސެންޓަށް މި ޚިދުމަތް ލިބެމުންދާއިރު، ހައި ސްޕީޑްގައި އިންޓަނެޓް 40 ރަށެއްގެ ގޭގެއަށް ފައިބަ ކޭބަލް މެދުވެރިކޮށް މިހާރު ލިބޭނެ އެވެ. އެއީ އާބާދީގެ 70 ޕަސެންޓެވެ. މިއީ ހަގީގަތުގައި ބޮޑު ކާމިޔާބެކެވެ.

އެންމެ ޒަމާނީ ޓެލެކޮމިއުނިކޭޝަނާއި ޑިޖިޓަލް ޚިދުމަތްތައް ދިވެހިންނަށް އެންމެ ފުރިހަމައަށް ދިނުމަށްޓަކައި، ރާއްޖޭން ބޭރާއި މި ރާއްޖެއާ ވަނީ ކަނޑު އަޑިން، ސަބްމެރިން ކޭބަލަކުން ގުޅާލައިފަ އެވެ. އަދި ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް 1،253 ކިލޯމީޓަރުގެ ސަބްމެރިން ކޯބަލަކުން ރަށްތައް ވަނީ ގުޅާލެވިފަ އެވެ. ގޮންޖެހުންތައް ކުރިމަތިވި މި މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބުވީ ދިރާގުގެ މުވައްޒަފުން ރާއްޖެ ތަރައްގީކުރުމުގެ ވިސްނުމުގައި މަސައްކަތްކުރުމުންނެވެ.

ދިރާގު ފާހަގަކޮށްލަން ޖެހެނީ އެންމެ ކަމަކުން، ދެކަމަކުންނެއް ނޫނެވެ. އެ ކުންފުނީގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ. މަތީ ފަންތީގެ ޓެކްނިކަލް މަސައްކަތްކުރާ އެ ކުންފުނި ހިންގުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް ދިވެއްސެކެވެ. މިކަމަށްޓަކައި އެ ކުންފުންޏާމެދު ފަޚުރުވެރިވުން ހައްގު ކަމެކެވެ. ހަގީގަތުގައި ވެސް ދިރާގުން ދިވެހިން އުފައްދައިފި އެވެ. ދިވެހިންނަށް ބައިނަލްއަގުވާމީ ކުންފުނިތަކާއި ބޮޑެތި ޓެކްނިކަލް މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިދާނެކަން ސާބިތުކޮށްދީފި އެވެ.

"99 ޕަސެންޓަކީ ދިވެހި މުވައްޒަފުން. އެއީ ވަރަށް ރަނގަޅު މިސާލެއް ދިވެހިން ބިނާކުރުމުގައި. މިހާ ހައިލީ ޓެކްނިކަލް ކުންފުންޏަކަށް ވެފައި، ހަމައެކަނި ދިވެހިން ލައްވައި މިފަދަ މަސައްކަތް ކޮށްގެން ކުރިއަށްދާ ކުންފުންޏެއް ނޯންނާނެ. މިކަން ކާމިޔާބުމިވީ ދިވެހިން އުފެއްދައި ތަރައްގީކުރުމަށް ފެށުނީއްސުރެ އެ ސިޔާސަތުގެ ދަށުން މަސައްކަތްކުރެވުމުން،" ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިސްމާއީލް ރަޝީދު ވިދާޅުވި އެވެ.

"އެކަމަށް ފަޚުރުވެރިވޭ. ދިރާގަކީ ދިވެހިން ބިލްޑްކޮށްފައި އޮތް، ދިވެހިން މަސައްކަތްކުރަމުންދާ، 99 ޕަސެންޓް ދިވެހިން މަސައްކަތްކުރަމުންދާ ކުންފުންޏަކަށް ވީކަން އެއީ."

ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބޭރުގެ ކުންފުންޏަކަށް ވިޔަސް، އާންމު ހިއްސާދާރުންގެ ގޮތުގައި 40،000 ދިވެހިން ތިބުމަކީ، ދިރާގަށް ދިވެހިންގެ އޮތް އިތުބާރާއި ޔަގީކަން ރަމްޒުކޮށްދޭ ކަމެކެވެ. ދިވެހިންނަށް ވެސް ކާމިޔާބު ޖޮއިންޓް ވެންޗަރ ކުންފުންޏެއް ބޭރުގެ ކުންފުންޏަކާއެކު ކުރިއަށް ގެންދެވިދާނެ ކަމުގެ ލާމަސީލު މިސާލެކެވެ. އެހެން ކުންފުނިތަކަށް ފުރިހަމަ ނަމޫނާއެކެވެ. މިހާރު އެ ކުންފުނީގައި ބައި ލައްކަ ކަސްޓަމަރުން ތިބުމަކީ ވެސް ކުންފުނީގެ މަގުބޫލްކަން ހާމަވާ ކަމެކެވެ.

ދިރާގަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިއާއެވެ. ދިރާގުގެ ކުރިއެރުމާއި ކާމިޔާބީ ފެނިގެން ދަނީ އެ ކުންފުނީގެ ބެލެންސް ޝީޓާއި ހިއްސާދާރުންނަށް ބަހާ ޑިވިޑެންޑްގެ މިންވަރުން އެކަންޏެއް ނޫނެވެ. އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން، މުޖުތަމައުގެ ތަފާތު ދާއިރާތަކަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދެ އެވެ. ދިރާގުގެ ނަން ނުފެންނަ ތަނެއް ނެތެވެ. އިޖުތިމާއީ ކަމެއް ކުރިއަސް، ގައުމީ ކުޅިވަރު މުބާރާތްތަކާއި އަތޮޅާއި ރަށްފުށުގެ ކުޅިވަރު މުބާރާތްތަކާއި އެހެން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ދިރާގުން އެހީތެރިކަން އިންތިހާއަށް ފޯރުކޮށްދެ އެވެ. ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި އެކަމަށް އާންމުންގެ ސަމާލުކަން ދެމެހެއްޓުމަށް ދިރާގުން ވޭތުވެދިޔަ 12 ވަރަކަށް އަހަރު ކޮށްފައިވާ މަސައްކަތަކީ މިގޮތަށް ގެނެސްދޭ ރިޕޯޓަކުން އެކަނި ފާހަގަކޮށްލެވޭނެ ކަމެއް ނޫނެވެ. މުޅި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން ދިރާގުން އިންތިޒާމުކޮށް ބާއްވަމުން ދަނީ ކުޑަކުދިންގެ ހައްގުތަކަށް ހޭލުންތެރިކުރުމަށެވެ.

ކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑަރއަކަށް ވުމުގެ އިތުރުން މިހާރު ދިރާގަކީ ޑިިޖިޓަލް ސާވިސް ޕްރޮވައިޑަރ އެކެވެ. މި ޑިޖިޓަލް ޒަމާނުގައި ދިރާގުގެ ޚިދުމަތްތައް ވެސް ބައްޓަންކޮށްފައިވަނީ ހުރިހާ ދާއިރާއަކަށް ވެސްޑިޖިޓަލް ސޮލިއުޝަން ދިނުމަށެވެ. އަމިއްލަ ފަރުދުންނާއި ގޭބިސީތަކަށާއި ވިޔަފާރިތަކަށާއި ތައުލީމީ ދާއިރާއަށް އަށާއި އެހެން ދާއިރާތަކަށް ވެސް ދިރާގު ހިދުމަތްތައް މުހިންމުވެ އެވެ. ދިރާގަކީ ހުރިހާ އެންމެންނަށް، ހުރިހާ ދާއިރާއަކަށް މުހިންމު އަދި ދިވެހިރާއްޖެ ފަޚުރުވެރިވާ ކުންފުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު