Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2019

އަންނަ އަހަރު 150 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު ވިއްކަނީ

ފާއިތުވެދިޔަ ދެ އަހަރު 450 ޑޮލަރުގެ ބޮންޑު ވިއްކާފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 14 ނޮވެމްބަރު 2018 | ބުދަ 04:01
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

އަންނަ އަހަރު 150 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު ވިއްކުމަށް ނިންމައިފިއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހާމަކޮށްފައިވާ ގޮތުގައި 2019 އަހަރު 150 މިލިއަން ޑޮލަރުގެ ބޮންޑު ނުވަތަ ސުކޫކުގެ ގޮތުގައި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަންނަ އަހަރަށް ބޮންޑު ވިއްކުމަށް ކަނޑައަޅާފައިވާ އިރު މި އަހަރުގެ އިތުރުން 2017 ވަނަ އަހަރުގައި ވެސް ދައުލަތުން ވަނީ ސޮވެރިންގ ބޮންޑު ވިއްކާފައެވެ. އެންމެ ފުރަތަމަ ސަރުކާރުން ސޮވެރިންގ ބޮންޑު ވިއްކުމަށް ކަނޑައަޅާފައިވަނީ ވެސް 2017 ވަނަ އަހަރެވެ. އެ އަހަރު 200 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު ވިއްކާފައިވާއިރު މިއަހަރު 250 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު ވިއްކާފައި ވެއެވެ.

އަންނަ އަހަރު ވިއްކުމަށް ކަނޑައަޅާފައިވާ ބޮންޑުން ބަޖެޓުގައި ހިމަނާފައިވާ ކަންކަމަށް ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައި ވެއެވެ.

ސަރުކާރުން ޖެހިޖެހިގެން ތިން ވަނަ އަހަރު ސޮވެރިންގ ބޮންޑު ވިއްކަން ކަނޑައެޅި އިރު ބޭރުގެ ދަރަނި އެއް އަހަރުން އަނެއް އަހަރަށް ދަނީ ބޮޑުވަމުންނެވެ. އެގޮތުން މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ބޭރުގެ ދަރަނި ވަނީ ގާތްގަނޑަކަށް 70 ޕަސެންޓް އިތުރުވެފައެވެ. މިއަހަރުގައި ބޮންޑުގެ ފައިސާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ސަރުކާރަށް ދައްކަން ޖެހުނު އަންނަ 2019 ވަނަ އަހަރު 771 މިލިއަން ރުފިޔާ ބޮންޑަށް އަނބުރާ ދައްކަންޖެހެއެވެ. 2020 ވަނަ އަހަރު ވެސް ބޮންޑަށް 766 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު