Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވެލިގާ ހާޑްވެއަރ

ވެލިގާ ހާޑްވެއަރގެ ބާޒާރު ފިހާރަ ބޮޑު ބަދަލަކާއެކު އަލުން ހުޅުވައިފި

ވެލިގާ ބާޒާރު ފިހާރަ އެންމެ ފުރަތަމަ ހުޅުވާފައިވަނީ 2012 ވަނަ އަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2018 | ބުރާސްފަތި 10:32
ވެލިގާ ހާޑްވެއަރގެ ބާޒާރު ފިހާރަ - ފިހާރަ ވަނީ ބޮޑު ބަދަލަކާއެކު އަލުން ހުޅުވާފައި

ވެލިގާ ހާޑްވެއަރގެ ބާޒާރު ފިހާރަ - ފިހާރަ ވަނީ ބޮޑު ބަދަލަކާއެކު އަލުން ހުޅުވާފައި

ވެލިގާ ހާޑްވެއަރގެ ބާޒާރު ފިހާރަ ބޮޑު ބަދަލަކާއެކު ބޮޑުތަކުރުފާނު މަގުގެ ކަސްޓަމްސް ކައިރީގައި އަލުން ހުޅުވައިފިއެވެ.

ވެލިގާ ބާޒާރު ފިހާރަ އެންމެ ފުރަތަމަ ހުޅުވާފައިވަނީ 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ފިހާރަ ހުޅުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވެލިގާ ހާޑްވެއަރގެ މާކެޓިންގ މެނޭޖަރ އިރުފާއު އަބްދުﷲ ވިދާޅުވީ ފިހާރަ ޖާގައިގެ ގޮތުން މިހާރު ބޮޑު ކުރެވިފައިވާ ކަމަށާއި ވެލިގާގެ އެހެން ފިހާރަތަކުން ލިބެން ހުރި ހުރިހާ ޕްރޮޑެކްޓެއް އެ ފިހާރަ އިން ވެސް ލިބެން ހުންނާނެ ކަމަށެވެ.

މި ފިހާރަ ހުޅުވިގެންދިޔުމާއެކު ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށާއި ހާއްސަކޮށް ރަށްރަށުން ހާޑްވެއަރ ސާމާނު ގަންނަން އަންނަ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށް ވެލިގާ ހާޑްވެއަރ އިން ބުންޏެވެ. އަދި ވެލިގާގެ އަމާޒަކީ އަބަދު ވެސް ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު ސާމާނު ފޯރުކޮށް، އަވަސް ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެލިގާ އިން ވަނީ ބުނެފައެވެ.

ވެލިގާ ހާޑްވެއަރ އެންމެ ފުރަތަމަ ހާޑްވެއަރ ދާއިރާގައި ހަރަކާތްތެރިވާން ފަށާފައިވަނީ 2008 ވަނަ އަހަރުއެވެ.

ވެލިގާ އަކީ މިހާރު ރާއްޖޭގެ ހާޑްވެއަރ ވިޔަފާރީގައި މަތީފަންތީގައި ގުނާލެވޭ، އަދި ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑްތަކެއް ގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ ކުންފުންޏެކެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބްރޭންޑުތަކުގެ ތެރޭގައި ސެލީސް، މެޓާބޯ، ނިޕެކްސް، ވެރާ، ވީއާރުއެޗް، މެޑްކާ ފަދަ ބްރޭންޑްތައް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް

ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް

09 އެޕްރީލު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017
ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން

ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން

11 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު