Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެޒިލްގެ ރިޔާސީ އިންތިޚާބު

ބްރެޒިލްގެ ރިޔާސީ އިންތިޚާބު: ޚިޔާލު ހޯދުމުުގެ ވޯޓުތަކުގެ ކުރީގައި އަދިވެސް ވަޅީގެ ހަމަލާ އަމާޒުވި ކެންޑިޑޭޓު

27 ސެޕްޓެމްބަރު 2018 | ބުރާސްފަތި 03:49

ދެވަނަ ބުރަކަށް ދާންޖެހިއްޖެ ނަމަ ބޮލްސާނަރޯ އަށް ލިބިވަޑައިގަންނަވާނީ 38 އިންސައްތަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 27 ސެޕްޓެމްބަރު 2018 | ބުރާސްފަތި 03:49
ކަނާތު ފިޔައިގެ ރިޔާސީ ކެންޑިޑޭޓް ޖެއަރ ބޮލްސާނަރޯ (ވ) އަދި ވާތު ފިޔައިގެ ކެންޑިޑޭޓް ފެރްނާންޑޯ

ކަނާތު ފިޔައިގެ ރިޔާސީ ކެންޑިޑޭޓް ޖެއަރ ބޮލްސާނަރޯ (ވ) އަދި ވާތު ފިޔައިގެ ކެންޑިޑޭޓް ފެރްނާންޑޯ

އޮކްޓޯބަރު މަހު ބާއްވާ ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ކަނާތު ފިޔައިގެ ރިޔާސީ ކެންޑިޑޭޓް ޖެއަރ ބޮލްސާނަރޯ އަދިވެސް އުޅުއްވަނީ ވޯކަރސް ޕާޓީގެ ވާތު ފިޔައިގެ ކެންޑިޑޭޓް ފެރްނާންޑޯ އައްދާދަށް ވުރެ ހަ ޕޮއިންޓް ކުރީގައި ކަމަށް ބުދަ ދުވަހު ނެގި ޚިޔާލު ހޯދުމުގެ ވޯޓުން ދައްކައިފިއެވެ.

ނަމަވެސް ދެވަނަ ބުރުގައި އޭނާ އަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ޕޯލް އިން ދައްކައެވެ.

އިބޯޕް ޕޯލިންގ ފަރމް އިން ނެގި ވޯޓުން ދައްކާ ގޮތުން ވޯޓް ލެވޭ މީހުންގެ 27 އިންސައްތަ ތާއީދު އޮތީ ބޮލްސާނަރޯއަށެވެ.

ބްރެޒިލްގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރު ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލުގައި ހުންނެވުމުން އިންތިޚާބުގައި ވާދަކުރެއްވުން ބްރެޒިލްގެ އިލެކްޓޯރަލް ކޯޓުން މަނާ ކުރެއްވުމާ އެކު ވޯކަރސް ޕާޓީން އިންތިޚާބަށް ނެރުއްވި ފެރްނާންޑޯ އައްދާދް އުޅުއްވަނީ 21 އިންސައްތައާ އެކު ދެވަނައިގައެވެ.

އިންތިޚާބުގެ ދެވަނަ ބުރަކަށް ދިޔުމުގެ ފުރުސަތު ބޮޑުއިރު، ދެވަނަ ބުރަކަށް ގޮސްފި ނަމަ، ސައުޕޯލޯގެ ކުރީގެ މޭޔަރ ފެރްނާންޑޯ އައްދާދު ބޮލްސާނަރޯގެ މައްޗަށް 42 އިންސައްތަ ވޯ ޓާއެކު ކުރި ހޯއްދަވާނެ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓުން ދައްކައެވެ.

ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ބޮލްސާނަރޯ އަށް ލިބިވަޑައިގަންނަވާނީ 38 އިންސައްތައެވެ.

ބްރެޒިލްގެ ގާނޫނު ބުނާ ގޮތުން އެއްވެސް ކެނޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ދެވަނަ ބުރެއް ބާއްވަން ޖެހެއެވެ.

އިބޯޕް އިން ބުނެފައިވާ ގޮތުގައި ވާތުފިޔައިގެ މެދުމިނުގެ ކެންޑިޑޭޓް ސީރޯ ގޮމޭސް އުޅުއްވަނީ 12 އިންސައްތައިގެ ތެރޭގައެވެ. އަދި ވިޔަފާރިއާ ރައްޓެހި ސިޔާސަތުތަކެއް ގެންގުޅުއްވާ ސައުޕޯލޯގެ ކުރީގެ ގަވަރނަރ ޖެރަލްޑޯ އަލްކްމިންގެ ތާއީދު ހުރީ 8 އިންސައްތައިގައި ހިފެހެއްޓިފައެވެ.

ދެވަނަ ބުރުގައި ގޮމޭސް ނުވަތަ އަލްކަމައިންއާ ވާދަކުރައްވަން ޖެހިވަޑައިގެންނެވިއަސް ބޮލްސާނަރޯއަށް އިންތިޚާބު ކާމިޔާބެއް ނުކުރެއްވޭނެއެވެ.

ބްރެޒިލްގެ އެކި ކަންކޮޅުތަކުން 2،000 މީހުންގެ މެދުގައި ސެޕްޓެމްބަރު މަހުގެ 22 އާއި 24 އާ ދެމެދު ނަގާފައިވާ މި ޕޯލްގެ އެރަރ މާޖިންއަކީ ދޭއް އިންސައްތައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
07 ޖެނުއަރީ 2017

ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި

07 ޖެނުއަރީ 2017
ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް