Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރުން ފަސްކުރަން އެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އަލީ ވަހީދު

27 ސެޕްޓެމްބަރު 2018 | ބުރާސްފަތި 02:41

އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ކަމަށް ރައީސް ޔާމީނާއި، އިލެކްޝަންސް ކޮމިޝަނުންނާއި، ޕީޕީއެމުން ވަނީ ގަބޫލުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 27 ސެޕްޓެމްބަރު 2018 | ބުރާސްފަތި 02:41
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު: ފޮޓޯ: ޓްވިޓާރ

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު: ފޮޓޯ: ޓްވިޓާރ

ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކުރަން ޕީޕީއެމުން އިލެކްޝަން ކޮމިޝަނުގައި އެދިފައިވާތީ އެ ޕާޓީގެ ސުލޫކީ ކޮމިޓީގެ މުގައްރިރު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި އިސްކޮށް އުޅުއްވި އަލީ ވަހީދު މިހާރު އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލިވެފައިވާއިރު، އިންތިޚާބުގެ ނަތީޖާ ފަސްކުރަން ޕީޕީއެމުން ހުށަހެޅި ހުށަހެޅުމާ ދެކޮޅު ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ނިމިގެން ދިޔަ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ކަމަށް ރައީސް ޔާމީނާއި، އިލެކްޝަންސް ކޮމިޝަނުންނާއި، ޕީޕީއެމުން ގަބޫލުކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ ނިންމުން ވަރަށް ސާފުކޮށް ފެންނައިރު، މާފަހުން އިންތިޚާބުގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ، އީސީ އަށް މައްސަލަ ހުށަހެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނަ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަލީ ވަހީދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާއާ މެދު ޕީޕީއެމްގެ މެމްބަރުން މާޔޫސްވިއަސް ރައްޔިތުންގެ އަޣުލަބިއްޔަތަށް އިހުތިރާމް ކުރަންޖެހޭ ކަމަށެވެ. ޒިންމާދާރުކަމާ އެކު، ސުލްހަ މަސްލަސްކަން ހިފެހެއްޓުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ފަސްކުރަން އުޅުމަކީ ރާއްޖެއިން ބޭރުގެ އެކި ޕްރެޝަރުތައް ކުރިމަތިވާނެ ކަމެއް ކަމަށާއި، މުޅި ގައުމުގެ ސުލްހަ މަސްލަސްކަން ގެއްލިގެންދާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރާ ނަމަ، ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކުރުމަށް އެޕާޓީން މަސައްކަތްކުރާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް، ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ވައިބާ ގުރޫޕަށް ނިހާން ފޮނުވި މެސެޖުތަކެއް ސުކްރީން ޝޮޓްތަކެއް ސޯޝަލް މީޑިއާއަށް ވަނީ ލީކް ވެފައެވެ. މި މެސެޖުތަކުގައި ނިހާނު ވިދާޅުވެފައި ވަނީ ވޯޓުލެވޭ މީހުންގެ ގޮތުގައި ގެޒެޓްކުރި ލިސްޓްގައި ނަން އޮވެފައި، ވޯޓުލާން ދިޔަ އިރު، އެހެން ތަނެއްގައި ނަން ރަޖިސްޓްރީކޮށްފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާ ކަމަށެވެ. އަދި މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި މި ފަދަ މައްސަލަތައް ހުރިތޯ ބަލައި، އެ މައްސަލަތައް ވީހާ ވެސް ޕާޓީއަށް ފޮނުވައިދިނުމަށް ނިހާން ވަނީ އެދިފައެވެ.

އާދީއްތަ ދުވަހު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގައި 233،877 ފަރާތަކުން ވަނީ ނިކުމެ ވޯޓްލާފައެވެ. އެ ގޮތުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް 134،616 ވޯޓް ލިބުނު އިރު، އެމަނިކުފާނާ ވާދަ ކުރެއްވި ރައީސް އަބްދުﷲ ޔާމީނަށް ލިބިފައި ވަނީ 96،132 ވޯޓެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް