Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް އެތެރޭގެ ކޯޅުން

ޕީޕީއެމް ލީޑަރޝިޕް ހޯދަން އެމްއާރުއެމުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ޗެލެންޖް ކުރަން ތައްޔާރު: ނިހާނު

26 ސެޕްޓެމްބަރު 2018 | ބުދަ 11:47

ޕާޓީ ހުއްޓިފައިވާތީ ކަމަށްބުނެ ކޯޓަށް ވަޑައިގެން މިހާރު އެވަނީ ލީޑަރޝިޕް އެކުލަވާލާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 ސެޕްޓެމްބަރު 2018 | ބުދަ 11:47
ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން، ނިހާނު (މެދުގައި)

ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން، ނިހާނު (މެދުގައި)

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ލީޑަރޝިޕް ހޯދަން މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ޗެލެންޖް ކުރަން ތައްޔާރު ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާނު ހުސައިންމަނިކު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ދައުލަތުގެ މީޑީއާ ޕީއެސްއެމްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިހާން އެހެން ވިދާޅުވީ ރައީސް މައުމޫންއާއެކު މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު، މުހައްމަދު ވަހީދު އިބްރާހިމްއާއި އެމްއާރުއެމްގެ ބައެއް އިސްވެރިން، ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

Advertisement - newsAdvertisement

ޕީޕީއެމްއިން އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު އެޕާޓީގެ ކޮންގްރެސްއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އިއުލާންކޮށްފައި ވާތީ، ޕީޕީއެމްއިން ފިޔަވަޅު އަޅައި ވަކިކޮށްފައިވާ، އެޕާޓީގެ ނައިބު ލީޑަރު ވަހީދު އަންގާރަ ދުވަހު ވިދާޅުވީ، ޕީޕީއެމްގެ އިންތިހާބީ، ލީޑަރޝިޕް ނޫން ފަރާތަކަށް ޕީޕީއެމް ހަވާލުކޮށް ހިންގުމަށް އެެއްވެސް ކޯޓަކުން ހުކުމެއްކޮށްފައި ނުވާ ކަމަށެވެ.

ވަހީދު ވިދާޅުވީ، ޕީޕީއެމްގެ އިންތިޚާބީ ލީޑަރޝިޕަށް ނޭނގި އެއްވެސް ފަރާތަކުން ޕީޕީއެމްގެ ކޮންގްރެސްއެއް ބާއްވަން މަސައްކަތް ކުރާނަމަ އެ ފަރާތްތަކާއިމެދު މަދަނީ އަދި ޖިނާއީ، މައްސަލަ ހުށަހަޅާނެ ކަމަށެެެވެ.

ޕީޕީއެމް އެތެރޭގެ މައްސަލަތައް ދިމާވަން ފެށީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންއާ ދެމެދު ހިނގާދިޔަ ހިޔާލު ތަފާވުމެއްގެ ތެރެއިންނެވެ. އަދި ސަރުކާރު ހިންގަނީ ޕީޕީއެމްގެ އުސޫލްތަކާއި ރައްޔިތުންގެ އިހުސާސްތަކާއި ދެކޮޅަށް ކަމަށް ރައީސް މައުމޫނާއި އެމަނިކުފާނާއެކު މަސައްކަތް ކުރައްވާ ޕީޕީއެމްގެ މެމްބަރުން ވިދާޅުވަމުން ގެންދަވަމުން ގެންދެވި އެވެ.

ނަމަވެސް ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު އޮތް ގުޅުން ގޯސްވެ ޕާޓީ ބައިބައިވުމާ ގުޅިގެން ސިވިލް ކޯޓަށް ހުށައެޅި މައްސަލައެއްގައި އެކޯޓުން ވަނީ ގައުމީ މަޖިލީހުން ވަކި ގޮތެއް އަންގަންދެން މުސްތަޝާރާއި ޕާޓީ ހަވާލުކުރަން ހުކުމް ކޮށްފައެވެ. އަދި ޕާޓީގެ ގައުމީ މަޖިލީހުން ވަނީ އޭގެ ފަހުން ހުރިހާ ބާރެއް ރައީސް ޔާމީނާ ހަވާލު ކޮށްފައެވެ.

ނަމަވެސް އޭރުވެސް މައުމޫނަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އެކަން ކޮށްފައިވަނީ އަސާސީ ގަވާއިދާއި ޚިލާފަށް ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް