Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަހްލޫފް މިނިވަންވުން

މިނިވަންވެ، މަހުލޫފް ފުވައްމުލަކަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި

18 އޮކްޓޯބަރު 2018 | ބުރާސްފަތި 06:26

ގޭ ބަންދުގައި ހުންނެވި މަހްލޫފު އެއްވެސް ޝަރުތަކާއި ނުލައި ދޫކޮށްލާފައި ވަނީ އަންގާރަ ދުވަހު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 18 އޮކްޓޯބަރު 2018 | ބުރާސްފަތި 06:26
މިނިވަންވެވަޑައިގެން މަހުލޫފް ކްރިމިނަލް ކޯޓް ސަރަހައްދުގައި

މިނިވަންވެވަޑައިގެން މަހުލޫފް ކްރިމިނަލް ކޯޓް ސަރަހައްދުގައި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިނިވަންވެ، ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ރައްޔިތުން ކިޔައިފި އެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ގޭ ބަންދުގައި ހުންނެވި މަހްލޫފު އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލާފައިވަނީ އަންގާރަ ދުވަހު އެވެ.

Advertisement - newsAdvertisement

އޭނާ މިނިވަންވުމާއެކު އަންގާރަ ދުވަހުގެ ރޭ ފުވައްމުލަކަށް ވަޑައިގެންފައިވަނީ ދަރިފުޅު ލައިބާ އަހްމަދު މަހްލޫފު (އެލީ) މާލެ ގެނައުމަށެވެ. ފުވައްމުލަކަށް ވަޑައިގެންނެވުމާއެކު އެއާޕޯޓުން މަހުލޫފަށް އެ ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އަދި މަަހުލޫފަށް މަރުހަބާ ކިޔުމަށް ދިގު ސަފުތައް ދަމާލައިފައިވެއެވެ.

ފުވައްމުލަކަކީ މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމްގެ އުފަން ރަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަކީ ނިމިގެންދިޔަ އަހަރުތަކުގައި ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގައި ބުރަ މަސައްކަތްތަކެއް އަދި އެހާމެ ބޮޑު ގުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން އެތަށް ފަހަރަކު ޖަލަށްލެވި، ބޭއިންސާފު ހުކުމްތަކާއެކު ޖަލުގައި ގިނަ ދުވަސްތަކެއް އޮންނަވަންޖެހިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް މަހްލޫފް ވަނީ ޖަލުގައި ހުންނަވައިވެސް، އަދި ގޭ ބަންދުގައި ހުންނަވާވެސް ސާބިތުކަމާއެކު މަސައްކަތްކުރައްވާ، ޤައުމަށް އުޖާލާ ދުވަސްތަކެއް ހޯދައިދެއްވުމަށް ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

އަންގާރަ ދުވަހު މިނިވަންވެވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ ކޯޓުން މިނިވަން ވުމަކީ އަދި އިންސާފު ލިބިގެންދިއުން ނޫން ކަމަށާއި އިންސާފަށް ކުރަން ޖެހޭ މަސައްކަތް އަދި އޮތީ ކަމަށެވެ. ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިން ހުރިހާ ފަރާތްތަކަށް މަހްލޫފު ވަނީ ތައުރީފުކުރައްވައި ޝުކުރު އަދާ ކުރައްވާފައި އެވެ. ބިރުވެރި ނާމާން ހާލަތެއްގައި މީޑިއާތަކުންކުރި މަސައްކަތައް ވެސް ޝުކުރު އަދާކުރެއްވި އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
12 މާރިޗު 2017

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި

12 މާރިޗު 2017
ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
10 މާރިޗު 2017

ފުއާދު ތައުފީޤް މިނިވަންވެއްޖެ

10 މާރިޗު 2017
ފުއާދު ތައުފީޤް މިނިވަންވެއްޖެ
26 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
13 ފެބުރުއަރީ 2017

ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި

13 ފެބުރުއަރީ 2017
ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް