Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިޚާބު 2018

‏ޚިޔާނާތާއި، ވައްކަމަށް ރައްޔިތުން ދިން ރައްދު

23 ސެޕްޓެމްބަރު 2018 | އާދީއްތަ 19:12

‏އެ މަނިކުފާނަކީ ޚީޔާނާތާއި، ވައްކަމާއި، ފަސްބައިގައި ކިލަނބު ކަމެއް ނެތް ބޭފުޅެއް ‏

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް | 23 ސެޕްޓެމްބަރު 2018 | އާދީއްތަ 19:12
އިބޫ އާއި ރަނިންމޭޓް ފައިޞަލް. ރާއްޖޭގައި މިހާތަނަށް އިންތިޚަބު ކުރެވުނު އަތޮޅުތަކަށް ނިސްބަތްވާ ރައީސް.

އިބޫ އާއި ރަނިންމޭޓް ފައިޞަލް. ރާއްޖޭގައި މިހާތަނަށް އިންތިޚަބު ކުރެވުނު އަތޮޅުތަކަށް ނިސްބަތްވާ ރައީސް.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ކާމިޔާބު ކުރެއްވި އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) އަކީ މުޅި ރާއްޖޭގައި ގިނަ ބަޔަކު މާބޮޑަށް ދަންނަ ބޭފުޅެއް ނޫނެވެ. ނަމަވެސް އެމަނިކުފާނުގެ ކިބައިގައި ހުންނަ ރަނގަޅު ކަންތައްތަކުގެ ވާހަކަ ބައެއް މީހުން ދައްކައި އުޅުނު ބޭފުޅެކެވެ. އަދި ވެރިކަމަށް ކުރިމަތި ލައްވާނެ ނުވަތަ ކުރިމަތި ލެއްވޭނޭ ބޭފުޅެއްކަމުގައި ޤަބޫލުކުރެވުނު ބޭފުޅެއް ނޫނެވެ.

އެމްޑީޕީއިން 2018 ގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވުނު ވޯޓުލުމުގައި ކެނޑިޑޭޓަކަށް ޢައްޔަންކުރެވުނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ނަމަވެސް މިއަހަރުގެ ޖޫންމަހުގެ 30 ވަނަ ދުވަހު އެމްޑިޕީ އިން ބޭއްވި އެޕާޓީގެ ކޮންގްރެސް ގައި އެޕާޓިގެ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުއަށް ވާދަ ނުކުރެއްވޭނެ ފަދަ ޙާލަތެއް މެދުވެރި ވެއްޖެ ނަމަ އެޕާޓީ އިން 2018 ގައި ވާދަކުރައްވާނީ އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ކަމުގައި ހަމަޖެހުނެވެ. މި ނިންމުމާ ގުޅިގެން އެމްޑީޕީއާއި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ވެސް އިބޫ އަށް ތާއީދު ކުރަން ނިންމިއެވެ.

މި ތާއިދު ކުރުމާ އެކު ގިނަ ބައެއްގެ ތާއީދާއި، ރުހުން ލިބިގެން ދިޔައެވެ. މިއާ އެކު އިބޫ އަކީ 2018 އިން ފެށިގެން 5 އަހަރަށް އިންތިޚާބު ކުރެވޭނޭ ރައީސުލް ޖުމްހުރިއްޔާ ކަމަށް ގިނަ މީހުން ޤަބޫލު ކުރަން ފެށިއެވެ. އަދި އިބޫ އަކީ ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ޢައްޔަން ކުރެވޭނޭ އަތޮޅުތަކަށް ނިސްބަތް ވާ މި ދިވެހިރާއްޖޭގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ ކަމުގައެވެ.

މިއާ އެކު އެމަނިކުފާނުގެ ރަނގަޅުކަމާއި، ނުރަނގަޅު ވާހަކަތައް ދިވެހި ޖައްވުގައި ގުގުމައިގެން ދިޔައެވެ. އެމަނިކުފާނަކީ ކެތްތެރި ބޭފުޅެއް ކަމުގައެވެ. އެބޭފުޅާއަކީ ޙިކުމަތްތެރި ބޭފުޅެއް ކަމުގެ ވާހަކައެވެ. މީހުންނަށް ކަމޭ ހިތްތަވާ އަދި އޯގާތެރި ބޭފުޅެއް ކަމުގައެވެ. ގިނަބަޔަކާ އެކު ގުޅިގިން އެއްބައެއްގެ ފިކުރާއި، އަނެއްބައެއްގެ ވިސްނުމަށް ޖާގަ ދެއްވާ ޙިކުމަތްތެރި ބޭފުޅެއް ކަމުގައި ސިފަކުރަމުން ގެންދިޔައެވެ. އަދި އެ މަނިކުފާނަކީ ޚީޔާނާތާއި، ވައްކަމާއި، ފަސްބައިގައި ކިލަނބު ކަމެއް ނެތް ބޭފުޅެއް ކަމުގައި ދެކެމުން ގެންދިޔައެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމަނިކުފާނުގެ މަޝްހޫރުކަމާއި، އެމަނިކުފާނުގެ ނިޔަނެތިކަން މީހުންނަށް ހާމަވެ، ތާއީދު ބޮޑުވަމުން ދިޔައެވެ.

އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އިބޫ ވެގެން ދިޔައީ ގިނަ ބަޔެއްގެ ހިތުގެ ވިންދު ކަމުގައެވެ. އަދި ޤައުމުގައި ތަޙައްމަލް ކުރަމުން އައި އަނިޔާވެރިކަމާއި، ކެކުޅުން ތަކަށް، ނިމުމެއް ގެންނަވާނޭ ބޭފުޅެއް ކަމުގައި ޤަބޫލު ކުރަމުން ގެންދެވުނެވެ. މިކަން ދޭހަވަނީ އެމަނިކުފާނާއި، އެމަނިކުފާނުގެ ރަނިންގ މޭޓާއި، އެ ދެ ބޭފުޅުންގެ ޓީމުން ކުރައްވަމުން ގެންދެވި ބުރަ މަސައްކަތުންނެވެ. ދުވަހަކަށްވުރެ ދުވަހެއް ދިޔައީ އެ ބޭފުޅުންގެ ތާއިދު ދިވެހި ޖައްވުގައި ގުގަމުންނެވެ. ހަމަ އެފަދައިން ދިވެހިންނަށް ފަހި މުސްތަޤުބަލެއް ގެންނެވޭނޭ ބޭފުޅެއް ކަމުގައި ބަލައިގަންނަމުން ގެންދެވުނެވެ.

އަދި ޕީޕީއެމްގެ ސަރުކާރުގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ދައްކަވަމުން ގެންދެވި ކޮންކްރީޓް ތަރައްޤީ އަކީ އަވާމެންދުރެއް ކަމުގައި ބުނަމުން ގެންދިޔަ ބުނުން ރައްޔިތުން މިވަނީ ޙަޤީޤަތުގައި ވެސް "އަވާމެންދުރެއް" ކަމުގައި ދައްކާފައެވެ. މިކަމުން ހާމަވީ، ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ދައްކަވަމުން ގެންދެވި ތަރައްޤީ ކަމުގައި ބުނާ ޚިޔާނާތުގެ ހިޔަނި އެޅިފައިވާ ތަރައްޤީއަކީ މިއަދު ދިވެހިން ޤަބޫލު ކުރާނޭ ކަމެއް ނޫން ކަމެވެ. އަދި ފޮރުވިފައިވާ އެޖެންޑާއެއްގެ ދަށުން ކުޅުއްވަން މަސައްކަތް ކުރައްވަމުން ގެންދެވި "ދީނީ ކާޑު" އަކީ، އޮޅުވާލުމެއް ކަމުގައި ޤަބޫލު ކޮށްފައެވެ. އަދި ރައްޔިތުން ވަނީ، އިބޫ އަކީ ރައްޔިތުންގެ ހިތުގެ ރަސްގެފާނުކަމުގައި ކަނޑައަޅައިފައެވެ. ޤައުމުގެ މުސްތަޤުބަލު އެމަނިކުފާނާ ޙަވާލު ކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
16 ޖެނުއަރީ 2017

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

16 ޖެނުއަރީ 2017
ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!
11 ޖެނުއަރީ 2017

ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!

11 ޖެނުއަރީ 2017
ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް