Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ނަމާއި ދިމާވާ ގޮތަށް ރަނގަޅު ފާހަގަ ޖަހާ ކަރުދާސް ސައްހަވާނެ، ގޮޅިތެރޭގައި ފާހަގަ ނުޖެހުމަކީ މައްސަލައެއް ނޫން: އިލެކްޝަން

2 އޮކްޓޯބަރު 2018 | އަންގާރަ 12:17

ވޯޓުގެ ނަތީޖާ ޝީޓްގައި ލިޔާނީ އަތުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 2 އޮކްޓޯބަރު 2018 | އަންގާރަ 12:17
އިންތިހާބެއްގައި ބޭނުންކުރި ވޯޓު ކަރުދާސްކޮޅުތަކެއް:- ވޯޓު ކަރުދާހުގައި ނަމާ ދިމާލުގައި ހުންނަ ރަނގަޅު ފާހަގަ ސައްހަ ކަމަށް ބަލާނެ

އިންތިހާބެއްގައި ބޭނުންކުރި ވޯޓު ކަރުދާސްކޮޅުތަކެއް:- ވޯޓު ކަރުދާހުގައި ނަމާ ދިމާލުގައި ހުންނަ ރަނގަޅު ފާހަގަ ސައްހަ ކަމަށް ބަލާނެ

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު އެ މީހަކު ބޭނުންވާ ކެންޑިޑޭޓްގެ ނަމާ ދިމާވާ ގޮތަށް ރަނގަޅު ފާހަގަ ޖަހައިފި ނަމަ އެ ކަރުދާސްކޮޅު ސައްހަވާނެ ކަމަށާއި ކޮންމެހެން ގޮޅި ތެރޭގައި އެ ފާހަގަ ޖަހަން ނުޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ބާޖަމާލުއްދީން ހޯލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ފާހަގަ ހުންނަ ކޮންމެ ކަރުދާސްކޮޅެއް އެއީ ސައްހަ ވޯޓެއްގެ ގޮތުގައި ގުނާނެ ކަމަށެވެ. އަދި ހަމަ އެހެންމެ ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގައިގެ އިތުރުން ކޮންމެ އެއްޗެއް ކުރަހާ ލިޔެފައި އޮތަސް އެ ކަރުދާސް ސައްހަވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: -ފޮޓޯ ރާއްޖެއެމްވީ

މީގެ އިތުރުން ވޯޓުގެ ނަތީޖާ ވޯޓުލާ މަރުކަޒުގައި އިއުލާން ކުރުމަށް ފަހު ނަތީޖާ ޝީޓް މަރުކަޒުގައި ތަތްކުރާނީ އަތުން ލިޔުމަށް ފަހު ކަމަށާއި ނަތީޖާ ޓެބްލެޓަށް އަޅާނީ އޭގެ ފަހުގައި ކަމަށް ޝަރީފު ވިދާޅުވިއެވެ.

ވޯޓުލާ މަރުކަޒުގައި ތިބޭ މޮނިޓަރުން ފޯނު ޗާރޖްކުރުމަށް ޕަވަރބޭންކް ވެއްދުމުގެ ހުއްދަ އޮންނާނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ. ވޯޓު ފޮއްޓަށް އައްޔަންކުރި ބައެއް އޮފިޝަލުން ސިޔާސީ ކަންކަމުގައި ބައިވެރިވެގެން ފިޔަވަޅު އަޅާފައިވާނެ ކަމަށް ވިދާޅުވި ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.

މާދަމާ ބާއްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ތައްޔާރުވަނީ: -ފޮޓޯ ރާއްޖެއެމްވީ

އިލެކްޝަންސް ކޮމިޝަނުގެ ސާވަރ އަށް އެހެން އެއްވެސް ބަޔަކަށް އެކްސެސް ނުވެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފާހަގަ ކުރައްވައި ޝަރީފު ވިދާޅުވީ އެ ކޮމިޝަނުގެ ސާވަރ އަށް ދުވާލަކު ދެ ލައްކަ އެޓޭކް ދެމުންދާ ކަމަށެވެ. އަދި އެ އެޓޭކްތައް ދެމުންދަނީ ރާއްޖެއިން ބޭރުން ކަމަށާއި އެ ސާވަރ އަށް އެއްވެސް ފަރާތަކަށް ނުވަދެވޭނެ ކަމަށް ވިދާޅުވިއެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 262135 މީހުނަށް ލިބިފައިވާއިރު 472 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި 2610 މީހަކަށާއި މޮނިޓަރުންގެ ގޮތުގައި 3329 މީހުނަށް ހުއްދަ ދީފައިވާ ކަމަށް އިލެކްޝަނުން މިއަދު ބުންޏެވެ. އަދި އެހެންމެ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 945 މީހަކު ތިބޭއިރު ބައިނަލް އަގުވާމީ 26 އޮބްޒާވަރަކަށް އިންތިހާބު ކަވަރުކުރުމަށް ހުއްދަ ދީފައިވާނެ ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް