Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް

2 އޮކްޓޯބަރު 2018 | އަންގާރަ 12:38

އަދިވެސް ދައްކަން ގިނަ ވާހަކަތަކެއް އެބަހުރި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 2 އޮކްޓޯބަރު 2018 | އަންގާރަ 12:38
އެއަރޕޯޓްގައި ހުންނަވައި ޝެއިޚް އިލްޔާސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

އެއަރޕޯޓްގައި ހުންނަވައި ޝެއިޚް އިލްޔާސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުވާކުރައްވައި ވިދާޅުވި ކަމަށް އައްޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

މެލޭޝިއާއަށް ވަޑައިގަންނަވަން، މިއަދު ހެނދުނު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން، އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން އެނގިވަޑައިގަތުމާއި ގުޅިގެން އެއާޕޯޓުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝެއިޚް އިލްޔާސް ވިދާޅުވީ ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ހުވާކުރައްވައި ޝެއިޚް ޝަހީމް ވިދާޅުވެފައިވާ ކަމަށާއި، އަދި އެ މައްސަލަ އެގޮތަށް ރައީސް ޔާމީން ނިންމަވައިފި ނަމަ މަޤާމުން އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އޭރު ޑރ. ޝަހީމް ހުންނެވީ އިސްލާމީކް މިނިސްޓަރުކަމުގެ މަޤާމުގައެވެ.

Advertisement - newsAdvertisement

ޝެއިޚް އިލްޔާސް ވިދާޅުވީ ކާނަލް ނާޒިމްގެ މައްސަލައިގައި ވެސް ކަންތައް ހިނގާފައިވާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަން މިއަދު މަޖުބޫރުވީ ހާލަތު ދިމާވި ގޮތުން ކަމަށެވެ. އަދިވެސް ދައްކަވަން ގިނަ ވާހަކަތަކެއް ހުރި ކަމަށާއި، ކަންތައްތައް ދާ ގޮތުން އެ ވާހަކަތައް މިއަދު ހަވީރުން ފެށިގެން ހާމަކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ކައިރީގައި އަޅުގަނޑުގެ އަޚް ޑރ. ޝަހީމް ހުވާކޮށްފައި ވިދާޅުވީ، ފްރޭމްކޮށްފައި އޮތް މައްސަލައެކޭ، ތިމަންނަ މި މައްސަލަ މިގޮތަށް ނިންމައިފިއްޔާ ވަގުތުން އިސްތިއުފާ ދޭނަމޭ އެންމެ މިނިޓަކަށް ނުހުންނާނަމޭ. މިހާ އަނިޔާވެރި ބަޔެކޭ، ހަންޑްރެޑް ޕަސެންޓް ރޭވުމެއްގެ ދަށުން ކުރާ ކަމެކޭ،" އިލްޔާސް ވިދާޅުވިއެވެ.

ޝަހީމްގެ ބަސްމަގު މިއަދު ބަދަލުވެފައިވާ ކަމަށް އިޝާރާތް ކުރައްވައި އިލްޔާސް ވިދާޅުވީ ޖަލުގައި ހައްޔަރުކޮށްފައިވާ ލީޑަރުންގެ ތެރެއިން އެއްވެސް ލީޑަރަކަށް ނު ދޭނެ ފަދަ "ގަދަފަދަ އަދަބު" ރައީސް މައުމޫނަށް ދެއްވާނެ ކަމަށް ރައީސް ޔާމީން އޭނާގެ ގާތް އަޚަކު ކައިރީ ވިދާޅުވެފައިވާ ކަމަށް ޝަހީމް އިލްޔާސް ގާތު ވިދާޅުވެފައިވާ ކަމަށެވެ.

މި ސަރުކާރުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާ ކަމަށް ޝެއިޚް ޝަހީމް ވިދާޅުވަމުން ގެންދެވި ކަމަށެވެ. ޝަހީމަށް ކެރިވަޑައިގަންނަވާ ނަމަ، އެ ވާހަކަތައް ވިދާޅުނުވާ ކަމަށް އާންމުންގެ ކުރިމަތީގައި ހުވާކުރައްވައި ޑރ ޝަހީމް ވިދާޅުވާން ކެރޭނެތޯ އިލްޔާސް ވަނީ ވިދާޅުވެފައެވެ.

ޝެއިޚް އިލްޔާސް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ "އަނިޔާވެރިކަމުގެ" ވާހަކަ ޝަހީމް އެތައް ފަހަރަކު ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ އެ "އަނިޔާވެރި" ސަރުކާރުގެ ދިފާއުގައި ހުންނަވަނީ ކީއްވެތޯ އިލްޔާސް ވަނީ ސުވާލު އުފައްދަވާފައެވެ.

ޝެއިޚް އިލްޔާސްގެ މި ތުހުމަތުތަކާ ގުޅޭ ގޮތުން ޑރ. ޝަހީމްގެ ބަހެއް ހޯދުމަށް ފޯނު ކުރުމުން ފޯނަށް ޖަވާބުނުދެއްވާތީ އާއި އަދި މެސެޖަށް ވެސް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން، ޝެއިޚް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އައްޑުއަތޮޅުގެ ގަމުން ފުރައިގެން ލަންކާ މަގުން މެލޭޝިޔާއަށް ފުރާވަޑައިގަތުމަށް އެއަރޕޯޓަށް ވަޑައިގެންނެވުމުންނެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ޝެއިޚް އިލްޔާސް ދެއްކެވި ވާހަކަތަކަކާ ގުޅިގެން ފުލުހުން ވަނީ ޝެއިޚް ފުލުހަށް ހާޒިރުވުމަށް އަންގާފައެވެ. އޭރު ޝެއިޚް ހުންނެވީ މެލޭޝިޔާގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
29 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ

29 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް