Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވޯޓު ކަރުދާހުގައި އެއްވެސް ކަހަލަ ކެމިކަލެއް ނުހުންނާނެ: އެމް7

22 ސެޕްޓެމްބަރު 2018 | ހޮނިހިރު 02:28

ސޯޝަލް މީޑިއާގައި އެމް7އާ ބެހޭ ގޮތުން ދައުރުވަމުންދާ ވާހަކަތަކަކީ ދޮގެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 ސެޕްޓެމްބަރު 2018 | ހޮނިހިރު 02:28
އިންތިހާބެއްގައި އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރި ވޯޓު ކަރުދާސް

އިންތިހާބެއްގައި އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރި ވޯޓު ކަރުދާސް

ވޯޓު ކަރުދާހުގައި އެއްވެސް ކަހަލަ ކެމިކަލެއް ނުހުންނާނެ ކަމަށް ވޯޓް ކަރުދާސް ޗާޕް ކުރި އެމް7 ޕްރިންޓް އިން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ ރާއްޖެޓީވީއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި އެމް7ގެ ވެރިޔާ ސައްތާރު ވިދާޅުވީ ސޯޝަލް މީޑިއާގައި އެމް7އާ ބެހޭ ގޮތުން ދައުރުވަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެމް7 އިން ޗާޕް ކުރި ވޯޓު ކަރުދާސްތަކުގައި އެއްވެސް ކަހަލަ ކެމިކަލެއް ނުހުންނާނެ ކަމަށާއި ބޭރު ފަރާތަކުން ގެނައި ކަރުދާސް ނުވަތަ އިންކް ވޯޓު ކަރުދާސްތަކުގައި ބޭނުންކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެން މިތަނުން ޗާޕް ކުރި އެއްވެސް އެއްޗެއްގައި އަޅުގަނޑުމެން މިތަނުން ދޫކުރި އެއްވެސް އެއްޗެއްގައި އެކަހަލަ އެއްވެސް ކަމެއް ނީންނާނެ. ކަރުދާހުގައި ފާހަގަ ޖައްސަވާފައި ފުހެވޭނެ ކަމަށް ވިސްނަވާނެކަމެއް ނެތް، އޭތި ނުފޮހެވޭނެކަމުގެ ގެރެންޓީ އަޅުގަނޑު ޕާރސަނަލީ އަރުވަން ހުރިހާ ރައްޔިތުން. އެހެނެއް ނޫން އަޅުގަނޑުމެން މި ކަށަވަރު ކޮށްދެނީ އަޅުގަނޑުމެން އަތުގައި ހުރި ކަރުދާސްތައް އަޅުގަނޑުމެން ހަވާލުކުރީ އެ ފެންވަރުގައި. އަޅުގަނޑުމެން ޤަބޫލެއް ނުކުރަން އިލެކްޝަންސް ކޮމިޝަނުން އެހާ ވަގުތު ކައިރިވެފައި އޮތްވާ، އިތުރު ކަންތައްތަކެއް އޭގެ ތެރެއަށް ވަދެދާނެ ކަމަށް. އަޅުގަނޑުމެން ވަރަށް ޔަޤީންކަންދެން ކަރުދާސް ކަހާލިޔަސް 4 ގަޑިއިރުން ނުވަތަ 15 މިނެޓުން ފޮހެވޭނެ ކަމަކަށް، އަދި އެކަހަލަ ކެމިކަލެއް ދުނިޔޭގައި އުފައްދާފައިވާ ކަމަށް ޤަބޫލެއް ނުކުރަން. އެހެންނަމަވެސް އެ ބޭނުންކުރައްވާ ގަލަމަކީ އެއީ ރަނގަޅު ގަލަމެއް ކަމަށް ޔަޤީން ކުރެއްވީމަ ރަނގަޅުވާނެ، ފޮހެވުނަސް ފޮހެވޭނީ އެ ގަލަމުގެ ސަބަބުން، ދުނިޔޭގައި އެބަހުރި އެކަހަލަ ގަލަން އުފައްދާފައި،" ސައްތާރު ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ އިލްކްޝަންސް ކޮމިޝަނުން ވޯޓް ކަރުދާސްތައް ޗާޕް ކުރަން އެމް7އާ ހަވާލުކުރީ ވަކި ކަންތައްތަކަކަށް ބަލާފައި ކަމަށާއި އެއީ ކްރައިޓީރިއާއެއްގެ ދަށުން މާރކްސް ދެވިފައިވާ ކަންތައް ކަމަށެވެ.

ސައްތާރު ވަނީ ވޯޓް ކަރުދާހުގައި ފާހަގަ ޖެހުމަށް ފަހު އެ ފާހަގަ އެ ވޯޓް ކަރުދާހުން ފޮހެވިގެންނުދާނެ ކަމުގެ "ގެރެންޓީ" ރައްޔިތުންނަށް ދެއްވާފައެވެ.

ވޯޓް ކަރުދާސް ޗާޕް ކުރުމަށް ކަރުދާސް ގެނެސްފައި ވަނީ އޮސްޓްރޭލިއާގެ ޕަބްލިކް ކުންފުންޏަކުންކަން ފާހަގަކުރައްވާ ސައްތާރު ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ބިޑް ޑޮކިއުމަންޓްގައި އިން ވަރަށް ވުރެ ގިނަ ސެކިއުރިޓީ ފީޗާޒް އެ ވޯޓް ކަރުދާހުގައި ހުންނާނެ ކަމަށެވެ.

ވޯޓް ކަރުދާސް އިތުރަށް ޕްރިންޓްކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ ސައްތާރު ވަނީ އެވާހަކަ ތަކުރާރު ކުރައްވާފައެވެ.

"ދެ ލައްކަ ފަސްދޮޅަސް ހަތަރު ހާސް ހަތް ސަތޭކަ ފަންސާސް ހަޔެއް، އޭގެ މާނައަކީ 10،590 ފޮތާއި ވަކިން އިން 6 ގަނޑު، މީގެ އިތުރަކަށް އިލެކްޝަންސް ކޮމިޝަނަކަށް ކަރުދާސްތަކެއް ހަވާލުކޮށްފައި ނުވާނެ ކަމަށް އަޅުގަނޑު ރައްޔިތުންނަށް އެމް7ގެ ފަރާތުން ޔަޤީންކަން އަރުވަން،" ސައްތާރު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ސެޕްޓެމްބަރު 19 ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ވަނީ ރިޔާސީ އިންތިޚާބަށް 264,756 (ދެލައްކަ ފަސްދޮޅަސް ހަތަރު ހާސް ހަތްސަތޭކަ ފަންސާސް ހައެއް) ވޯޓު ކަރުދާސްކޮޅު ޗާޕުކޮށްފައިވާ ކަމަށެވެ. އަދި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަށް ވުރެ އިތުރަށް 2621 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ކުރިން ބުނެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް