Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިސޯޓުގައި ހުރި ބުދުތައް

ސިއްރު ފެންފުށި ރިސޯޓްގައި ހުރި ބުދުތައް ފުލުހުން ނަގައިފި

21 ސެޕްޓެމްބަރު 2018 | ހުކުރު 13:55

މި ގެލަރީ ހުންނަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 ސެޕްޓެމްބަރު 2018 | ހުކުރު 13:55
ސިއްރު ފެންފުށި ރިސޯޓުގައި ހުރި ބުދުތައް ފުލުހުން ނަގަނީ

ސިއްރު ފެންފުށި ރިސޯޓުގައި ހުރި ބުދުތައް ފުލުހުން ނަގަނީ

ސިއްރު ފެންފުށީގައި ހަދާފައިވާ ކޮރަލޭރިއަމްގައި ހުރި ބުދުތައް ފުލުހުން މިއަދު ހަވީރު 05:45 ގައި ފުލުހުން ނަގައިފިއެވެ.

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ވަނީ ސިއްރު ފެންފުށި ރިސޯޓު ހިންގަމުންދާ ކުންފުނީގެ މައްޗަށް އެ ބުދުތައް ނެގުމަށް ފަސް ގަޑި އިރުގެ މުއްދަތެއް ދީފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ބުދުތައް ނުނަގައިފިނަމަ ފުލުހުންނާއި ސިފައިން ނުކުމެ އެ ބުދުތައް ނަގާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ސިއްރު ފެންފުށީގައި ބުދު ބަހައްޓައިގެން ހަދާފައިވާ ކޮރަލޭރިއަމްގެ މައްސަލަ ހޫނުވެ ބުދުތައް ނަގާފައިވަނީ އެ މައްސަލާގައި އިލުމުވެރިންގެ ފާޑު ކިއުންތައް ވެސް އަމާޒު ވެފައިވަނިކޮށެވެ. ބުދުތައް ބެހެއްޓި މައްސަލާގައި ސަރުކާރަށް ވެސް އެތައް ފާޑު ކިއުމެއް އަމާޒުވެފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑުގެ އުފުލުން ދައްކުވައިދޭ ގޮތަށް އެ ރިސޯޓުން ހެދި ކަނޑުއަޑީގެ ގެލަރީގައި އިންސާނުންގެ ސޫރަ ފެންނަ ގޮތަށް ހަދާފައިވާ ބުދުތަކެއް ބެހެއްޓި މައްސަލަ ފެންމަތިވީ މިއަހަރުގެ ޖުލައި މަހުގެ ކުރީކޮޅުގައެވެ. އެކަމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އެންގެވުމަށް ޖުލައި 28 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ބުދުތައް ނަގަން ސިއްރު ފެންފުއްޓަށް އަންގައި ސިޓީއެއް ފޮނުވައިފައެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ނެޗުރަލިސްޓް އަދި އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސް އުފެއްދި މި ގެލަރީ ހުންނަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގައި ކަމަށް ވާއިރު މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން މިތަނުގައި ދައްކުވައިދީފައި ވަނީ އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައި ހުރި ބުދުތަކާއި އަދި ހަރުކޮށްފައިވާ މުރަކަތަކުންނެވެ.

ހަ މީޓަރު ހުންނަ ދަގަނޑު ކޮށްޓެއްގެ ގޮތަށް ތައްޔާރުކޮށްފައިވާ މި ކޮރަލޭރިއަމްގެ ތަންތަންގަނޑު ކަނޑައިގެން، ފެނާއި ވައި ދައުރު ވާނެ ގޮތަށް ވަނީ ހަދާފައެވެ. މި ކޮށީގެ ބޮޑުބައި ހުންނަނީ ފެނުން މަތީގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް