Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!

އަދާވާތްތެރިން ވެސް އިބޫއަށް ތެދުވެރި އަމާނާތްތެރި ރަނގަޅު މީހެއްގެ ލަގަބު ދިނުމުން އިބޫއަކީ ރަނގަޅު ބޭފުޅެއް ކަމަށް ނިންމެވި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 23:50
ހިތަދޫގައި ބޭއްވި ޖަލްސާގައި އިބޫ އަދި އިލްޔާސް

ހިތަދޫގައި ބޭއްވި ޖަލްސާގައި އިބޫ އަދި އިލްޔާސް

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިޚްތިޔާރު ކުރެވުނީ ހިކުމަތަކަށް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އިލްުޔާސް މިގޮތަށް ވިދާޅުވީ ކޯލިޝަންގެ ކެމްޕެއިން ނިންމުމަށް އައްޑޫ ސިޓީ ހިތަދޫގައި އިބޫއާއެކު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މެލޭޝިއާގައި އަމިއްލަ ދަތުރުފުޅެއްގައި ހުންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން މި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން އިއުލާންކުރުމާއެކު އެއީ ކޮން ބޭފުޅެއްތޯ ހިތަށް އަރާވަޑައިގެންނެވި ކަމަށެވެ. އަދި މިހާރު ވެރިކަން ކުރާ ޕާޓީގެ އިސް ބޭފުޅުން އެ މަގާމު ހައްގުވަނީ އިބޫއަށް ކަމަށް ވިދާޅުވުމާއެކު އެކަމުގައި ޙިކުމަތެއް އޮންނާނެކަމަށް ހިތަށް އަރާވަޑައިގެންނެވި ކަމަށެވެ. އަދި ކީރީތި ރަސޫލާއަށް ވެސް އަދާވާތްތެރި މައްކާގެ މުޝްރިކުން އެކަލޭގެފާނަށް ތެދުވެރި އަމާނާތްތެރިޔެއްގެ ލަގަބު އަރުވާފައިވާ ކަމަށާއި އެހެންކަމުން އަދާވާތްތެރިން ވެސް އިބޫއަށް ތެދުވެރި އަމާނާތްތެރި ރަނގަޅު މީހެއްގެ ލަގަބު ދިނުމުން އިބޫއަކީ ރަނގަޅު ބޭފުޅެއް ކަމަށް ނިންމެވި ކަމަށް ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރޭނަމޭ ބުނީމަ އަޅުގަނޑު ހިތަށް އެރި ކާކުބާ އަންނަނީ. ކާކުތޯ ވަަޑައިގަންނަވަނީ އަޅުގަނޑުމެންގެ މައްޗަށް ކުރިޔަށް އޮތް ފަސް އަހަރު ވެރިކަން ކުރައްވަން. އަޅުގަނޑު ވިސްނަ ވިސްނާ ހުއްޓާ، އަޑުއިވުނީ އިދިކޮޅު މީހުން، މިހާރު ވެރިކަން ކުރާ އަނިޔާވެރި ޕާޓީގެ އިސް ބޭފުޅުން ވިދާޅުވަނީ ކޯލިޝަންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ އިބްރާހިމް މުހައްމަދު ސާލިހުއޭ. މިވާހަކަ އަޑުއިވުނީމަ ހިތަށް އެރި މިއީ ހެޔޮ ފާލެކޭ. ކޮންމެވެސް ހިކްމަތެއް އޮންނާނޭ. އެހާ ހިސާބުން އަޅުގަނޑު ހަނދާނަށް އައީ ރަސޫލާ صلى الله عليه وسلم ދެކެ ނުރުހުން ވެގެންވާ ހާލުގައި ވެސް މައްކާގެ މުޝްރިކުން ވިދާޅުވީ ކަލޭގެފާނަކީ ތެދުވެރި އަމާނާތްތެރިޔެކޭ. އެހެންވީމާ އަދާވާތްތެރިން އެމީހަކަށް ތެދުވެރި އަމާނާތްތެރި ރަނގަޅު މީހެއް ކަމުގެ ލަގަބު ދިނީމާ އޭގެ މާނައަކީ އަޅުގަނޑު އެހާ ހިސާބުން ނިންމިން. އާނ! މިއީ ރަނގަޅު ބޭފުޅެކޭ އަޅުގަނޑުގެ ހަޔާތުގަ މިރޭ ފުރަތަމަ ބައްދަލުވި،" މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝެއިހު އިލްޔާސް ވިދާޅުވިއެވެ.

ޝެއިހް އިލްޔާސް ވިދާޅުވީ ކޯލިޝަނުން ނެރުނު މެނިފެސްޓޯއަކީ އޭނާގެ ހަޔާތުގައި ރާއްޖޭގައި ނެރުނު އެންމެ ކަމުދާ މެނިފެސްޓޯ ކަމަށާއި އަދި އެއަށްފަހު ފެނިގެންދިޔައީ އޯގާތެރިކަމާއި މަޑުމައިތިރިކަން ކަމަށެވެ. އަދި އެހާ ހިސާބުން އިބޫއަކީ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ގާބިލު ބޭފުޅެއް ކަމަށާއި ކުރިޔަށް އޮތް ފަސް އަހަރު އެމަނިކުފާނަށް ވޯޓު ދެއްވަން ނިންމެވި ކަމަށް ޝެއިހް ވިދާޅުވިއެވެ.

"މި ނެރުނު މެނިފެސްޓޯއަށް ބަލާލިއިރު އަޅުގަނޑުގެ ހަޔާތުގައި ދިވެހިރާއްޖޭގެ މިހާ ހިސާބަށް އަޅުގަނޑަށް ފެނުނު މެނިފެސްޓޯތަކުގެ ތެރެއިން އެންމެ ކަމުދާ އަޅުގަނޑަށް އެންމެ ހިތްގައިމު މެނިފެސްޓޯއަކަށް ވެގެން ދިޔައީ ކޯލިޝަންގެ މެނިފެސްޓޯ ކަމަށްވާތީ. އެހާ ހިސާބުން އަޅުގަނޑު ނިންމީ. ދެން އަޅުގަނޑަށް ފެނުނީ މަޑުމައިތިރި ކަމާއި އޯގާތެރިކަމާއި މި ކަންތައްތަށް ފެނުނީމާ އަޅުގަނޑު ހިތަށް އެރީ މިއީ އަޅުގަނޑުމެންގެ މައްޗަށް ވެރިކަން ކުރަން ގާބިލު ބޭފުޅެކޭ ކުރިޔަށް އޮތް ފަސް އަހަރަށް މިބޭފޫޅާއަށޭ ވޯޓު ދޭނީ. އެއަށްފަހު އަޅުގަނޑު ނިންމީ އެއަށްފަހު އަޅުގަނޑަށްވުރެ ނުބައި ނުލަފާ ޖައްބާރު މީހަކު ދުނިޔެ މަތީގައި ނެތްކަމަށް އިއުލާން ކުރެވުނީ. މައްސަލައެއް ނޫން. ﷲ (ސ.ވ.އ) ވޮޑިގެންވާތީ މައްސަލައެއް ނެތް އެއީ ސަބަބަކީ އެ ހުރިހާ ތަފްސީލެއް އަޅުގަނޑު މީގެކުރިން ބަޔާން ކޮށްދީފައިވާތީ،" ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

ދޮގު ވާހަކަތަކާއި ފިތުނަ އުފައްދާ ކަމަށް ބުނެ، ޝެއިހް އިލްޔާސް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ވަނިކޮށް މެލޭޝިއާއަށް ވަޑައިގަތުމާއެކު ފިއްލެވީ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާތީ އެކަމަށް ރައްދު ދެއްވާ ވިދާޅުވީ ފިއްލަވާފައިވާ ކަމަށް ވިދާޅުވުމާއެކު ވަރަށް ދެރަވި ކަމަށާއި އެހާ ހިސާބުން ރާއްޖެ އައުމަށް ނިންމެވި ކަމަށެވެ. އަދި ބޭނުން ވަގުތަކު ބުނި ތަނަކަށް ދާން ހުންނެވީ ތައްޔާރަށް ކަމަށާއި މަރުވާނަމަ މަރުވާނީ ހައްގު ބަސް ބުނެގެން ކަމަށް ޝެއިހް ވިދާޅުވިއެވެ.

"އަޅުގަނޑު މިހުރީ ތައްޔާރަށް ބޭނުން ތަނަކަށް ބޭނުން ވަގުތެއްގެ ދާން. إِنْ شَاءَ اَللَّه މަރުވާ ކަމަށް ވަނީނަމަ މަރުވާނީ ހައްގު ބަސް ބުނެގެން. މައްސަލައެއް ނޫން. ނަމަވެސް ﷲ ގެ ދަނޑިބުރީގައި ހުރި ބާރު ނޭނގެނީ،" ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

މި ޖަލްސާގައި ޝެއިހް އިލްޔާސް ވަނީ އިބޫ އަދި ފައިސަލްއަށް ކާމިޔަބު ދެއްވުމަށް އެދި ހާއްސަ ދުއާއެއް ވެސް ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

24 އެޕްރީލު 2017
އިލްޔާސް އިބްރާހީމަށް ދީފައި އޮތް ފަޅު ރަށެއް ސަރުކާރަށް ނަގައިފި

އިލްޔާސް އިބްރާހީމަށް ދީފައި އޮތް ފަޅު ރަށެއް ސަރުކާރަށް ނަގައިފި

18 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް

ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް

12 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު