Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ ރޭސް 2018

އީސީ އިން ބުނީ ވޯޓު ގުނުމުގައި އަމަލުކުރަންޖެހޭ އުސޫލު އޮންނަން ޖެހޭނީ މިހެން ކަމަށް!

އިލެކްޝަންސް ކޮމިޝަނުގެ އަމަލުތަކާމެދު ކަންބޮޑުވުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 17:53
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ފޮށިތަކެއްގައި ވޯޓުލުން ބަންދުކޮށްފައި

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ފޮށިތަކެއްގައި ވޯޓުލުން ބަންދުކޮށްފައި

އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ މެދު ގިނަ ބައެއްގެ ހިތުގައި ޝައްކުތައް އުފެދި، ވޯޓް އޮޅުވާލާނެ ކަމަށް ބުނެ ތަފާތު ވާހަކަތައް ދަނީ ދައުރުވަމުންނެވެ. އެގޮތުން، ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކުރަމުންދިޔަ ނެޓްބުކްތަކުގެ ބަދަލުގައި ޓެބްލެޓް ބޭނުންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރުމާއެކު، އެއީ އިންތިހާބުގެ ނަތީޖާ އޮޅުވާލަން ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި އެވެ.

މި ވާހަކަތައް ރަށުތެރޭގައި ތަފާތު އެކިގޮތްގޮތަށް ދެކެވެމުން ދަނިކޮށް، ވޯޓްލާ މަރުކަޒުތަކުގައި ވަގުތީ ނަތީޖާ އިއުލާނުކުރުމުގެ ކުރިން، ޓެބްލެޓަށް ނަތީޖާ އެންޓަރ ކުރަން އިލެކްޝަންސް ކޮމިޝަނުގެ ޓްރެއިނިންގ ތަކުގައި އޮފިޝަލުންނަށް ކިޔައިދިންކަން ފަޅާއެރިއެވެ. ކުރިންވެސް އިލެކްޝަންސް ކޮމިޝަނާ މެދު ސުވާލުތަކެއް އުފެދިފައިވަނިކޮށް މިކަން ފަޅާއެރުމާއެކު އިދިކޮޅު ސިޔާސީ ޕާޓީތަކާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ކަންބޮޑުންތައް އިތުރުވިއެވެ.

އެހެންނަމަވެސް، އެންމެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދިޔައީ، މިފަހަރުގެ އިންތިހާބުގައި އަމަލުކުރާނީ ކުރީގެ އިންތިހާބުތަކުގައި ވެސް އަމަލުކުރަމުންދިޔަ ގޮތަށް ކަމަށެވެ. ކުރީގެ އިންތިހާބެއްގައި ނުކުރާ އެއްވެސް ކަމެއް މިފަހަރު ވެސް ނުކުރާނެ ކަމަށެވެ. ޓެބްލެޓް ބޭނުންކުރަނީ، ލުއިފަސޭހައަކަށްޓަކައި ކަމަށެވެ. ހުރިހާ ކަމެއްވެސް ކުރާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދައިން ބުނި ނަމަވެސް، އިދިކޮޅު ސިޔާސީ ޕާޓީތަކާއި ގިނަ އަދަދެއްގެ އާންމުންގެ މެދުގައި ޓެބްލެޓާއި މެދު ހުރި ކަންބޮޑުވުންތަކަށް ނިމުމެއް ނައެވެ. އެންމެފަހުން އިދިކޮޅު އެމްޑީޕީއިން އިލެކްޝަންސް ކޮމިޝަނާ ބުދަ ދުވަހު ބައްދަލުކޮށް، ވޯޓު ގުނުމުގައި އަމަލުކުރާ ގޮތާއި މެދު ހުރި ކަންބޮޑުވުން ހިއްސާކުރިއެވެ. އެއާއެކު އިލެކްޝަންސް ކޮމިޝަނުން މިވަނީ ވޯޓު ގުނުމުގައި އަމަލުކުރާނެ ގޮތް ހާމަކޮށްފައެވެ. ކޮމިޝަނުން ނެރުނު ބަޔާނުގައި ހިމެނެނީ މީގެ ކުރިން 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް އަމަލުކޮށްފައިވާ ގޮތެވެ.

އެގޮތުން، ރިޔާސީ އިންތިހާބުގައި ވޯޓް ލުމަށް ހަމަޖެހިފައިވާ ގަޑިހަމަވަމުން، ވޯޓް ފޮށި ބަންދުކުރުމާއި، ގުނުމުގެ މަރުހަލާތައް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

  1. އިންތިހާބުގައި ވޯޓް ލުމަށް ހަމަޖެހިފައިވާ ގަޑި ހަމަވުމުން ވޯޓް ފޮށި ސީލް ކުރެވޭނެ
  2. ވޯޓް ފޮށި ސީލް ކުރުމަށް ފަހު، ވޯޓް ލުމުގައި ބޭނުން ކުރި ތަކެތި، ބާކީވި ވޯޓް ކަރުދާހާއި، ކައުންޓަރ ފޮއިލް ޓެލީކޮށް، ރިޕޯޓުގައި ލިޔެ، އިއުލާނުކޮށް، އުރައަކަށްލައި ސީލް ކުރެވޭނެ.
  3. ވޯޓް ކަރުދާސް ގުނަން ފެށުމަށް ވޯޓް ފޮށީގެ ސީލް ކެނޑުމަށް ފަހު، ފޮށި ހުޅުވާނެ. ފޮށީގައި ހުރި ހުރިހާ ކަރުދާހެއް މޭޒު މައްޗަށް އޮއްސާލާނެ
  4. ވޯޓް ކަރުދާސްތައް ގުނާނީ ތިން ބަޔަކަށް އަޅައިގެން. ކެނޑިޑޭޓް ނަމްބަރު 1 އަށް ބައެއް، ކެނޑިޑޭޓް ނަމްބަރު 2 އަށް ބައެއް އަދި ބާތިލް ވޯޓަށް ބައެއް.
  5. މި ތިން ބަޔަށް ކަރުދާސްތައް ބަހާލުމަށް ފަހު، ވަކިވަކިން ކޮންމެ ވޯޓް ކަރުދާހެއް ވޯޓްލާ މަރުކަޒަށް ހާޒިރުވެ ތިބި މީހުންނަށް ދައްކާނެ.
  6. ވޯޓް ކަރުދާސްތައް ވަކިވަކިން ދެއްކުމަށް ފަހު، ވޯޓްލާ މަރުކަޒުގައި ހާޒިރުވެ ތިބި މީހުންނަށް އަޑުއިވޭވަރަށް ބާރަށް ގުނާނެ. މި އަށް ފަހު 50 ވޯޓް ކަރުދާހުގެ މަގުން ކަރުދާސްތައް ބަންޑެލި ކުރާނެ.
  7. ކޮންމެ ބަންޑެއްޔެއް ލޭބަލް ކުރާނެ.
  8. ވޯޓް ގުނަމުންދާއިރު، ގަލަމުން ނަތީޖާ ކަރުދާހުގައި އޮފިޝަލަކު ނަތީޖާ ލިޔަމުންދާނެ.
  9. ނަތީޖާ އިއުލާނުކުރުމުގެ ކުރިން ވޯޓް ފޮއްޓާއި ހަވާލުވެގެން ހުރި ވެރިޔާ އާއި ވޯޓް ގުނުމުގައި ބައިވެރިވި އިތުރު ދެ އޮފިޝަލަކު ނަތީޖާ ކަރުދާހުގައި ސޮއިކުރަން ޖެހޭނެ.
  10. ސޮއިކުރުމަށް ފަހު، ވޯޓްލާ މަރުކަޒުގައި ނަތީޖާ އިއުލާނުކުރެވޭނެ. އަދި އެންމެންނަށް ފެންނަން ހުންނާނެހެން ނަތީޖާ ކަރުދާސް ވޯޓްލާ މަރުކަޒުގައި ތަތްކުރާނެ.
  11. ނަތީޖާ އިއުލާނުކުރުމަށް ފަހު ޓެބްލެޓް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނަށް ނަތީޖާ ފޮނުވާނެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަންފޮށި ލިބުނީ ކާކަށް؟

ރަންފޮށި ލިބުނީ ކާކަށް؟

09 ޑިސެމްބަރު 2017
އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017
ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

18 އޮކްޓޯބަރު 2017
މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

14 ސެޕްޓެމްބަރު 2017
މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

18 ޖުލައި 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު