Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

ގައުމު މިއޮތް އަނިޔާވެރިކަމުން ސަލާމަތްކޮށްދިނުމަށް އެންމެން ނިކުމެ އިބޫއަށް ވޯޓުދީ: ނަސްރީނާ

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 11:01

ރައީސް މައުމޫން މި ގައުމަށް ހިޔާނަތްތެރިވެ ވަޑައިގެންފާނެ ކަމަށް ނުވަތަ ކުށެއް ކުރެއްވިކަން ގަބޫލުކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 11:01
ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހިމް

ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހިމް

ގައުމުގައި އޮތް އަނިޔާވެރިކަމުން ސަލާމަތްކޮށްދިނުމަށް ހުރިހާ ރައްޔިތުން ނިކުމެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވޯޓު ދީ "އަނިޔާވެރި މި ސަރުކާރަށް ނިމުމެއް ގެނައުމަށް" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަބަލުން ނަސްރީނާ އިބްރާހިމް އިލްތިމާސް ކުރައްވައިފިއެވެ.

ނަސްރީނާ މިއަދު އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ފިރިކަލުން އަދި ކުރީގެ ރައީސް މައުމޫން މި ހުރިހާ ދުވަސް ޖަލުގައި ހޭދަކުރައްވަމުން އެގެންދަވަނީ އާލާސްކަންފުޅާ އެކު ކަމަށެވެ. އެމަނިކުފާނު އަލާސްކަންފުޅެއްގައި އުޅުއްވާތީ ގެއަށް ބަދަލުކޮށްދޭން އާދޭސް ނުދަންނަވާ ކަމާ ބެހޭ އެއްވެސް މުއައްސަސާއެއް ނުހުންނާނެ ކަމަށް ނަސްރީނާ ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައެއް ނުވާ ކަމަށް ނަސްރީނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"މުޅި ރޯދަމަހު ހުންނެވީ ޖަލުގަ. ދެ އީދު ހޭދަކުރެއްވީ ޖަލުގަ. ހިޖްރީ އާ އަހަރު ފެށިގެން މި ދަނީ ވެސް ހަމަ ޖަލުގައި ހުންނަވަނިކޮށް. މިހުރިހާ ދުވަސް ޖަލުގައި ހޭދަކުރައްވަމުން އެގެންދަވަނީ އާލާސްކަންފުޅެއްގައި ވެސް އުޅުއްވަމުން. މި އާލާސްކަންފުޅުގެ ބާވަތުން، އާއިލާއާ އެކު ހުންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ޑަކްޓަރުން ވަނީ ލިޔުން ވެސް ދެއްވާފަ،" ނަސްރީނާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ރައީސް މައުމޫން މި ގައުމަށް ހިޔާނަތްތެރިވެ ވަޑައިގެންފާނެ ކަމަށް ނުވަތަ ކުށެއް ކުރެއްވިކަން ގަބޫލުކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށެވެ. އަދި އެކަމަނާ ވެސް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނަސްރީނާ ވިދާޅުވީ އެކަމަނާ އުޅޭ ހާލު އެތަކެއް ރައްޔިތުންނެއް އެބަ އުޅޭ ކަމަށާއި މަޖުބޫރުވެގެން ގައުމު ދޫކޮށް އުޅޭ އެތަކެއް ދިވެހިންނެއް ބޭރު ގައުމުތަކުގައި އެބައުޅޭ ކަމަށެވެ. އެހެންކަމުން އެންމެހާ ދިވެހިންނަށް އިންސާފު ހޯދުމަށް އެދި އެ ދުވަހު ވީހާ އަވަހަކަށް، ވީހާ ގިނަ ރައްޔިތުން ނިކުމެ، މި ހުރިހާ ބޭފުޅުން މިނިވަން ކުރުމަށްޓަކައި އަދި މުޅި ގައުމު މި އަނިޔާވެރިކަމުން ސަލާމަތްކުރުމަށްޓަކައި އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުމެން މިއުޅޭ ހާލުގައި އުޅޭ އެތައް އާއިލާތަކެއް. އެތައް މައިންބަފައިންނެއް. އެތައް އަނބިންނެއް. އެތައް ދަރިންނެއް. އިންސާފު ނުލިބި އެބަތިބި. އެހެންވީމާ. މިއަދު އަޅުގަނޑު މިއައީ. ތިޔަ ބޭފުޅުންގެ އަރިހަށް. ދިވެހި ރައްޔިތުންގެ އަރިހަށް. މައުމޫނަށް. އަޅުގަނޑުގެ އާއިލާއަށާއި ނުޙައްގުން ޖަލުގައި ތިއްބެވި އެތައް ބޭފުޅުންނަކަށް. އަދި މަޖުބޫރުވެގެން ގައުމު ދޫކުރައްވައި ބޭރުގައި އުޅުއްވަން ޖެހިވަޑައިގެންފައިވާ އެތައް ބޭފުޅުންނަކަށް. އިންސާފު ހޯއްދަވައި ދެއްވުން އެދި އިލްތިމާސް ކުރުމަށް," އަސަރާ އެކު ނަސްރީނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

މަސީހުގެ މައްސަލަ ހުށަހެޅީ ގައުމު ހަލަބޮލި ކުރަން: ސަރުކާރު

09 އެޕްރީލު 2017
މަސީހުގެ މައްސަލަ ހުށަހެޅީ ގައުމު ހަލަބޮލި ކުރަން: ސަރުކާރު
22 މާރިޗު 2017

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން
20 މާރިޗު 2017

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް
10 މާރިޗު 2017

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ
07 މާރިޗު 2017

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް