Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ކެންޑިޑޭޓުން ސޮއިކުރި ވޯޓާސްލިސްޓްގެ ކޮޕީއެއް ނުދޭން ތިއުޅެނީ ކީއްވެތޯ: މާރިއާ

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 12:08

ދެ ކެންޑިޑޭޓުން ސޮއި ކުރެއްވި ވޯޓަރސް ލިސްޓް ކެންޑިޑޭޓުންނަށް ލިބެންޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 12:08
އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ

އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުން ސޮއި ކުރައްވާފައިވާ ވޯޓާސްލިސްޓް ކެންޑިޑޭޓުންގެ މަންދޫބުންނަށް ދޫނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކަންބުޑުވުން ފާޅުކޮށްފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުން ސޮއި ކޮށްފައިވާ ވޯޓާސްލިސްޓުގެ ކޮޕީއެއް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހަދަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އަމުދުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ވޯޓާސްލިސްޓު ކެންޑިޑޭޓުންނަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެއީ މީގެ ކުރިން ބޭއްވި އާއްމު އިންތިހާބުތަކުގައި އަމަލު ކުރަމުން އައިސްފައިވާ ގޮތް ކަމަށެވެ.

Advertisement - newsAdvertisement

މާރިއާ ވިދާޅުވީ ވޯޓުލާ މަރުކަޒަށް ވޯޓުލާން ވަންނަނީ، އެ ވޯޓު ފޮއްޓަށް ވޯޓުލާން އޮތް ފަރާތެއްތޯ ބެލުމަށް އެލިސްޓަކީ ވަރަށް މުހިއްމު ލިސްޓެއް ކަމަށެވެ. އަދި ކެންޑިޑޭޓުން ލައްވާ ސޮއި ކުރުމަށްފަހު، އެ ލިސްޓު ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމީ ކޮން ސަބަބަކާހުރެކަމެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުންވެސް ރައްޔިތުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނާމެދު އިތުރަށް ޝައްކުތައް އުފެދުން ނޫންކަމެއް ނުވާނެ ކަމަށެވެ.

ކެންޑިޑޭޓުން ސޮއިކުރި ވޯޓާސްލިސްޓުގެ ކޮޕީއެއް ކެންޑިޑޭޓުންނަށް ނުދޭން ނިންމީ، އެލިސްޓް ގަޑުބަޑު ކުރަން ނުވަތަ އެލިސްޓުގައި އޮޅުވާލުންތަކެއް އޮޅުވާލުމު ނިޔަތުގައި ކަމަށްވުން އެކަށީގެންވާ ކަމަށާއި، އެނޫނިއްޔާ އެލިސްޓް ކެންޑިޑޭޓުންނަށް ފޮރުކޮށްދިނުމަށް އިންކާރު ކުރަންޖެހޭ އިތުރު އެއްވެސް ސަބަބެއް ނެތް ކަމަށް މާރިއާ ވިދާޅުވި އެވެ.

ވޯޓާސްލިސްޓާއި، ވޯޓު ގުނުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނެ ކަމަށް ދެކެވެމުންދާ ވާހަކަތަކާއި އަދި އިންތިހާބާ ގުޅޭގޮތުން ރައްޔިތުން ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުން ހިންގާ ޕީޕީއެމުން ކަންބޮޑުވުން ފާޅު ކުރަމުން ނުދާތީ އެކަންވެސް މާރިއާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

މާރިއާ ވިދާޅުވީ، ދެ ކެންޑިޑޭޓުން ސޮއިކުރި ލިސްޓްގެ ތިން ކޮޕީ ވޯޓުލާ މަރުކަޒު ސަރަހައްދުގައި ގެންގުޅޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އެގޮތުން އެއްލިސްޓް ވޯޓުލާންދާ މީހުންގެ ކިޔުގައި އޮންނައިރު، އަނެއް ލިސްޓް ވޯޓުލާ މަރުކަޒުގައި އާއްމުންނަށް ފެންނަގޮތަށް ތަތްކޮށްފައި ހުންނައިރު ތިން ވަނަ ލިސްޓް އޮންނާނީ ވޯޓުލާން ދާމީހާއަށް ވޯޓު ކަރުދާސްކޮޅު ފޯރުކޮށްދޭ މޭޒުމަތީގައި ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި

09 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި
05 މާރިޗު 2017

ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ފަސްކޮށްފި

05 މާރިޗު 2017
ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ފަސްކޮށްފި
08 ފެބުރުއަރީ 2017

ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ

08 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް