Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ - އެމެރިކާ

އުތުރު ކޮރެއާއާއި މަޝްވަރާކުރަން އެމެރިކާ ތައްޔާރު

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 07:23

މަޝްވަރާ ކުރަނީ އުތުރު ކޮރެއާ އަކީ 2021 ވަނަ އަަރުގެ ނިޔަަލަށް ނިއުކްލިއަރ ހަތިޔާރު ނެތް ގައުމަކަށް ހެދުމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 07:23
ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ދެބޭފުޅުން ވަނީ މި ހަފްތާގައި ބައްދަލުކުރައްވާފައި

ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ދެބޭފުޅުން ވަނީ މި ހަފްތާގައި ބައްދަލުކުރައްވާފައި

އުތުރު ކޮރެއާއަކީ 2021 ވަނަ އަަރުގެ ނިޔަަލަށް ނިއުކްލިއަރ ހަތިޔާރު ނެތް ގައުމަކަށް ހެދުމަށް އެ ގައުމާއެކު އަނެއްކާ ވެސް މަޝްވަރާތައް ފެށުމަށް ތައްޔާރަށް ހުންނެވިކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

ދެ ފަރާތުގެ މެދުގައި ވާހަކަތައް ހުއްޓިފައި އޮތީ މި އަހަރުގެ ކުރީކޮޅު އެއްބަސްވުމެއް އެކުލަވާލެވުމަށްފަހުއެވެ.

ނަމަވެސް ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިންއާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ދެބޭފުޅުން މި ހަފްތާގައި ބޭއްވެވި ބައްދަލުވުމަށްފަހު އުތުރު ކޮރެއާއިން ވަނީ މިސައިލް ޓެސްޓްތައް ކުރިޔަށްގެންދާ މައި ސައިޓްތައް ބަންދުކުރުމަށް އެއްބަސްވެފައެވެ.

މޫން ގެ ދަތުރު ފުޅުގައި އެ މަނިކުފާނު ވަނީ އުތުރު ކޮރެއާގެ އެތައް ހާސް ބައެއްގެ ކުރިމަތީ ގައި ހުންނަވައި ތަގުރީރު ކުރައްވާފައެވެ. މިއީ އާއްމުކޮށް ފެންނަ ފަދަ މަންޒަރެއް ނޫނެވެ.

ކޮރެއަން ޕެނިންސިއުލާއަކީ ނިއުކްލިއަރ ހަތިޔާރު ނެތް ތަނަކަށް ހެދުމަށް މަގުފަހިކުރުމަށް ކިމް އެއްބަސްވެ ވަޑައިގެންނެވީ ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން އާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

ޕޮމްޕެއޯ ވިދާޅުވީ އެ މުހިއްމު ބައްދަލުވުމުގެ އަސާސަށް ބަލައި އުތުރު ކޮރެއާއާއެކު ވަގުތުން މަޝްވަރާކުުރުމަށް ތައްޔާރުވެއްޖެކަމަށެވެ.

އެ މަނިކުފާނު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރު ރީ ޔޮންގ ހޯއާއި އަންނަ ހަފްތާގައި ނިއުޔޯކްގައި ބައްދަލުކުރެއްވުމަށް ދައުވަތުދެއްވާފައިވާ ކަމަށެވެ. މީގެ އިތުރުން އުތުރު ކޮރެއާގެ މަންދޫބުންނާއި އުތުރު ކޮރެއާގެ މަންދޫބުން އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ބައްދަލުވުން ބާއްވާނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ސިންގަޕޫރުގައި މި އަހަރު ބޭއްވި ބައްދަލުވުމަށްފަހު ދެ ޤައުމުން ނިިއުކްލިއަރ ހަތިޔާރު ނައްތާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވި ނަމަވެސް މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތަފްސީލެއްނެތެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް