Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!

ބައެއް ދަރިވަރުންނަށް 10 ހާސް ރުފިޔާ ހުށަހަޅާފައިވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 12:57
ރާއްޖޭގައި ބޭއްވި އިންތިހާބެއްގެ ވޯޓު ކަރުދާސްތަކެއް - ވޯޓު ގަތުމަށް ބައެއް ދަރިވަރުންނަށް ފައިސާ ދަނީ ހުށަހަޅަމުން

ރާއްޖޭގައި ބޭއްވި އިންތިހާބެއްގެ ވޯޓު ކަރުދާސްތަކެއް - ވޯޓު ގަތުމަށް ބައެއް ދަރިވަރުންނަށް ފައިސާ ދަނީ ހުށަހަޅަމުން

އަންނަ ރިޔާސީ އިންތިހާބާއި ދިމާކޮށް މާލޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންގެ އައިޑީ ކާޑް ގަންނަން މަސައްކަތް ކުރާކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ސަރުކާރުން ހިންގާ ސްކޫލެއްގައި ގްރޭޑް 12 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ރިޔާސީ އިންތިހާބާއި ދިމާކޮށް އައިޑީ ކާޑް ގަތުމަށް ސުކޫލުގެ ތެރެއިން އެހެން ބައެއް ދަރިވަރުން ހުށަހަޅަމުންދާ ކަމަށެވެ. އެ ދަރިވަރުން ދަނީ އައިޑީ ކާޑް ގަތުމަށް ހަ ހާސް ރުފިޔާއިން ފެށިގެން 10 ހާސް ރުފިޔާއާ ހަމަޔަށް ހުށަހަޅަމުންކަން ރާއްޖެއެމްވީއަށް ލިބިފައިވާ ސްކްރީންޝޮޓްތަކުން ހާމަވެއެވެ.

Advertisement - newsAdvertisement

ސްކްރީންޝޮޓްތަކުން ހާމަވާ ގޮތުގައި ދަރިވަރުންގެ އައިޑީ ކާޑް އަތުލުމަށްފަހު ފައިސާއާއެކު އަނބުރާ ދިނުމަށް ނިންމާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި އެހެން ދަރިވަރަކު ބުނީ ސްކޫލުގެ ތެރޭގައި އައިޑީ ކާޑް ގަންނަން މަސައްކަތް ކުރަމުން ދަނީ ވަކި ސިޔާސީ ޕާޓީއަކަށް ތާއިދުކުރާ ދަރިވަރުންތަކެއް ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ދަރިވަރުންނަކީ ސިޔާސީ ޕާޓީއެއްގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކާއި ގާތް ގުޅުމެއް އޮންނަ ދަރިވަރުންތަކެއް ކަމަށާއި ސްކޫލުގެ މާހައުލުގައި ވަރަށް ބޮޑަށް ސިޔާސީ ކަންކަމާއި ގުޅޭ ގޮތުން އެ ދަރިވަރުން ވާހަކަ ދައްކާ ކަމަށް ވެސް ރާއްޖެއެމްވީއަށް މައުލޫމާތުދިން ދަރިވަރު ވަނީ ބުނެފައެވެ.

އަލަށް ވޯޓުލާ ކުދިންނަށް އަމާޒުކޮށްގެން ސްކޫލުގެ ތެރޭގައި ވޯޓު ގަންނަން މަސައްކަތް ކުރަމުންދާތީ ބައެއް ބެލެނިވެރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. އެހެން ނަމަވެސް މިހާތަނަށް އައި އިރު ވެސް ސްކޫލްތަކުގެ މެނޭޖްމަންޓުން މިކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަަޅާފައިނުވާކަން ވަނީ އެނގިފައެވެ.

ހަމައެހެންމެ އައިޑީ ކާޑް ގަންނަން މަސައްކަތް ކުރާ ދަރިވަރުންނަކީ ވަކި ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ ދަރިވަރުންތަކެއް ކަން ވެސް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.

ސްކޫލުގެ އިމާރާތްތަކުގެ ތެރޭގައި އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަކީ މަނާކަމެއް ކަމަށްވާއިރު މިފަދަ ކަންކަން ސްކޫލުގެ މާހައުލުގައި ހިނގަމުންދާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް އަމާޒުވެފައެވެ. ރާއްޖެއެމްވީއަށް މިކަން އެނގިފައި މިވަނީ ވޯޓު ގަނެ ވިއްކުމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
30 މާރިޗު 2017

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު