Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަބްދުﷲ ރިޔާޒު

ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް ރިޔާޒު މިނިވަން ނުކުރުމުން ހެބިއަސް ކޯޕިއަސް އަމުރަކަށް އެދި ހުށަހަޅައިފި

ރިޔާޒަށް އިއްވި ހުކުމް ތަންފީޒުކޮށް މިމަހުގެ 15 ވަނަ ދުވަހު ވަނީ ނިމިފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2018 | ބުދަ 14:28
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް އޭނާ މިނިވަންކޮށްފައިނުވާތީ، ހެބިއަސް ކޯޕިއަސް އަމުރެއް ނެރެދެއްވުމަށް އެދި ކްރިމިނަލް ކޯޓަށް އޭނާގެ ވަކީލުން ހުށަހަޅުއްވައިފިއެވެ.

ހެބިއަސް ކޯޕިއަސް އަމުރެއް ނެރެދެއްވުމަށް އެދި ކްރިމިނަލް ކޯޓަށް ރިޔާޒުގެ ވަކީލުން ބުދަ ދުވަހު ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފައެވެ.

Advertisement - newsAdvertisement

ހޭބިއަސް ކޯޕަސް އަކީ ބަންދުގައި ހުންނަ މީހަކު ގާޒީއެއްގެ ކުރިފުޅުމައްޗަށް ހާޒިރު ކުރުމަށް ނެރޭ އަމުރެކެވެ. އާންމުކޮށް މި އަމުރު ނެރެނީ ބަންދުގައި ހުރި މީހާ، ބަންދުގައި ބަހައްޓަންޖެހޭ ޤާނޫނީ ސަބަބުތަކެއް ނެތްނަމަ އޭނާ ދޫކޮށްލުމަށެވެ.

ރިޔާޒުގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ރިޔާޒުގެ މައްޗަށް މިއަހަރުގެ އޭޕްރީލް 24 ވަނަ ދުވަހު ކޮށްފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް މިމަހުގެ 15 ވަނަ ދުވަހު ނިމިފައިވާ ކަމަށާއި ބަންދުން ދޫނުކޮށް ޖަލު ބަންދުގައި ގެންގުޅެމުން މިހާރު ދަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަމުން މިދަނީ އިންތިހާބުގެ ކުރިން ރިޔާޒު މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާނެ ކަމަށް،" ނޫރުއްސަލާމް ވިދާޅުވިއެވެ.

ކުރިން ފުލުހުންގެ ކޮމިޝަނަރުގެ މަގާމު ވެސް އަދާކުރެއްވި ރިޔާޒު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، އޭނާގެ ފޯނު ހުޅުވައިނުދިން ކަމަށް ބުނެ ދައުލަތުން އުފުލި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާގައެވެ. އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނިކޮށް، ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ހަތަރު މަހާއި ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ހައި ކޯޓުންނެވެ.

ރިޔާޒުގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއިރު، އެ ކޯޓުން ވަނީ ހުކުމް ތަންފީޒުކޮށް ނިމެން 72 ގަޑިއިރަށް ވެފައިވަނިކޮށް މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު