Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ިރިޔާސީ އިންތިޚާބު 2018

އަތޮޅު ތެރެއިން ގެނައި މީހުންނާ އެކު ޕީޕީއެމްގެ ސައިޒު ދައްކާލާ ޖަލްސާ ބާއްވައިފި

ޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު ދިޔަ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2018 | ބުދަ 02:21
ޕީޕީއެމްއިން ބޭއްވި ޖަލްސާއަށް ހާޒިރުވި ބައެއް މީހުން

ޕީޕީއެމްއިން ބޭއްވި ޖަލްސާއަށް ހާޒިރުވި ބައެއް މީހުން

ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސްގެން ވެރިކަންކުރާ ޕާޓީ ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) އިން މާލޭގައި ޖަލްސާއެއް ބާއްވައިފިއެވެ.

ގިނަ އަދަދެއްގެ ބަޔަކާ އެކު ޕީޕީއެމް އިން މި ޖަލްސާ ބާއްވާފައި ވަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައެވެ. ޕީޕީއެމްގެ އަސްލު ސައިޒު ދައްކާލުމަށް ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށް ޕީޕީއެމް އިން އިއުލާންކުރީ މިދިޔަ މަހުގެ ފަހުކޮޅު ފާއިތުވި 3 އަހަރުތެރޭ ފުރަތަމަ ފަހަރަށް އިދިކޮޅު ފަރާތްތަކަށް ބޮޑު ޖަލްސާއެއް ބާއްވާނެ ތަނެއް ސަރުކާރުން ދިނުމުން ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާއަށް އެތައް ހާސް ބަޔަކު ދިޔުމާ ވިދިގެންނެވެ.

ޕީޕީއެމް އިން އެކި ރަށްރަށުން ޗާޓަރު ފްލައިޓްތަކުގައި މީހުން ގެނެސްގެން ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންގެ އަސްލު އަދަދާ މެދު ސުވާލު އުފެދިފައިވާއިރު، ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދާ މެދު ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި އަދަދުތަކުގައި ވެސް ވިއްސަކަށް ހާހުގެ ތަފާތު ހުއްޓެވެ. އެގޮތުން ޖަލްސާގެ ކުރިން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައި ވަނީ ޖަލްސާގައި ޖަހާނީ 20،000 ގޮނޑި ކަމަށެވެ. ނަމަވެސް ޖަލްސާ ފެށުނު އިރު އިއުލާނުކުރީ 35،000 ކަމަށެވެ. އަދި ޖަލްސާގެ މެދުތެރެއިން ޖަލްސާގައި 25،000 މީހުން ތިބި ކަމަށް ބުންޏެވެ. އޭގެ އިރުކޮޅެއް ފަހުން 30،000 މީހުން ތިބި ކަމަށް އިއުލާނުކުރި އިރު ޕީޕީއެމްގެ ނާއިބު ލީޑަރު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޖަލްސާގައި 50،000 މީހުން ބައިވެރިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނީ އެޕާޓީތަކުން މާލެ އާއި މާލެ ކައިރި ބައެއް ރަށްރަށުން މީހުން އައިސްގެން ބޭއްވި ޖަލްސާ އަށް ވުރެ ޕީޕީއެމް އިން މުޅި ރާއްޖެ އިން މީހުން ގެނެސްގެން ބޭއްވި ޖަލްސާއަށް ދިޔަ މީހުންގެ އަދަދު މަދު ކަމަށެވެ.

ސައިޒް ދައްކާލަން ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ

މީގެ އިތުރުން މި ޖަލްސާއަށް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ގެންގޮސްފައިވާއިރު، ބިދޭސީން ވެސް ކޮންމެވެސް ވަރަކަށް ގޮސްފައިވާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވިއެވެ.

މި ޖަލްސާގައި ވެސް އާދައިގެ މަތިން ގިނަ އިރުތަކެއް ވަންދެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އާދައިގެ މަތިން އަންގާރަ ދުވަހުގެރޭ ވެސް އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލަތާކެއް ދެއްވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރެއްވިއެވެ. އަދި ޚާއްސަކޮށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަށް ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިބޫ އަކީ އިދިކޮޅު ހަތަރު ލީޑަރުން ވިދާޅުވާހާ ގޮތަކަށް ކަންތައް ކުރައްވަން ހުންނެވި ބޭފުޅެއް ކަމަށެވެ. ރައީސް ޔާމީން އިބޫ ސިފަކުރެއްވީ ހަތަރު ލީޑަރުން ވިދާޅުވާ ގޮތަށް "ހަމައެކަނި ކޭކު ފޮތި ފަޅާލުމަށްޓަކައި ވަޅި ހިފަހައްޓާ" ބޭފުޅެއްގެ ގޮތުގައެވެ.

އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯ އަށް ވެސް ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ އެމެނިފެސްޓޯގައި އޮތީ އެމްޑީޕީއިން އެކަނި ބޭނުންވާ ކަންތައްތައް ކަމަށާއި، އެހެން ޕާޓީތަކުން ބޭނުންވާ ކަންކަން އޭގައި ނެތް ކަމަށެވެ. ރައީސް ޔާމީން އެހެން ވިދާޅުވި ނަމަވެސް ގުޅިފައިވާ ޕާޓީތަކުން އާއްމު ކޮށްފައިވާ މެނިފެސްޓޯއަކީ އެމްޑީޕީ އިން އެންމެ ފުރަތަމަ ހުށަހެޅި މެނިފެސްޓޯއަށް އެހެން ޕާޓީތަކުން ބޭނުންވާ އިސްލާޙު ގެނެސް، އެމްޑީޕީ އިން ބޭނުންވި ބައެއް ކަންކަން އުނިކޮށްގެން ނެރެފައިވާ މެނިފެސްޓޯއެކެވެ. ރައީސް ޔާމީން އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯއަށް ފާޑުވިދާޅުވިއިރު، ޕީޕީއެމްގެ މެނިފެސްޓޯ ނެރުނީ މިޖަލްސާގައި ކަމަށާއި، ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ މީގެ އެތައް ދުވަހެއް ކުރިން ނެރެފައިވާކަން އިދިކޮޅު ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އަންހެނުންނަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު