Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޕޯޓް

ބަހުސެއް ނޫން، ސިޔާސީ ހަރަކާތެއް!

17 ސެޕްޓެމްބަރު 2018 | ހޯމަ 07:01

އިބޫ ވަޑައިނުގަންނަވާނެކަން ކުރިން އެންގެވި އިރު ވެސް ދެ ޕޯޑިއަމް ބެހެއްޓުމުން ސިޔާސީކޮށްފައިވާ މިންވަރު އެނގޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 17 ސެޕްޓެމްބަރު 2018 | ހޯމަ 07:01
އެމްއެންޔޫއިން ބޭއްވި ބަހުސް: އެއް ކެންޑިޑޭޓަކު ވަޑައިނުގަންނަވާކަން ކުރިން އެނގޭއިރު ވެސް ދެ ޕޯޑިއަމް

އެމްއެންޔޫއިން ބޭއްވި ބަހުސް: އެއް ކެންޑިޑޭޓަކު ވަޑައިނުގަންނަވާކަން ކުރިން އެނގޭއިރު ވެސް ދެ ޕޯޑިއަމް

އެއީ ބަހުސެއް ހެއްޔެވެ? އެކަކު އެކަނި ބަހުސް ކުރެވޭ ހެއްޔެވެ? ކިޔަވައިގެން ތިބި ބަޔަކު ހިންގާ, އިލްމު އުނގަންނައިދޭ ތާކަށް އެކަހަލަ ބަހުސެއް ބޭއްވުމަކީ މަޖްބޫރު ކަމެއް ހެއްޔެވެ؟ ޤައުމީ ޔުނިވަރސިޓީން އެވަރުގެ ބޮޑު"ސިޔާސީ" ކަމެއް ކުރުން މަޖްބޫރު ހެއްޔެވެ؟ "ބަހުސް"ގައި ކުރި ސުވާލުތަކުގެ ވާހަކަ ވެސް ރަނގަޅު ވާނީ ނުދެއްކިއްޔާއެވެ؟ މަތީ ތައުލީމުގެ ބިންގާ އަޅައި އަދި މިހާރު ޕީއެޗްޑީ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދާ ޔުނިވާސިޓީއަކުން ކުރި ސުވާލުތަކެކޭ ދަމާކަނޑާ މީހުން ކުރާ ސުވާލެކޭ ތަފާތެއް ނެތެވެ. އެއްވެސް ދިރާސާއަކާ ހަވާލާ ނުދީ އިދިކޮޅު މީހުންނާއި ބާޒާރުމަތީގައި ދައްކާ ވާހަކަތަކުން ސުވާލު އުފެއްދުމުން ފެންވަރު ރަނގަޅަށް ހާމަވެއްޖެއެވެ. ހިންގާ ކޯސްތަކުގައި ދަރިވަރުން ހުށަހަޅާ ތީސީސްތަކާއި ދިރާސާތައް ވެސް މާކްކުރާނެ ގޮތް މިހާރު އަންދާޒާކުރެވެއެވެ.

އެމްއެންޔޫއާ މެދު އެތައް ސުވާލެއް އެބަހުއްޓެވެ. އެތައް ބައިވަރު ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެހެން ނަމަވެސް އެއީ އެތައް ބަޔަކަށް މަތީ ތައުލީމްދޭ ތަނަކަށްވެފައި ފާޅުކުރެވޭ ޚިޔާލަކުން ވެސް މުޅިން ތަފާތު ނަތީޖާއެއް ނުކުމެދާނެތީ އަނގަ މަޑުން ލައިގެން ހުރީމެވެ. ނަމަވެސް ވަކިވަރަކަށް ވުރެ މައްޗަށް ދިޔައީމާ ނުވަތަ ދެންވާ އަނގައިން ނުބުނެ ނުހުރެވޭވަރުވީމާ ބައެއް ވާހަކަތައް ދައްކާލާނަމެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ގާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ގައުމީ ޔުނިވަރސިޓީއަކީ ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަޚުސެއް ކަމަށެވެ. އެކަމަކު އެތަނުގެ ހާލަތާ މެދު މިއަދު ސަހަރޯ ހީވެއެވެ.

މަޝްހޫރު ބަހުސުން ފަށާނަމެވެ. ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ޕީއެސްއެމްއާ އެކު އެއްބަސްވުން ހަދައި، ރިޔާސީ ބަހުސްގެ ނަމުގައި އެއް ކެންޑިޑޭޓަކު ބައިވެރިވި ބަހުސެއް ބާއްވައި، ހޭވި ސިޔާސީ ހަޑިއަކީ ޔުނިވަރސިޓީ ތާރީޚުގައި ޖެހިގެން ދިޔަ ފިލުވާލަން އުނދަގޫ ކަޅު ލައްގަނޑެކެވެ. ބަހުސްގައި އިދިކޮޅު ކެންޑިޑޭޓް ބައިވެރިވަޑައިނުގަންނަވާނެކަން ކުރިޔާލައި އެންގުވުމުން ވެސް އެ ބަހުސްގައި އެއް ޕޯޑިއަމް ހުސްކޮށް ބެހެއްޓި ސަބަބާ ހިސާބުން ވެސް ސުވާލު އުފެދެއެވެ. މަތީ ފާސްތައް ނަންގަވައި އަދި ދަރިވަރުންނަށް އެކަންކަން އޮޅުން ފިލުވައިދެން ތިއްބަވާ ބަޔަކު ސިޔާސީ ގޮތުން އެހާ ތަންދޮރު ނުފިލައި ގާފިލުވުމަކީ ހުތުރު ކަމެކެވެ.

ކޮންމެ ގޮތެއް ހަދާފައި ވެސް ބަހުސް ބާއްވަން ބޭނުންވި ސަބަބާ މެދު ވެސް ސުވާލު އުފެދެއެވެ. ބަހުސް ކުރިއަށް ދިޔަ އިރު ވަގުތުން އެއްވެސް ސުވާލެއް އުފައްދާފައި ނުވަނީ ކީއްވެގެންތޯ ވެސް ސުވާލު އުފެދެއެވެ. މި ސުވާލުތަކަށް އެންމެ ފުރިހަމަ ޖަވާބު ދެވޭނީ ޔުނިވަރސިޓީގެ ވެރިންނަށެވެ. ބަހުސަށް އަންނަން އެއްބަސްވި ޝަރުތަތައް އެނގޭނީ ވެސް އެތަނުގެ ވެރީންނަށެވެ. ޔުނިވަރސިޓީގެ އެކަޑެމިކް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރި ނުވާން ނަސޭހަތާއި އިންޒާރުތައްދީ ހަދާއިރު ތިޔަ ޖެހި ސަކަރާތަށް ވުރެ ބޮޑު ސިޔާސީ ހަރަކާތެއް ހިންގޭނެ ހެއްޔެވެ؟ ތިޔަށް ވުރެ ބޮޑު ޖޯކެއް ކޮބައި ހެއްޔެވެ؟

ބަހުސް ބާއްވާފައި އިތުރު ބައެއް ކަން ކަމަށް ވެސް ދެން ނުބަލާ ދޫކޮށްލެވޭކަށް ނެތެވެ. ޔުނިވަރސިޓީން ހިންގަމުންދާ ކޯސްތަކުގެ ފެންވަރާ މެދު މިއަދު ވަނީ ސުވާލު އުފެދިފައެވެ. މުސްތަގިއްލު ތަންތަނުގެ ގޮތުގައި ހުރި ޔުނިވަރސިޓީތަކުން މިއަދު ކޯސްތައް ހިންގާ ގޮތް ނިކަން ބަލާށެވެ. ސަރުކާރުގެ ސިޔާސަތު ތަންފީޒުކޮށްދިން ގޮތް ނިކަން ވިސްނަވާށެވެ. މިއަދު ޑިޕްލޮމާ ނުހަދައި ޑިގްރީ ނުހަދާ ދިވެހި، އިސްލާމު ޓީޗަރަކު ނެތެވެ. އެންމެން އެ ކިޔަވަނީ މާސްޓާރސް އަށެވެ. ސުވާލަކީ މި ޓީޗަރުން ޑިގްރީ ހެދުވީ ކޮން ގޮތަކަށް ހެއްޔެވެ؟ ޕޯސްޓް ގުރެޖުއޭޓް ހެދުވީ ކިހިނެއް ހެއްޔެވެ؟ ކިހައި މުއްދަތަކުން ހެއްޔެވެ؟ ކިހާ ވަރަކަށް ކިޔަވައިދީގެން ހެއްޔެވެ؟ ފާޑުފާޑުގެ މޯޑުތައް ހަދައިގެން ދެތިން ދުވަހު ބައްދަލުވެލައި ތައުލީމީ ސަނަދުތައް ތިޔަ ބަހާލީ ކޮން ހަމައަކުން ހެއްޔެވެ؟ ހަމައެކަނި ސިޔާސީ ބޭނުމަކަށް ސަރުކާރަކުން ހާމަކުރި ސިޔާސާތެއް ތަންފީޒުކުރުމަށް ކިޔެވުމުގެ އޮނިގަނޑު ވެސް އެ ސިޔާސަތާ އެއްގޮތަށް ބަދަލުކޮށްލީއެވެ. ބައެއް މީހުންނަކީ ޑިގްރީ ނުހަދައި ޕޯސްޓް ގުރެޖުއޭޓް ހެދި މީހުންނެވެ. ޑިޕްލޮމާ ނުހަދައި ޑިގްރީ ހެދި މީހުންނެވެ. ދުނިޔޭގެ އެހެން ތަންތާނގައި ވެސް މިފަދަ ކަންކަން ހިނގައެވެ. ނަމަވެސް ތަފާތަކީ މިފަދަ މޯޑުތަކަށް ކިޔަވާދޭ ނަމަ ކިޔަވާންޖެހޭ މުއްދަތު ޑަބަލްވާ ކަމެވެ. ދިރާސާތައް ކުރެއްވީމާ އިލްމީ ތިޔަ ބޭފުޅުންނަށް ވެސް މިދައްކަނީ ކިހާވަރެއްގެ ވާހަކަތކެއް ކަން ރަނގަޅަށް ފަހުމްވާނެއެވެ. އެއްޗަކަށް އެއްޗެއް ހަދައި ފާސްތައް ބަހާލާކަށް ނުޖެހޭނެކަން ޤަބޫލު ކުރެވޭނެއެވެ.

ދެން އޮތީ ކިޔަވައިދޭ އެދުރުންގެ ވާހަކައެވެ. އެއީ ގާނޫނުން ދީފައިވާ ހައްގެކެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ ސިޔާސީ ފިކުރު ހާމަކުރުމުގެ ހައްގު އޮންނަން ޖެހެއެވެ. އެއީ މަނާ ކުރެވެންޖެހޭ ކަމެއް ނޫނެވެ. މަނާ ވާނީ ކިޔަވައިދިނުމުގައި އެފަދަ ސިޔާސީ ފިކުރު ނެރެ ހާމަކުރުމެވެ. ނަމަވެސް ފެނިގެން ދިޔައީ ކިޔަވައިދެމުން ދިޔަ ބައެއް ޓީޗަރުން ޔުނިވާސިޓީގެ ކޯސްތަކަށް ކިޔަވައިދިނުން ހުއްޓުވިތަނެވެ. އެފަދަ މީހުން ޔުނިވަސިޓީތަކާ ދުރަށް ދާން މަޖުބޫރުކުރިތަނެވެ. މިއީ ނިމިގެން މިދާ ފަސް އަހަރުގެ ތެރޭ ޔުނިވަސިޓީތަކުގެ ސިޔާސަތަށް އައި ބަދަލެކެވެ. މިފަދަ ބަދަލުތައް ގެންނައިރު ވެރިންގެ ގޮތުގައި ތިޔަ ތިބި ސިޔާސީ މީހުންކޮޅު ޔުނިވަރސިޓީން ދުރުކުރިއްޔާ މާ ތާހިރެވެ. ޔުނިވަރިސިޓީ މުވައްޒަފުންގެ މުސާރަ ބޮޑުކުރިއްޔާ މާ ރަނގަޅެވެ. މިއަދު މުވައްޒަފުންގެ މުސާރައަކީ ހަމަ ޓީޗަރުންގެ މުސާރައެވެ. އަވައްޓެރި ގައުމުތަކާއި ކުރިއަރާފައިވާ ގައުމުތަކަށް ބަލާއިރު ޔުނިވަސިޓީ މުސާރަ އެންމެ ދަށް އެއް ގައުމަކީ މި ރާއްޖެއެވެ. މިހާލަތުގައި އޮތް އިރު ވެސް ފެނިގެން މިދަނީ ޔުނިވަސިޓީތައް ސިޔާސީކުރަން ވެރީން ފޫގަޅައިގެން ތިބި ތަނެވެ.

ދެން އޮތީ ޔުނިވަސިޓީތައް ސިޔާސީ ކޮށްފިކަމުގެ އެންމެ ބޮޑު ހެއްކެވެ. މިއަދު ސިޔާސީ މަގާމަކަށް ވާދަކުރަމުން އެދަނީ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލާރއެވެ. ރައީސް ޔާމީންގެ ރަނިންމޭޓްގެ ގޮތުގައެވެ. އަދިވެސް ހުންނެވީ އެ މަގާމުގައެވެ. މަގާމު ދޫކޮށެއް ނުލައްވައެވެ. ތަނެއް ސިޔާސީ ވާނީ މިވަރަކެވެ. ދަރިވަރުންނަށް ހުތުރު އެރުވޭނީ މިވަރަށެވެ. ތަނުގެ އަގު ވައްޓާލެވޭނީ މިވަރަށެވެ. ކޯނީ ރިޕޯޓް ހިލިހެން، ގައުމީ ޔުނިވަރސިޓީން ވެސް ހިލަމުން އެދަނީ ރައީސްޔާމީނުގެ ކެމްޕޭނަށް ހިލާ ބޮނޑިބަތްގަނޑެއް ހެންނެވެ. ވެރިން މިވަރުގައި ތިބިއްޔާ ކިޔަވައިދޭ މުދައްރިސުން ތިބޭނީ ކިހާ ވަރެއްގައި ހެއްޔެވެ؟

ޔުނިވަރސިޓީތަކުގެ ވެރީންނޭވެ! ތިޔައީ ސިޔާސީ ކުރަންވީ ތަންތަނެއް ނޫނެވެ. މިނިވަން ތަންތަނުގެ ގޮތުގައި އުފައްދާފައިވާ ތިޔަ ފަދަ މުއްސަސާތަކުން ސިޔާސީ ހަރަކާތްތައް ހިންގާކަށް ނުޖެހެއެވެ. ޔުނިވަރސިޓީތަކުގެ މަގުޞަދަކީ ތައުލީމީ ފެންވަރު މަތިކުރުމެވެ. ކޮލިޓީ ތައުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ. މިކަން ނުކޮށް ތިޔަ ޖަހާ ސަކަރާތް ހުއްޓާލާށެވެ. ދެ ކެންޑޭޓުން ތިއްބަވާ އިރު އެއް ކެންޑިޑޭޓަކު ވަޑައިނުގަންނަވާނެ ކަމަށް ކުރިއާލާ އެންގެވުމުން ބަހުސްގެ ނަން ބަދަލުކޮށް އެހެން އިލްމީ ފޯރަމަކަށް ވެސް ތިޔަކަން ބަދަލުކޮށްލުމުގެ ގާބިލުކަން ތިޔަފަ އިލްމީ ބޭފުޅުންގެ ހުންނަންޖެހޭނެއެވެ. ހުސް ޕޯޑިއަމެއް ބަހައްޓައިގެން ސިޔާސީ ޕާޓީތަކުން ކުޅޭ ސިޔާސީ ކުޅިވަރަކަށް ތިކަން ހެއްދެވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ. ތިޔަ ތަންތަން މިނިވަން ކުރާށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017
މިކަން ސިޔާސީ ނުކުރާށެވެ!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
12 މާރިޗު 2017

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
14 ޖެނުއަރީ 2017

އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!

14 ޖެނުއަރީ 2017
އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް