Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ރައީސް ޔާމިން އަރިހުގައި ސިޔާސީ ގޮތުން ހަރުދަނާ އެއްވެސް ބޭފުޅެއް ނެތް: އާޒިމް

16 ސެޕްޓެމްބަރު 2018 | އާދީއްތަ 19:48

މިހާރު މިމާހައުލުން ފެންނަނީ ގިނަ ބަޔަކު ރައީސް ޔާމިން ދޫކޮށް ދާތަން، ކުރިއަށް އޮތްތާގައި ވެސް މިމަންޒަރު ރައްޔިތުންނަށް ފެންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 19:48
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރ އާދަމް އާޒިމް ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރ އާދަމް އާޒިމް ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ އަރިހުގައި ސިޔާސީ ގޮތުން ހަރުދަނާ އެއްވެސް ބޭފުޅެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ދ.ކުޑަހުވަދޫގައި ކޯލިޝަނުން ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވީ މިހާރު މިމާހައުލުން ފެންނަނީ ގިނަ ބަޔަކު ރައީސް ޔާމިން ދޫކޮށް ދާތަން ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް މިމަންޒަރު ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. ރައީސް ޔާމިންގެ އަރިހުގައި ގިނަ ބަޔަކު ތިބި ކަމަށް ހީފުޅުކުރުމަކީ ކުށްހީއެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ރާއީސް ޔާމިންގެ އެކަނިވެރިކަން އަރިހުގައި ހުރި ޝިޔާމް ދޫކޮށް ދިއުމުން މިހާރު ރައްޔިތުންނަށް ޔަގީންވެފައިވާ ކަމަށެވެ. އާޒިމް ވިދާޅުވީ ރައީސް ޔާމިންއަކީ ވެރިކަމުގައި ހުރުމަށް ކުފާ ހަމަވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިފާނުގެ އަރިހުގައި ތިބި ބޭފުޅުން ވެސް އެކަން ގަބޫލު ކުރާ ކަމަށެވެ. އަދި އެބޭފުޅުން ވެސް އެމަނިފާނަށް އިހުލާސްތެރި ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

"ހަމައަސްލުކޮށް ވެސް އަޅުގަނޑުމެންގެ ފޭސްބުކް އެކައުންޓާއި ޓްވިޓަރ އެކައުންޓް މެސެޖް ފުރިފައިވަނީ އެބޭފުޅާ އަރިހުގައި ތިބި ބޭފުޅުންގެ މެސެޖުން. އެބޭފުޅުން ބުނޭ ތިމަންނާމެން ދެން ކުޑަ ދުވަސްކޮޅެއްގައި ނުކުމެގެން ބަޗާނަމޭ. އެބޭފުޅާ އެކަނި ކޮށްފައި. އެބޭފުޅާއަކީ ރާއްޖޭގެ ވެރިކަމަށް އެއްވެސް ގޮތަކަށް ކުފޫ ހަމަވާ ބޭފުޅެއް ނޫނޭ. އެހެންނަމަވެސް ތިމަންނަމެން މިތިބެނީ ތިމަންނާމެން ފިޑިކަމުން ނުކުންނަން ނުކެރިފައޭ. ތިމަންނަ ހަދާލާނެ ގޮތަކަށް ބަލަބަލައޭ." އާޒިމް ވިދާޅުވިއެވެ.

ރާއީސް ޔާމިންއަކީ ފިޑި ބޭފުޅެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ރައީސް ޔާމިންއަކީ އެއްވެސް ބާރެއް ހުރި ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމިނަށް މިހާރު ޕޯޑިއަމްތައް ލިބުނީމަ ރައްޔިތުންނާއި ދިމާލަށް ކިޔޭ ނުކިޔޭ އެއްޗެހި ވެސް ނޭނގޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރަށް އާޒިމް ވިދާޅުވީ ފުލުހުންނާއި، ސިފައިންނާއި އަދި އިލެކްޝަންސް ކޮމިޝަނުންވެސް ވޯޓް އޮޅުވާލަން ފުރުސަތު ނުދޭނެ ކަމަށެވެ. ދިވެހިންނަކީ ހޭލުންތެރިބައެއް ކަމަށާއި، ވޯޓު ފޮށި ވަގަށް ނަގައިގެންދާތަން ބަލަން ނުތިބޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ހުރިހާ ބާރަކީ ރައްޔިތުންގެ ބާރުކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެބާރު ނަގަހައްޓަން ޖެހޭނީ ރައްޔިތުން ކަމަށާއި، މިގައުމުގައި ހުރިހާ ކަމެއްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ސިފައިންނާއި ފުލުހުންނާއި، ސަރުކާރުގެ އެކި ވާޒީފާގައި ތިބި މީހުންނަށް ވަޒީފާގެ ބިރުވެރިކަން ދައްކަމުންދާއިރު މިމަހުގެ 23 ވަނަ ދުވަހު ހުރިހާ ރައްޔިތުން ނުކުމެ ރައީސް ޔާމިން ވަޒީފާއިން ވަކިކުރަންޖެހޭ ކަމަށެވެ.

އާޒިމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބަކީ މިގައުމުގައި ވައްކަމާއި، ކޮރަޕްޝަނާއި، އާނިޔާ އާންމުވުމުން އެކަން ހުއްޓުވުމަށް ލެވޭ ވޯޓެއް ކަމަށެވެ. މިގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިގައުމުގެ ވެރިކަމަށް ގެނެވިގެން ކަމަށް ވިދާޅުވެ އިބޫ ވެރިކަމުގައި ރައްޔިތުން ބޭނުންވާ ޚިދުމަތްތަކަށް ސަލާމް ޖަހަން ނުޖޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް