Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

މާލޭގެ ކުލި ބޮޑުވާ މައްސަލަ: ރައީސް ޔާމީނަށް މައްސަލައަކަށް ނުވި!

16 ސެޕްޓެމްބަރު 2018 | އާދީއްތަ 19:33

ގާނޫނަކުން ކުލި ކޮންޓްރޯލް ކުރަން އެޅެފިނަމަ، އެތައް ބަޔަކު ކުށްކުރީމައި އެމީހުން ގޮވައިގެން ޝަރީއަތުގައި އުޅެންޖެހޭނީ: ރައީސް ޔާމީން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 19:33
އެމްއެންޔޫގެ ބަހުސްގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ

އެމްއެންޔޫގެ ބަހުސްގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ

މާލޭގެ ކުއްޔަކީ ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި އެ ކޮންޓްރޯލް ކުރަން އުޅެފިނަމަ އިތުރު މައްސަލަތައް ނިކުންނާނެ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދަން މަސައްކަތް ކުރި، ރިޔާސީ ބަހުސްގައި، ރައީސް ޔާމީން އަމިއްލަފުޅަށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ރަށްތައްކުގެ ގިނަ އަދަދެއްގެ ބަޔަކު ވެރިކަން ކުރާ މާލޭގައި ބޮޑު ކުލީގައި ދިރިއުޅެމުންދާ ކަމަށެވެ. ނަމަވެސް ކުލި ކޮންޓްރޯލްކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދެވޭތޯއޭ ވިދާޅުވެ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފަ އެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ ލިބޭ އާމްދަނީން ރައްޔިތުންނަށް އެންމެ ބޮޑު ބުރައެއް އުފުލަންޖެހޭ އެއްޗަކީ ދިރިއުޅޭ ތަނުގެ ކުލި ކަމަށެވެ. އަދި އިމާރާތް ކުރުމުގެ ސިނާއަތުގައި އުޅޭނީ އަމިއްލަ ވިޔަފާރި ކުންފުނިތައް ކަމަށާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެންމެބޮޑު ރޯލެއް އަދާކުރަމުންދަނީ ވެސް އަމިއްލަ ވިޔަފާރި ކުންފުނިތަކުން ކަމަށެވެ. އެހެންކަމުން ސަރުކާރުން ކުލި ކޮންޓްރޯލްކުރަން އުޅެފިނަމަ އެވިޔަފާރި ހުއްޓި ބޯހިޔާވަހިކަން ރައްޔިތުންނަށް ލިބުމުގައި ދަތިކަން އިތުރަށް ކުރިމަތިވާނެ ކަމަށެވެ.

"ހުރިހާ ތަނެއްގެ ރެންޓް ކޮންޓްރޯލް ކޮށްގެން މީހުންނަށް ބޯހިޔާވަހިކަން ލިބޭނެތޯ. ލިބޭ އާމްދަނީން އެންމެބޮޑު ބުރައެއް އުފުލާއެއް އެއްޗަކީ ރެންޓް. ރާއްޖޭގައި ހައުސިންގ ނުވަތަ މާލޭގައި ހައުސިންގ މިދެނީ ޕްރައިވެޓް ސެކްޓަރ ހައުސިންއަށް އައީމައި. ކޮންމެ މީހެއްގެ ގޭގެ އެޕާޓްމަންޓް ނުވަތަ ރިއަލް ސްޓޭޓް އުސޫލުން އެޕާޓްމަންޓްތައް ހަދައިގެން އުޅެނީ. ސަރުކާރުން އަގު ކޮންޓްރޯލް ކުރަން އުޅެފިނަމަ ގާނޫނަކުން އަގު ކޮންޓްރޯލް ކުރެވިދާނެ. ދެ ނަތީޖާ ނިކުންނާނެ، އެއްނަތީޖާއަކީ އެތައް ބަޔަކު ކުށްކުރީމައި އެމީހުން ގޮވައިގެން ޝަރީއަތުގައި އުޅެންޖެހޭނީ. އަނެއް ނަތީޖާއަކީ ޕްރައިވެޓް ސެކްޓަރުން އެޕާޓްމަންޓްތައް ކުއްޔަށް ދޭދިނުން ހުއްޓާލާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި ބޯހިޔާވަހިކަން އެންމެބޮޑު މައްސަލައެއްގެ ގޮތުގައި ގިނަ ރައްޔިތުން ފާހަގަ ކުރަމުންދާއިރު، މާލޭ ސިޓީގެ ދިރިއުޅުމުގެ ޚަރަދު އިންތިހާއަށް ވަނީ ބޮޑުވެފަ އެވެ. ހާއެްސަކޮށް އެޕާޓްމަންޓްގެ ކުލީގެ ގޮތުގައި ފައިސާގެ ބޮޑެތި އަދަދުތަކުން ނަގަމުންދާއިރު، އެޑްވާންސް ފައިސާގެ ގޮތުގައި ވެސް ބޮޑެތި އަދަދުތައް ނަގަމުން ދެއެވެ. ބޯހިޔާވަހިކަމުގެ ނުވަތަ ކުލީގެ މައްސަލަތައް މިހާރުވެސް ކޯޓަށް ހުށަހެޅޭލެއް ވަކި މަދެއްވެސް ނޫނެވެ. އަދި ބޮޑެތި ކުލީގައި ދިރިއުޅެން ޖެހިފައިވުމުން އިޖުތިމާއީ ގޮތުން އެތައް މައްސަލަތަކެއް ދަނީ ފެންމަތިވަމުން ނެެވެ.

މާލޭ ސިޓީގެ އެޕާޓްމަންޓްތަކުގެ ކުލި އިންތިހާއަށް ބޮޑުވެފައިވާއިރު، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތިން ޑިއުޓީ ނެގުންފަދަ ފީ ތަކުން ލުއި ގޮތްތައް ސަރުކާރުން ގާނޫނުގެ ތެރެއިން ހަމަޖައްސަމުންދާއިރު، ދުވަހެއް ދުވަހަކަށް އެޕާޓްމަންޓްތަކުގެ ކުލި ބޮޑުވުމާއި ދިރިއުޅުމުގެ ޚަރަދު ބޮޑުވާ މައްސަލައަކީ ދިވެހި ރައްޔިތުންނަށް މިއަދު ދިމާވެފައިވާ އެންމެބޮޑު މައްސަލަ އެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވިއިރު، އެމަނިކުފާނަކީ މާލޭން ގޯއްޗެއް ބައްލަވައިގަނެ، އަދި ފަހުން އެގޯތި، މާލޭގެ އެންމެ ހިތްގައިމު ސަރަހައްދުގެ ގޯއްޗަކާއި ލާޖައްސަވައިގެން ބަދަލުކޮށް، އެގޯތީގައި މާލޭގައި އިމާާރާތް ކުރެވޭ އެންމެ ފެންވަރު ރަނގަޅު އަދި ބޮޑު އެއް އިމާރާތް ހަދަމުންދާ ބޭފުޅެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް