Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

އަބުރުގެ ގާނޫނު އުވާލައި ރިލްވާން އަދި ޔާމީންގެ މައްސަލަ އަލުން ބަލާނަން: އިބޫ

ނޫސްވެރިކަމުގެ މިނިވަންކަމަށް ފުރުސަތު ދެއްވާނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2018 | ހޮނިހިރު 16:54
ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ހޯދުމަށް ގޮވާލާ ބޭއްވި ހިނގާލުމެއްގައި އަނިޔާޥެރި ގޮތަކަށް މަރާލެވުނު ބްލޮގަރު ޔާމީން ރަޝީދު

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ހޯދުމަށް ގޮވާލާ ބޭއްވި ހިނގާލުމެއްގައި އަނިޔާޥެރި ގޮތަކަށް މަރާލެވުނު ބްލޮގަރު ޔާމީން ރަޝީދު

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އަމަލުކުރަމުންދާ އަބުރުގެ ގާނޫނު އުވާލައި ގެއްލުވާލާފައި ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި އަނިޔާވެރި ގޮތަކަށް މަރާލެވުނު ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ އަލުން ތަހުގީގު ކުރައްވާނެ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފައެވެ.

އިބޫ ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ ރިލްވާން ގެއްލުވާލުމުގެ މައްސަލަ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ހަމައެހެންމެ އަބުރުގެ ގާނޫނު އުވާލައި ނޫސްވެރިކަމުގެ މިނިވަންކަމަށް ފުރުސަތު ދެއްވާނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފައެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ނޫސްވެރިކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ބައިނަލްއަގްވާމީ ގޮތުން މަސައްކަތްކުރަމުންދާ ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ގޮވާލެއްވި ގޮވާލެއްވުމަކަށް އިޖާބަ ދެއްވުމުގެ ގޮތުންނެއެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން މި މަހުގެ 12 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި އެ ޖަމިއްޔާއިން ވަނީ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް އަހަންމިއްޔަތުކަން ދެއްވައި ސިޔާސަތުތަކެއް ކަނޑައެޅުއްވުމަށް އެދިވަޑައިގެންފައެވެ. އެ ބަޔާނުގައި ވަނީ އަބުރުގެ ގާނޫނު އުވާލުމަށާއި ނޫސްވެރިންނަށް ދީފައިވާ ހަމަލާތައް ތަހުގީގުކޮށް ހަމަލާ ދިން ފަރާތްތަކާއި ދެކޮޅަށް ދައުވާ އުފުލުމަށް ދެ ކެންޑިޑޭޓުންނަށް ވެސް ގޮވާލައްވާފައެވެ. ހަމައެހެންމެ ރިލްވާން ގެއްލުވާލި މައްސަލައާއި ޔާމީންގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑަރސްގެ މި ގޮވާލުމަށް ކޯލިޝަންގެ ކެންޑިޑޭޓް އިޖާބަ ދެއްވާފައިވާއިރު އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން މިހާތަނަށް އައިއިރު ވެސް ދެން ވާދަކުރައްވާ ކެންޑިޑޭޓް ކަމަށްވާ ރައީސް އަބްދުﷲ ޔާމީން މިފަދަ ވައުދެއް ވެވަޑައިގެންފައެއް ނުވެއެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ރައީސް ޔާމީން ތަސްދީގު ކުރެއްވި "އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ދަށުން ރާއްޖޭގެ ބައެއް މީޑިއާތަކަށް ޓާގެޓްކޮށް ވަނީ ބޮޑު އަދަދުތަކުން ޖޫރިމަނާ ކޮށްފައެވެ. ރިލްވާން ގެއްލުވާލެވުނުތާ 1499 ދުވަސް ވެގެންދާއިރު މިހާތަނަށް އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވެއެވެ. ހަމައެހެންމެ އަނިޔާވެރި ގޮތަކަށް ޔާމީން މަރާލެވުނުތާ 510 ދުވަސް ވެގެންދާއިރު އަދިވެސް އޭނާގެ ގާތިލުން ހޯދިފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު